21 ޖުލައި 2016
ދިވެހި ރުފިޔާގެ ކުރީގެ ނޫޓްތަކެކޭ އެއްގޮތަށް ދެ ރުފިޔާގެ ކަރުދާސް ނޫޓު ވެސް އަންނަ މަހުން ފެށިގެން ވިޔަފާރިތަކުގައި ބޭނުން ނުކުރެވޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ކަނޑައަޅުއްވައިފަ އެވެ. އެހެން ނަމަވެސް ދެ ރުފިޔާގެ ކޮއިން ބޭނުން ކުރެވޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
ދިވެހި ރުފިޔާގެ ކުރީގެ ނޫޓްތަކެކޭ އެއްގޮތަށް ދެ ރުފިޔާގެ ކަރުދާސް ނޫޓު ވެސް އަންނަ މަހުން ފެށިގެން ވިޔަފާރިތަކުގައި ބޭނުން ނުކުރެވޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ކަނޑައަޅުއްވައިފަ އެވެ. އެހެން ނަމަވެސް ދެ ރުފިޔާގެ ކޮއިން ބޭނުން ކުރެވޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
ދެ ރުފިޔާގެ ކަރުދާސް ނޫޓު އާންމުކޮށް ބޭނުންކުރުން ވަރަށް ބޮޑަށް މަދުވެފައިވީ ނަމަވެސް، އެ ނޫޓުތައް ދައުރުވުން ހުއްޓާލަން މިހާތަނަށް އިއުލާންކޮށްފައެއް ނުވެ އެވެ.
ދިވެހި ރުފިޔާގެ އާ ނޫޓްތައް މިއަހަރު ބޭނުން ކުރަން ފެށުމުން، މަރުކަޒީ ބޭންކް އެމްއެމްއޭ އިން ކުރިން އިއުލާންކޮށްފައި ވަނީ ކުރީގެ ނޫޓްތަކުގެ ތެރެއިން ފަސް ރުފިޔާ ފިޔަވައި އެހެން ނޫޓްތައް އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވިޔަފާރީގައި ބޭނުން ނުކުރެވޭނެ ކަމަށެވެ. އެކަމަކު ދެ ރުފިޔާގެ ކަރުދާސް ނޫޓު ބޭނުން ނުކުރެވޭނެ ކަމަށް އެމްއެމްއޭއިން އިއުލާންކޮށްފައެއް ނުވެ އެވެ.
އެކަމަކު އެމްއެމްއޭ ގާނޫނުގެ ދަށުން ރައީސް ޔާމީން މިއަދު ނެރުއްވި ގަރާރުގައިވާ ގޮތުން، އަންނަ މަހުން ފެށިގެން ބޭނުން ނުކުރެވޭ ފައިސާގެ ތެރޭގައި ފަސް ރުފިޔާގެ ނޫޓް ފިޔަވައި، ކުރީގެ ނޫޓްތަކާއި ދެ ރުފިޔާގެ ނޫޓު ވެސް ހިމެނެ އެވެ. އެގޮތަށް ކަނޑައެޅުއްވީ އެމްއެމްއޭ އިން އެގޮތަށް ލަފާ ދިނުމުން ކަމަށް އެ ގަރާރުގައި ރައީސް ވިދާޅުވެފައިވެ އެވެ.
އަންނަ މަހުން ފެށިގެން އާންމު ވިޔަފާރިތަކުގެ އެ ފައިސާ ބޭނުން ނުކުރެވުނަސް އެމްއެމްއޭއިން ކަނޑައަޅާ މުއްދަތެއް ވަންދެން ބޭންކްތަކުން އެ ފައިސާ ބަދަލުކޮށްދޭނެ ކަމަށް ގަރާރުގައިވެ އެވެ. އަދި 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ފުރަތަމަ ދުވަހާ ހަމައަށް އެ ފައިސާ އެމްއެމްއޭ އިން ބަދަލުކޮށްދޭނެ ކަމަށް ވެސް ގަރާރުގައިވެ އެވެ.
އެމްއެމްއޭގެ ގާނޫނުގެ ދަށުން ދިވެހި ރުފިޔާގެ ވަކި ނޫޓްތަކާއި ކޮއިންތަކަކީ ރާއްޖޭގެ ވިޔަފާރީގައި ބޭނުން ނުކުރެވޭނެ އެއްޗެއް ކަމަށް ކަނޑައެޅުމުގެ ބާރު އޮންނާނީ ރައީސުލްޖުމްހޫރިއްޔާ ށެވެ.
އަންނަ މަހުން ފެށިގެން ކުރީގެެ ނޫޓްތައް ބަލައިގަތުން ހުއްޓާލާނެ ކަން ބައެއް ބޭންކްތަކުން ވަނީ އިއުލާންކޮށްފަ އެވެ.
އެމްއެމްއޭ އިން ބުނެފައިވާ ގޮތުން ފަސް ރުފިޔާގެ ކުރީގެ ނޫޓްތައް އަންނަ މަހުގެ ފަހުން ވެސް ބޭނުން ކުރެވޭނެ އެވެ. އެއީ ފަސް ރުފިޔާގެ ނޫޓުގެ ބަދަލުގައި ފަސް ރުފިޔާގެ ކޮއިން އުފައްދަން އެމްއެމްއޭއިން ނިންމައި، އެ މަސައްކަތް ކުރަމުންދާތީ އެކަން ނިމެންދެނެވެ.
ކުރީގެ ފަސް ރުފިޔާ ހޯމަދުވަހުން ފެށިގެން އުވޭނެ
ފަސް ރުފިޔާގެ އާ ނޫޓު ބޭނުންކުރަން ފަށައިފި
ފަސް ރުފިޔާގެ ފައިސާ ފޮތި ނުނެރެ، ކަރުދާސް ނޫޓެއް
ފައިސާ ބޭނުންކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި
"ޓޫރިޒަމް ދާއިރާގައި ރުފިޔާގެ ޑިމާންޑެއް އުފެއްދޭނެ"
ނަގުދު ފައިސާ ބޭނުންކުރާ ވަރު އިތުރުވެއްޖެ
އިގްތިސާދުގައި އެނބުރޭ ފައިސާގެ އަދަދު 59 ބިލިއަނަށް
ސައްހަ ނޫން ރުފިޔާގެ ނޫޓު ދައުރެއް ނުވޭ: އެމްއެމްއޭ
އިގްތިސާދުގައި ދައުރުވި ފައިސާގެ އަދަދު 55 ބިލިއަނަށް
އަހަރު ނިމުނުއިރު 3.9 ބިލިއަން ރުފިޔާ ޗާޕްކުރި