މިދިޔަ އަހަރު ނިމުނު އިރު، ރާއްޖޭގެ އިގްތިސާދުގައި ދައުރުވި ޖުމުލަ ރުފިޔާ އިން 100 މިލިއަން ރުފިޔާ މަދުވެއްޖެ އވެ.
06 މެއި 2025
މިދިޔަ އަހަރު ނިމުނު އިރު، ރާއްޖޭގެ އިގްތިސާދުގައި ދައުރުވި ޖުމުލަ ރުފިޔާ އިން 100 މިލިއަން ރުފިޔާ މަދުވެއްޖެ އވެ.
މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގެ އިގްތިސާދުގައި މިވަގުތު 59.1 ބިލިއަން ރުފިޔާ ދައުރުވެ އެވެ. އޭގެ ކުރީ އަހަރު ނިމުނު އިރު އިގްތިސާދުގައި ދައުރުވާ ކަމަށް ރެކޯޑު ކޮށްފައި ވަނީ 59.2 ބިލިއަން ރުފިޔާ އެވެ. އެހެންވެ އެއީ އެއް ޕަސެންޓުގެ ދަށްވުމެކެވެ.
މަރުކަޒީ ބޭންކުގެ ހިސާބުތައް ދައްކާ ގޮތުން 2023 ވަނަ އަހަރު އިގްތިސާދުގައި ދައުރުވި ފައިސާގެ އަދަދު ވަނީ ހަތް ޕަސެންޓަށް އިތުރުވެފަ އެވެ. އޭގެ ކުރީ އަހަރު ވެސް ދައުރުވި ފައިސާގެ މިންވަރު ހަ ޕަސެންޓަށް އިތުރުވި އެވެ.
މިދިޔަ އަހަރު އެއް ޕަސެންޓް ދަށްވި ނަމަވެސް މިދިޔަ ފަސް އަހަރަށް ބަލާ އިރު އިގްތިސާދުގައި ދައުރުވި ފައިސާގެ އަދަދު ވަނީ 45 ޕަސެންޓް އިތުރުވެފަ އެވެ. އެ އަދަދު 2020 ގައި ހުރީ 41 ބިލިއަން ރުފިޔާގަ އެވެ. އެހެންވެ، މިދިޔަ ފަސް އަހަރު ތެރޭ، އިގްތިސާދުގައި ދައުރުވި ފައިސާގެ އަދަދަށް ވަނީ 18 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.
އެމްއެމްއޭގެ ރިޕޯޓުގައިވާ ގޮތުން އިގްތިސާދުގައި ދައުރުވާ ފައިސާ ދަށްވީ ނެޓް ފޮރިން އެސެޓު ދަށްވުމުންނެވެ. ނެޓް ފޮރިން އެސެޓު ވަނީ 31 ޕަސެންޓަށް ދަށްވެފަ އެވެ. ނެޓް ފޮރިން އެސެޓު އެހާ ބޮޑަށް ދަށްވީ، އެމްއެމްއޭ އިން 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީއެއް ނެގުމާ ގުޅިގެން، އެ އިދާރާގެ ލައިބިލިޓީ ނުވަތަ ދަރަނި އިތުރުވުމާ ގުޅިގެންނެވެ.
ނެޓް ފޮރިން އެސެޓު އެހާ ބޮޑަށް ދަށްވި އިރު ނެޓް ޑޮމެސްޓިކް އެސެޓު ވަނީ ހަ ޕަސެންޓު އިތުރުވެފަ އެވެ. މިއަދަދު އިތުރުވީ، ކޮމާޝަލް ބޭންކްތަކުން ޕްރައިވެޓް ސެކްޓަރަށް ދޫކުރި ފައިސާގެ އަދަދު އިތުރުވުމުންނެވެ.
"ޓޫރިޒަމް ދާއިރާގައި ރުފިޔާގެ ޑިމާންޑެއް އުފެއްދޭނެ"
އިގްތިސާދުގައި އެނބުރޭ ފައިސާގެ އަދަދު 59 ބިލިއަނަށް
އިގްތިސާދުގައި ދައުރުވި ފައިސާގެ އަދަދު 55 ބިލިއަނަށް
މިދިޔަ އަހަރު އިގްތިސާދު ކުރިއެރީ 5.1 ޕަސެންޓަށް
ދައުލަތުގެ ރިޒާވް ހަތަރު ޕަސެންޓު ދަށަށް
ފައިސާ ޗާޕުކުރުމުން އިގްތިސާދަށް ލޮޅުން އަރާނެ: އިމާދު
ޒިންމާދާރުކަން ކުޑަކޮށް ފައިސާ ޗާޕު ނުކުރާނެ: ނާޒިމް
ޑެޕިއުޓީ ގަވަރުނަރު އިމާދު ވަކިކުރަން ހުށަހަޅައިފި
އެމްއެމްއޭގެ ބޯޑުން ޝުހާދު އިސްތިއުފާދީފި
ޔޫޒަބަލް ރިޒާވް 179 މިލިއަން ޑޮލަރަށް އިތުރުވެއްޖެ