10 މާޗް 2022
ގަވަަރުނަރު އަލީ ހާޝިމްގެ ސޮޔާއެކު 20ރ. ގެ އާ ނޫޓުތަކެއް އެމްއެމްއޭ އިން މިއަދު ނެރެފި އެވެ. މިއީ ސެޕްޓެމްބަރު 8، 2019 ގައި މަރުކަޒީ ބޭންކްގެ ގަވަރުނަރުކަމާ ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމް ހަވާލުވެވަޑައިގަތް ފަހުން ނޫޓުގައި ސޮއިކުރެއްވި ފުރަތަމަ ފަހަރެވެ.
ގަވަަރުނަރު އަލީ ހާޝިމްގެ ސޮޔާއެކު 20ރ. ގެ އާ ނޫޓުތަކެއް އެމްއެމްއޭ އިން މިއަދު ނެރެފި އެވެ. މިއީ ސެޕްޓެމްބަރު 8، 2019 ގައި މަރުކަޒީ ބޭންކްގެ ގަވަރުނަރުކަމާ ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމް ހަވާލުވެވަޑައިގަތް ފަހުން ނޫޓުގައި ސޮއިކުރެއްވި ފުރަތަމަ ފަހަރެވެ.
އެ ނޫޓުތައް ޗާޕު ކުރުމަށް ފަހު ރާއްޖެ ގެނައީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 އިގަ އެވެ. ނަމަވެސް މިހާރު ދައުރުވާ 20ރ. ގެ ފައިސާ ނޫޓުގެ ތެރެއަށް އާ ނޫޓުތައް ދައުރުކުރަން ފެށީ މިއަދެވެ.
ގަވަރުނަރު އަލީ ހާޝިމް: ފުރަތަމަ ފަހަރަށް އޭނާ ސޮއިކުރެއްވީ މިއަދު ދައުރުކުރަން ފެށި 20ރ. ގެ އާ ނޫޓުގައި.---ފޮޓޯ:މިހާރު
އާ ނޫޓުތަކެއް ޗާޕުކުރީ 20ރ. ގެ ނޫޓުގެ ސްޓޮކް ދަށްވުމާ ގުޅިގެން ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އެ އިދާރާ އިން ލަފާކުރާ ގޮތުގައި 2015 ވަނަ އަހަރު ގެނައި 20ރ. ގެ ނޫޓުތަކުގެ ސްޓޮކް މި މަހުގެ ނިޔަލަށް އެއްކޮށް ހުސްވާނެ އެވެ.
"އިގްތިސާދަށް ބޭނުންވާ ވަރަށް އަބަދުވެސް ސްޓޮކުގައި ނޫޓު ހުންނަން ޖެހޭ. ދެހާސް ސޯޅަވަނަ އަހަރު ރަންދިހަ ފަހެއް ތައާރަފު ކުރަން 2015 ވަނަ އަހަރު ގެނައި ސްޓޮކް މި މަސް ނިމެންވާއިރަށް ހުސްވާނެ. އެހެންވެ އާ ސްޓޮކެއް ގެނައީ،" މަރުކަޒީ ބޭންކުން ބުންޏެވެ.
އާ ނޫޓުތަކުގައިވާ ތާރީހަކީ 1 ޖުލައި 2020 (10 ޒުލްގައިދާ 1441) އެވެ.
ގަވަރުނަރު އަލީ ހާޝިމް ވަކިކޮށް، މަގާމަށް މުނައްވަރު
މައްސަލައަކީ ގަވަރުނަރެއް ނޫން، މެނޭޖްކުރަން ނޭނގުން
ރަނގަޅު ގޮތަކީ ގަވަރުނަރު އިސްތިއުފާ ދެއްވުން: ތޯރިގު
ގަވަރުނަރު އަލީ ހާޝިމް ވަކިކުރަން ކޮމިޓީން ނިންމައިފި
"މިދިޔަ ދެ އަހަރު ވެސް ދިން ލަފާތަކަށް ނުބަލާ"
އެމްއެމްއޭއިން އިސްނަގައިގެން ލަފައެއް ނުދޭ: މިނިސްޓަރު
ގަވަރުނަރުގެ ބައްދަލުވުން ކެންސަލް ކޮށްފި
މާލީ ހާލަތު އޮޅުން ފިލުވަން ގަވަރުނަރު ހާޒިރުކުރަނީ!
ކޮވިޑަށް ފަހު ރާއްޖޭގެ އިގްތިސާދު ރަނގަޅު ދިމާއަކަށް
މާލީ ދާއިރާ އަށް އިސްކަންދެވޭ ވަރު ކުޑަ: ގަވަރުނަރު