Roadha Mihaaru
"މިދިޔަ ދެ އަހަރު ވެސް ދިން ލަފާތަކަށް ނުބަލާ"

ގަވަރުނަރު ވިދާޅުވީ، ދެ އަހަރު ދެއްވި ލަފާތަކަށް ވެސް ސަރުކާރުން އަމަލު ނުކުރާ ކަމަށް!

15 ޖުލައި 2024

ރާއްޖޭގައި އިގުތިސާދީ ކާރިސާއެއްގެ ބިރު މިހާރު ބޮޑުވެފައިވަނީ މަރުކަޒީ ބޭންކު، އެމްއެމްއޭ އާއި އެހެން ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ދެމުންދިޔަ އިރުޝާދުތަކާއި ލަފާތަކަށް ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުން އަހަމިއްޔަތު ކަން ނުދިނުމުގެ ސަބަބުން ކަމަށް ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އިގުތިސާދީ ކާރިސާއެއްގެ ބިރު މިހާރު ބޮޑުވެފައިވަނީ މަރުކަޒީ ބޭންކު، އެމްއެމްއޭ އާއި އެހެން ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ދެމުންދިޔަ އިރުޝާދުތަކާއި ލަފާތަކަށް ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުން އަހަމިއްޔަތު ކަން ނުދިނުމުގެ ސަބަބުން ކަމަށް ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.

ގަވަރުނަރު މިހެން ވިދާޅުވީ، އޭނާ ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި މައްސަލަ އަށް ޖަވާބުދާރީވެވަޑައިގެންނެވުމުގެ ގޮތުން މަޖިލިހަށް ފޮނުއްވި ރިޕޯޓެއްގަ އެވެ.

ގަވަރުނަރު މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ކޮމިޓީން ނިންމީ ގައުމުގެ އިގުތިސާދު ހީނަރުވެގެންދާއިރު، އެމްއެމްއޭ އިން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ފުރިހަމަ ގޮތުގައި އަދާކުރައްވާފައި ނުވާ ކަމަށް ބުނެ އެވެ.

އެ ތުހުމަތުގެ ރައްދެއްގެ ގޮތުގައި ގަވަރުނަރު އަލީ ހާޝިމް ރިޕޯޓްގައި ވިދާޅުވީ، އިގުތިސާދީ ކާރިސާއެއް އައުމުގެ ކުރިން އެފަދަ ހާލަތަކުން ގައުމު ސަލާމަތް ކުރަން ބޭނުންވާ މައުލޫމާތާއި އިރުޝާދާއި އެހީ އެމްއެމްއޭ އިން ފޯރުކޮށްދީފައިވާނެ ކަމަށެވެ. މިހާރު ވެސް މަސައްކަތް ކުރަމުން އަންނަނީ އިގުތިސާދަށް މިވަގުތު ދިމާވެފައިވާ ގޮންޖެހުންތަކަށް ވިސްނުންތެރިކަމާ އެކީ ކުރިމަތިލުމަށް ކަމަށް ރިޕޯޓްގައި ވެ އެވެ.

ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެކަނިވެސް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބޭއްވުނު މަޝްވަރާތަކުން އިގުތިސާދަށް ނުރައްކާތައް ހުރި ކަމާއި އެ ނުރައްކާތަކުން އިގުތިސާދު ސަލާމަތް ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ސަރުކާރާއި ކަމާބެހޭ އެހެން ފަރާތްތަކާ ހިއްސާކޮށްފައިވާނެ،"--- ގަވަރުނަރު

އަދި އިގުތިސާދީ ކާރިސާއެއް ދިމާވެއްޖެ ހާލަތެއްގައި ގައުމު އިގުތިސާދީ ފުން އަނދަވަޅަކަށް ވެއްޓުނަ ނުދީ ރައްކާތެރި ދިމާލަކަށް ވާސިލުވާނެ ގޮތްތައް ޔަގީން ކުރަން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

"ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެކަނިވެސް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބޭއްވުނު މަޝްވަރާތަކުން އިގުތިސާދަށް ނުރައްކާތައް ހުރި ކަމާއި އެ ނުރައްކާތަކުން އިގުތިސާދު ސަލާމަތް ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ސަރުކާރާއި ކަމާބެހޭ އެހެން ފަރާތްތަކާ ހިއްސާ ކޮށްފައިވާނެ،" ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން، މިހާރުގެ އިގުތިސާދީ ހާލަތު އަދި އިގުސާދީ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ ބޮޑު ބިރެއް އޮތުމުގެ މައިގަނޑު ސަބަބަކީ، ގަވަރުނަރު ވިދާޅުވި ގޮތުގައި އެމްއެމްއޭ އާއި މާލީ ކަންކަމާ ބެހޭ ބައިނަލްއަގްވާމީ އިދާރާތަކުގެ އިރުޝާދާއި ލަފައަށް އަހައްމިޔަތުކަން ނުދިނުމެވެ. އަދި އެމްއެމްއޭ އިން ޒަމާނުންސުރެ ވަކާލާތު ކުރަމުން އައިސްފައިވާ ފިސްކަލް ޑިސިޕްލިން ގެންގުޅެފައި ނެތުމުންނެވެ.

އިގުތިސާދީ މި ހާލަތުން އަރައިގަތުމަށް މުޅި ދިވެހި ދައުލަތް އެކުގައި ދަތި އަދި އުނދަގޫ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ މި ހާލަތުގައި އޭނާ އަދި އެމްއެމްއޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ވެސް ގަވަރުނަރު ދެއްވި އެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތާ ގުޅިގެން ސަރުކާރުން ގެންގުޅޭ ރީފޯމް އެޖެންޑާއަށް އެއްބާރުލުން މިހާރު ވެސް ދެމުންގެންދާކަން އެމްއެމްއޭ އިން މަޖިލީހަށް ފޮނުވި ރިޕޯޓްގައި ފާހަގަކޮށްފައި ވެ އެވެ. އަދި ފިނޭންސް މިނިސްޓްރީގެ އެދުމުގެ މަތިން އެމްއެމްއޭގެ ބައެއް ނިންމުންތައް ވެސް ބަދަލުކޮށް، ބައެއް ކަންކަން ތަންފީޒު ކުރުން ފަސްކޮށްފައިވާ ކަން ރިޕޯޓްގައި ބުންޏެވެ.