15 މެއި 2021
އެމެރިކާގެ ކޮލަރާޑޯގައި ކުޑަ ދެ މަތިންދާބޯޓު ވައިގެ ތެރޭގައި ޖެހި އެކްސިޑެންޓު ވުމަށް ފަހު ވެސް ދެ ބޯޓު ވެސް ރައްކާތެރިކަމާ އެކު ލޭންޑްކޮށްފި އެވެ.
އެމެރިކާގެ ކޮލަރާޑޯގައި ކުޑަ ދެ މަތިންދާބޯޓު ވައިގެ ތެރޭގައި ޖެހި އެކްސިޑެންޓު ވުމަށް ފަހު ވެސް ދެ ބޯޓު ވެސް ރައްކާތެރިކަމާ އެކު ލޭންޑްކޮށްފި އެވެ.
މި ހާދިސާ ހިނގި އިރު ދެ ބޯޓުގެ ތެރެއިން ކުޑަ ބޯޓުގައި ވައިކުޑައެއް ވެސް ހަރުކޮށްފައި އިނެވެ.
ދެ ބޯޓު ޖެހުނީ ކޮން ބޯޓަކުން ހެދި ގޯހަކުން ކަމެއް އަދި ނޭނގެ އެވެ. ކަމާ ބެހޭ ފަރާތްތަކުން ހާދިސާ ތަހުގީގުކުރަމުން އަންނަ އިރު ބުނީ ވައިގެ ތެރޭގައި އެކްސިޑެންޓުވި ދެ ބޯޓު ވެސް ސަލާމަތްވި ގޮތް ވަރަށް އާދަޔާ ހިލާފް ކަމަށެވެ.
NTSB is investigating the May 12, 2021, mid-air collision involving a Metroliner & a Cirrus near Denver, Colorado. No injuries reported in connection with the collision. Initial report indicates collision happened as airplanes were landing. The NTSB will travel to the scene.
— NTSB_Newsroom (@NTSB_Newsroom) May 12, 2021
ދެ ބޯޓުގެ މަންޒަރުތައް ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ވެސް އާންމުވެފަ ވާއިރު ވައިކުޑަ ހަރުކޮށްފައި އިން ކުޑަ ބޯޓު އޮތީ ލޭންޑް ކުރި އިރު އެއް ބައި، ވަކިވެފަ އެވެ. އެ ބޯޓު ލޭންޑްކުރީ ހަނަފަސް ހިސާބަކަށެވެ. އަދި ބޮޑުކޮށް އޮތް ފެހި ކުލައިގެ ބޯޓުގެ މެދަކާ ހިސާބުން އޮތީ ބޮޑު ބައެއް ވަކިވެފަ އެވެ. އެ ބޯޓު ލޭންޑްކުރީ އެ ދަތުރަށް ނައްޓައިލި އެއާޕޯޓަށެވެ.
DENVER – There were no injuries reported after two airplanes collided mid-air over Cherry Creek State Park, leading one of them to crash in a field and another to land safely, South Metro Fire Rescue said.https://t.co/83zisjFGgw#aviation #Denver #cockpitchatter #Pilot #AvGeek pic.twitter.com/uUel0ehhRl
— Capt. Ivan (@CockpitChatter) May 12, 2021
އެއިން ކޮންމެ ބޯޓެއްގައި ވެސް އިނީ އެންމެ މީހެކެވެ. އެއިން އެއްވެސް މީހަކަށް އެއްވެސް ގެއްލުމެއް ނުވެ އެވެ.
ހާދިސާ ހިނގި އެރަފޯ ކައުންޓީގެ ޝެރިފްސް އޮފީހުގެ ތަރުޖަމާނު ޑިޕިއުޓީ ޖޯން ބާޓްމަން ވިދާޅުވި ގޮތުގައި އެ މީހުން ލަފާކުރީ ދެ ބޯޓް ޖެހުނު ހާދިސާގެ ސަބަބުން ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަށެވެ.
"އެކަމަކު މިއީ ހަމަ އަޖައިބެއް ކަހަލަ ހާދިސާއެއް. ހަމަ ވަރަށް ސޭފްކޮށް ދެ ބޯޓު ވެސް ލޭންޑްކުރީ. މީގެ ކުރިން ދުވަހަކު ވެސް ނުދެކެން ވައިކުޑަ ހަރުކޮށްފައި ހުރި ބޯޓެއް އެހާ ސޭފްކޮށް ލޭންޑްކުރި ތަނެއް ވެސް،" އެ ބޯޓަކީ ސިރިސް އެސްއާރް22 މަރުކާގެ އެއްޗެއްކަން ފާހަގަކުރަމުން އޭނާ ވިދާޅުވި އެވެ.
މަތިންދާބޯޓް ވެއްޓި "ޓާޒަން" މަރުވެއްޖެ
ފުރަން އުޅެނިކޮށް އެރީ މަތިންދާބޯޓުގެ ފިޔަގަނޑުމައްޗަށް
ޖެޓްޕެކްގައި 3،000 ފޫޓު މަތީ އުޅުނު މީހަކު ހޯދަނީ
ވައިގެ ޝޯއެއްގައި ދެ ބޯޓު ޖެހިއްޖެ
ވަގަށް އެތެރެވި ބަޔަކު ލޮރީ ތެރޭގައި މަރުވެއްޖެ
އޮކްލޭންޑާއި ނިއުޔޯކާ ދެމެދު 17 ގަޑިއިރުގެ ދަތުރެއް
ކްއަންޓަސް އިން ބޮއިންއާ ދުރަށް
ބޯލްޑްވިން ގަބޫލުކުރަނީ ކެރިއަރު ނިމިއްޖެ ކަމަށް
ހިނގާލުމެއްގެ ތެރެއަށް ކާރެއް ވައްދާލައި ބަޔަކު މަރު
ބޭސްގުޅަ ކަމަށް ހީކޮށް ދިރުވާލެވުނީ އެއާޕޮޑެއް!