Roadha Mihaaru
އޮކްލޭންޑާއި ނިއުޔޯކާ ދެމެދު 17 ގަޑިއިރުގެ ދަތުރެއް

އޮކްލޭންޑާއި ނިއު ޔޯކާ ދެމެދު 17 ގަޑިއިރުގެ ދަތުރެއް

24 މާޗް 2022

ފުރަތަމަ ފަހަރަށް ނިއުޒިލެންޑްގެ އޮކްލޭންޑް އާއި އެމެރިކާގެ ނިއުޔޯކާ ދެމެދު ސީދާ ފްލައިޓް ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.

ފުރަތަމަ ފަހަރަށް ނިއުޒިލެންޑްގެ އޮކްލޭންޑް އާއި އެމެރިކާގެ ނިއުޔޯކާ ދެމެދު ސީދާ ފްލައިޓް ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.

އެއާ ނިއުޒިލެންޑުން އެ ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު 17 ގަ އެވެ. އެ ދެމެދުގައި ކުރާ ދަތުރަކަށް 17 ގަޑިއިރު ފްލައިޓްގައި ހޭދަވާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ. އެއާ އެކު، ދުނިޔޭގައި ވައިގެމަތުން ކުރާ އެންމެ ދިގު ދަތުރުތަކުގެ ލިސްޓުގައި އެ ދަތުރު ވެސް ވަނީ ހިމެނިފަ އެވެ.

އެ އެއާލައިންގެ ބޮއެންގެ 787 ޑްރީމްލައިނާސްގެ ދެ ފްލައިޓް އޮކްލޭންޑްގެ އެއާޕޯޓާއި ޖޭއެފް ކެނެޑީ އެއާޕޯޓާ ދެމެދު އޮޕަރޭޓްކުރާނެ އެވެ. އެއީ ކޮންމެ ފްލައިޓަކުން، ހަފުތާއަކު ކޮޅަކަށް ތިން ދަތުރެވެ.

މިހާރު ދުނިޔޭގައި ވައިގެމަގުން ކުރާ އެންމެ ދިގު ދަތުރަކީ ސިންގަޕޯ އެއާލައިންސް އިން ސިންގަޕޫރާއި ޖޭއެފް ޖެނެޑީ އެއާޕޯޓާ ދެމެދު ކުރާ 18 ގަޑިއިރުގެ ދަތުރެވެ. އެއީ 9،534 މޭލުގެ ދުރުމިނެވެ.

އެއާ ނިއުޒިލެންޑުން މިހާރު ވެސް އެމެރިކާގެ އެހެން ބައެއް ހިސާބުތަކަށް ސީދާ ދަތުރުތައް ކުރެ އެވެ.