13 އެޕްރީލް 2022
އެމެރިކާގެ ނިއު ޔޯކްގެ ބިންގަރާސް ރޭލް ސްޓޭޝަނެއްގައި އާންމުންގެ ތެރެއަށް ބަޑި ޖަހައި، އޭގެ ތެރެއިން 23 މީހަކު ޒަހަމް ކޮށްލައިފި އެވެ.
އެމެރިކާގެ ނިއު ޔޯކްގެ ބިންގަރާސް ރޭލް ސްޓޭޝަނެއްގައި އާންމުންގެ ތެރެއަށް ބަޑި ޖަހައި، އޭގެ ތެރެއިން 23 މީހަކު ޒަހަމް ކޮށްލައިފި އެވެ.
އިއްޔެ ހެނދުނު އެމެރިކާ ގަޑިން އެންމެ ކާރުބާރު ބޮޑު ވަގުތުގައި ހިނގި މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނަ އަށް ގެއްލުމެއް ނުލިބެ އެވެ. ނިއު ޔޯކްގެ ފުލުހުން ބުނި ގޮތުގައި ބަޑި ޖެހުމުގެ ހާދިސާއާ ގުޅުން ހުރި ކަމަށް ބެލެވޭ މީހަކު މިހާރު ވަނީ ދެނެގަނެވިފަ އެވެ.
ފްރޭންކް އާރް، ޖޭމްސް، 62، ނަމަކަށް ކިޔާ ފިރިހެނަކު ހޯދުމުގައި އެހީތެރިވެދިނުމަށް ފުލުހުން މިހާރު ވަނީ އިއުލާންކޮށްފަ އެވެ. އޭނާއަކީ ބަޑި ޖެހި މީހާ ކަމަށް ފުލުހުން ތުހުމަތު ނުކުރި ނަމަވެސް، އެ ހާދިސާއާ ގުޅުން ހުރި މައުލޫމާތު އެނގޭނެ މީހެއް ކަމަށް ފުލުހުން ގަބޫލުކުރެ އެވެ.
Footage shows panicked crowds on New York City train after Brooklyn subway shooting https://t.co/qEWeLEAUob pic.twitter.com/34A3hMghXd
— BBC News (World) (@BBCWorld) April 12, 2022
ފުލުހުން ބުނި ގޮތުގައި ނިއު ޔޯކްގެ ބްރޫކްލީންގެ 36 ވަނަ މަގުގައި ހުންނަ ބިންގަރާސް ރޭލް ސްޓޭޝަންގެ ތެރޭގައި އުޅުނު ފިރިހެނަކު ދުން ބޮމުގެ ދެ ބޮން ގޮއްވައިލުމަށް ފަހު، އާންމުންގެ ތެރެއަށް ބަޑިން ހަމަލާ ދިނީ އެވެ. އިއްޔެ ހެނދުނު 8:30 ހާއިރު ހިނގި މި ހާދިސާގައި، ބަޑި ހިފައިގެން އުޅުނު މީހާ 33 ފަހަރު ބަޑި ޖެހި އެވެ.
އެ މީހާ ބަޑި ޖެހުމުގެ ސަބަބުން، އެ ވަގުތު ސްޓޭޝަންގެ ތެރޭގައި ތިބި މީހުންގެ ތެރެއިން 10 މީހެއްގެ ގަޔަށް ވަޒަން އެރި އެވެ. އެއީ ހަތް ފިރިހެނަކާއި ތިން އަންހެނެކެވެ. އިތުރު 13 މީހަކަށް އެކި ވަރުގެ ގެއްލުންތައް ލިބުނީ، ސަލާމަތްވާން ދުވުމުގެ ތެރޭގައި ވެއްޓިގެންނާއި ތަންތަނުގައި ޖެހިގެންނާއި ދުމުގެ ސަބަބުން ނޭވާ ހާސްވެގެންނެވެ.
ބަޑި ޖެހުމަށް ފަހު އެމީހާ ވަނީ އެ ތަނުން ފިލައިގެން ގޮސްފަ އެވެ. ނަމަވެސް ފުލުހުން ބުނި ގޮތުގައި މި ހަމަލާ ދިން މީހާ ދަތުރުކުރުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވޭނެއްގެ ތަޅުދަނޑި މިހާރު ވަނީ ފެނިފަ އެވެ. އެއީ ފިލަޑެލްފިއާގެ ކުންފުންޏަކުން ކުއްޔަށް ނަގައިގެން ބޭނުންކުރި ވޭނެއް ކަމަށާއި، އެ ހަމަލާގެ މައުލޫމާތު އެނގޭނެ ކަމަށް ބެލެވިގެން ހޯދަމުންދާ ފްރޭންކް އަކީ ވެސް ފިލަޑެލްފިއާގައި ރަޖިސްޓްރީވެގެން އުޅޭ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.
އެމެރިކާގައި ދެ ދުވަސް ތެރޭގައި 11 މީހުން މަރާލައިފި
ޓްރަމްޕަށް ދައުވާކުރުން މިއަދު، ލައިވް ނުކުރާނެ
އެމެރިކާގައި ބަޑިޖަހައި 3މީހަކާއި 3 ކުދިން މަރާލައިފި
ހަތިޔާރުން މީހުން މަރާ ނިސްބަތް އެމެރިކާގައި މައްޗަށް
ބަޑީގެ ހަމަލާތަކާ ދެކޮޅަށް ގިނަ ބަޔަކު މުޒާހަރާކޮށްފި
ޓެކްސަސްގެ ސްކޫލެއްގައި ބަޑިޖަހައި 19 ކުދިން މަރާލައިފި
ޓީޗަރަކު ދަރިވަރަކަށް ކޮވިޑް ވެކްސިން ދިނުމުން ދައުވާ
ސީއެންއެންގެ ކްރިސް ކުއޯމޯ ސަސްޕެންޑްކޮށްފި
ކެވިން ހާޓްގެ ކުރީގެ މުވައްޒަފަކަށް ވައްކަމުގެ ދައުވާ
ނިއު ޔޯކުގެ މަގެއްގެ މަތިން އިމާމަކު މަރާލައިފި