އެމެރިކާގެ އެކި ސަރަހައްދުތަކުގައި ބަޑިޖަހައި މީހުން މެރުމުގެ ހާދިސާތައް އިތުރުވަމުން ދިއުމާ ގުޅިގެން، އާންމު ރައްޔިތުން ހަތިޔާރު ގެންގުޅުން މަނާކުރުމަށް ގޮވާލައި، އެމެރިކާގެ އެކި ކަންކޮޅުތަކުގައި އިއްޔެ އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި އެވެ.
އެމެރިކާގެ އެކި ސަރަހައްދުތަކުގައި ބަޑިޖަހައި މީހުން މެރުމުގެ ހާދިސާތައް އިތުރުވަމުން ދިއުމާ ގުޅިގެން، އާންމު ރައްޔިތުން ހަތިޔާރު ގެންގުޅުން މަނާކުރުމަށް ގޮވާލައި، އެމެރިކާގެ އެކި ކަންކޮޅުތަކުގައި އިއްޔެ އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި އެވެ.
އިއްޔެ އެންމެ ގިނަ ބަޔަކު ބައިވެރިވީ، ވޮޝިންޓަން ޑީސީގެ ނޭޝަނަލް މޯލްގައި އޮތް މުޒާހަރާގަ އެވެ. އޭގެ އިތުރުން އެމެރިކާގެ އެކި ސަރަހައްދުތަކުގައި ވެސް، މަގުތަކަށް އާންމުން ނުކުމެ، ހަތިޔާރު ބޭނުންކޮށްގެން ދޭ ހަމަލާތައް ކޮންޓްރޯލް ކުރުމަށް ގޮވައިލި އެވެ.
ވޮޝިންޓްނަގައި އިއްޔެ ބޭއްވި މުޒާހަރާގައި ވާހަކަ ދެއްކި އެންމެންގެ ވާހަކަތައް ވެސް އަމާޒުކުރީ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށެވެ. އާންމުން ހަތިޔާރު ގެންގުޅުމަށް ހުއްދަ ދޭ އުސޫލުތައް ގާނޫނީ އޮނިގަނޑުގެ ތެރެއިން ހަރުކަށި ކުރުމަށް، ސަރުކާރުންނާއި އާންމުން ގޮވައިލާ ގޮވައިލުންތަކަށް ދެކޮޅު ހަދަމުންދަނީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނެވެ.
މުޒާހަރާގައި ބައިވެރިވި މީހުން، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ގޮވައިލީ، ހަތިޔާރު ގެންގުޅުމުގެ ހުއްދަ ދޭ މިންގަނޑުތައް ހަރުކަށިކުރުމަށެވެ. އެހެން ނޫން ނަމަ، މަގާމުން ވަކިކުރުމަށް ވޯޓު ނަގަންޖެހިދާނެ ކަމަށް މުޒާހަރާގެ ބައިވެރިން ބުނަމުން ގެންދިޔަ އެވެ.
ވޮޝިންޓަންގައި ބޭއްވި މުޒާހަރާގައި ވާހަކަ ދައްކަވަމުން ކޮލަމްބިއާ ޑިސްޓްރިކްޓްގެ މޭޔަރު ވިދާޅުވީ މިހާރު ފުދިއްޖެ ކަމަށެވެ.
"އަހަރެން މި ވާހަކަ ދައްކަނީ، މޭޔަރެއް އަދި މަންމައެއްގެ ހައިސިއްޔަތުންނާއި، އެމެރިކާގެ އެތައް މިލިއަން އާންމު ރައްޔިތުންގެ ފަރާތުން، އަދި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ވާޖިބުތައް އަދާކުރުމަށް ގޮވައިލާ، އެމެރިކާގެ ހުރިހާ މޭޔަރުންގެ ފަރާތުން. ގާނޫނު ހަދާ މަޖިލީހުގެ ވާޖިބަކީ، އަހަރެމެން އާންމު ރައްޔިތުން ހިމާޔަތްކުރުން، އަދި ބަޑީގެ ހަމަލާތަކުން އަހަރެމެންގެ ދަރިން ހިމާޔަތްކުރުން،" ކޮލަމްބިއާ ޑިސްޓްރިކްޓްގެ މޭޔަރު މުރިއެލް ބައުޒާ ވިދާޅުވި އެވެ.
އެމެރިކާގެ އެންމެ ބޮޑެތި ސަހަރުތައް ހިމެނޭ ގޮތަށް، އިއްޔެ އެކަނި ވެސް 450 އެއްވުން ބާއްވަން އޮތީ އިންތިޒާމުކޮށްފަ އެވެ. އޭގެ ތެރޭގައި ވޮޝިންޓަން ޑީސީގެ އިތުރުން، ނިއު ޔޯކާއި ލޮސް އެންޖެލްސް އާއި ޝިކާގޯ ހިމެނެ އެވެ.
މުޒާހަރާގެ ބައެއް ބައިވެރިން ބުނަމުން ދިޔައީ، ސްކޫލްތަކަށް ގޮސް ކިޔަވަން ތިބޭ ކުދިންގެ ތެރެއަށް، ބަޑި ހިފައިގެން ވަދެ ހަމަލާދީ އެކުދިން މަރާއިރު، އެކަން ހުއްޓުވުމުގައި ސަރުކާރު ނުކުޅެދިފައިވާ ނަމަ، ސަރުކާރުގައި ތިބި މީހުން ބަދަލު ކުރުމުގެ ވަގުތު ޖެހިފައިވާ ކަމަށެވެ.
ވޭތުވެ ދިޔަ އަށް އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2014، 2015 އަދި 2016 ވަނަ އަހަރުން ކުރެ ކޮންމެ އަހަރަކު، ބަދި ޖެހުމުގެ 20 ހާދިސާ ހިނގާފައިވެ އެވެ. އަދި 2017 ވަނަ އަހަރު 31، 2018 ވަނަ އަހަރު 30، 2019 ވަނަ އަހަރު 30 ހާދިސާ ހިނގި އެވެ. އޭގެ އިތުރުން 2020 ވަނަ އަހަރު ބަޑި ޖެހުމުގެ 40 ހާދިސާ އާއި 2021 ވަނަ އަހަރު 61 ހާދިސާ ހިނގާފައިވެ އެވެ.
އެމެރިކާގައި ބަޑިޖަހައި 3މީހަކާއި 3 ކުދިން މަރާލައިފި
ހަތިޔާރުން މީހުން މަރާ ނިސްބަތް އެމެރިކާގައި މައްޗަށް
ޓެކްސަސްގެ ސްކޫލެއްގައި ބަޑިޖަހައި 19 ކުދިން މަރާލައިފި
ރައީސް ބައިޑެން އާއި ދެ ވަޒީރަކަށް ދައުވާކޮށްފި
އިޒްރޭލަށް ސިފައިންނެއް ނުފޮނުވާނަން، އެހީވެދޭނަން
ދޮން މީހުންނަށް ވަކި މަތިވެރިކަމެއް ނެތް: ބައިޑެން
ޓެކްސަސްގައި ބަޑި ޖަހައި 5 މީހަކު މަރާލައިފި
ކެލިފޯނިއާގައި އަނެއްކާވެސް ބަޑިޖަހައި 7 މީހުން މަރު
އާ އަހަރުގެ ހަފްލާއެއްގަ ބަޑިޖަހައި 10 މީހުން މަރު
މުޒާހަރާގެ އިތުރު ބައިވެރިއަކު ދަންޖައްސައިފި