06 މެއި 2022
ނައިބު ރައީސް ފައިސަލް ނަސީމް، އެމެރިކާގެ ނިއު ޔޯކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ނައިބު ރައީސް ފައިސަލް ނަސީމް، އެމެރިކާގެ ނިއު ޔޯކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި އދ. ގެ މައި މަރުކަޒުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ގުޓަރޭސް ވަނީ އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުގެ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރައްވާ މަސައްކަތްތަކަށް ތައުރީފުކުރައްވައިފަ އެވެ.
އެ ބައްދަލުކުރެއްވުމުގައި، މޫސުމީ ބަދަލުތަކާ ދެކޮޅަށް ރާއްޖެ އިސްވެ ކުރާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، އެ މަސައްކަތުގައި ރާއްޖެ އަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ގުޓަރޭސް ދެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ރާއްޖެ އަށް މާލީ އެހީތެރިކަމާއި ތަރައްގީވެފައިވާ ގައުމުތަކުގެ އެހީ ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވެސް ނައިބް ރައީސް ވިދާޅުވި އެވެ.
ނައިބް ރައީސް ފައިސަލް ނަސީމް އެމެރިކާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އދ. ގެ ސެކްރެޓަރީ ޖެނަރަލް އެންޓޯނިއޯ ގުޓަރޭސްއާ ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް
ރަައީސް އޮފީހުން ބުނި ގޮތުގައި، ކޮވިޑްއާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކުރި އަސަރު ކިޔައިދެއްވައި، އެ ބަލިމަޑުކަމުގެ ތެރޭގައި ގުޓަރޭސް އިސްވެ ކުރެއްވި މަސައްކަތަށް ނައިބް ރައީސް ތައުރީފުކުރެއްވި އެވެ. އަދި ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވި ދަތިތަކުން އަރައިގަތުމަށް މާލީ އެހީތެރިކަން ބޭނުންވާ ކަމަށް ވެސް ވިދާޅުވި އެވެ.
ބައިނަލްއަގުވާމީ މައްސަލަތަކުގައި ކުރިއަރާފައިވާ ގައުމުތަކުން އެންމެ އެދެވޭ ގޮތުގައި ކުދި ގައުމުތަކަށް އެހީތެރިކަން ނުދޭތީ ހިތާމަކުރައްވާ ކަމަށް ވިދާޅުވެ، ގުޓަރޭސް ވަނީ ކުދި ގައުމުތަކަށް އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ނައިބް ރައީސް އެމެރިކާ އަށް ވަޑައިގަތީ، ޓޫރިޒަމްގެ މަތީ ފަންތީގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށެވެ. އެ ދަތުރުފުޅުގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި
އެމެރިކާ ދަތުރުފުޅަށް ހަރަދުވީ 2.5 މިލިއަން ރުފިޔާ
ބަސްބުނަން ކެރޭ ގައުމެއްކަން ސާބިތުކޮށްދީފި: ގާސިމް
ދެގައުމެއްގެ ބޮޑުވަޒީރުންގެ ނައިބާ ބައްދަލުކުރައްވައިފި
ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ނިއުޔޯކަށް
ރައީސަށް ނިއު ޔޯކުން މަރުހަބާ ދެންނެވީ ޝާހިދު
އދ. ގެ ޖަލްސާ އަށް ރައީސް އެމެރިކާއަށް
މަގާމާ ހަވާލުވާން ޝާހިދު ނިއުޔޯކަށް ވަަޑައިގެންފި
އިޖްތިމާއީ ހިދުމަތްތައް ހަރުދަނާކުރަން މަޝްވަރާކޮށްފި
އަލީ ނަސީރުގެ ސަފީރުކަން ނިމުމަކަށް