29 އޯގަސްޓް 2021
އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވެފައިވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށް އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންފި އެވެ.
އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވެފައިވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށް އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންފި އެވެ.
އދ.ގެ މައިމަރުކަޒު ހުންނަ ނިއުޔޯކަށް ވަޑައިގެން، ކެބިނެޓްގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި ޝާހިދު ވިދާޅުވީ 76 ވަނަ އާއްމު މަޖްލިސް އަންނަ މަހުގެ 14 ވަނަ ދުވަހު ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެހެންވެ އޮމާންކަމާ އެކު މަގާމުގެ މަސްއޫލިއްޔަތު ބަދަލުކުރުމަށް ޓަކައި މެމްބަރު ގައުމުތަކާއި އދ.ގެ ސެކްރެޓޭރިއަޓާއި ކަމާ ގުޅޭ އެހެން ފަރާތްތަކާ އެކު ބައްދަލުވުންތައް ބާއްވަން ތައްުޔާރުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Arrived in New York today and met with some of the senior cabinet.
— Abdulla Shahid (@abdulla_shahid) August 28, 2021
As we prepare to open #UNGA76 on 14 September, I will be meeting with Member States, the Secretariat and other stakeholders to prepare, and ensure smooth transition from #UNGA75. #PresidencyOfHope pic.twitter.com/yZ7LsGGZoc
ޝާހިދު ނިއުޔޯކަށް ވަޑައިގަތީ ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރެއް ނިންމަވައިލެއްވުމަށް ފަހު އެ ގައުމުންނެވެ.
އޭނާ ޖަޕާނަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ބޮޑުވަޒީރު ޔޮޝިހިޑޭ ސޫގާއާ ބައްދަލުކުރެއްވި އެވެ. އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެން ކުރައްވާނެ މަސައްކަތްތަކާ ބެހޭ ގޮތުން ޖަޕާނުގެ ބޮޑުވަޒީރަށް ޝާހިދު މައުލޫމާތު ދެއްވި އެވެ.
Departing Tokyo after a very successful visit. Thank you to PM @sugawitter and FM @moteging for the wonderful hospitality, and the very useful and fruitful exchanges about our mutual priorities for #UNGA76.
— Abdulla Shahid (@abdulla_shahid) August 28, 2021
Assured of #Japan’s full support to the #PresidencyOfHope pic.twitter.com/xfOzEzr5XP
ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި
ޝާހިދުގެ އިސްނެގުމަކަށް ވެކްސިނާ ބެހޭ ސަމިޓެއް ބާއްވަނީ
ދެގައުމެއްގެ ބޮޑުވަޒީރުންގެ ނައިބާ ބައްދަލުކުރައްވައިފި
ނައިބު ރައީސް އދ. ގެ ސެކްރެެޓަރީ ޖެނަރަލްގެ އަރިހަށް
"ފަލަސްތީނަށް އެހީވާން އަމަލުން މަސައްކަތް ކުރަންޖެހޭ"
އދ. އަކީ މީހުން އެދޭ ފަދަ ޖަމާއަތަކަށް ވަމާ:ޝާހިދު
ރައީސަށް ނިއު ޔޯކުން މަރުހަބާ ދެންނެވީ ޝާހިދު
އދ. ގެ ޖަލްސާ އަށް ރައީސް އެމެރިކާއަށް
ޝާހިދު އާ ކޮށްދެއްވީ ކުރިއެރުމުގެ އުއްމީދުތައް
ޖެންޑާގެ ހަމަހަމަކަން ނެތް ޕެނަލަކު ނީންނާނަން: ޝާހިދު