Roadha Mihaaru
އދ. ގެ ޖަލްސާ އަށް ރައީސް އެމެރިކާއަށް

އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ އަށް ރައީސް އެމެރިކާ އަށް ފުރާވަޑައިގެންފި

18 ސެޕްޓެމްބަރ 2021

އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާ އަށް މިއަދު ފުރައިވަޑައިގެންފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާ އަށް މިއަދު ފުރައިވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ނިއުޔޯކަށް ރައީސް ކުރައްވާ ދަތުރުފަތުރުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވާ ކަމަށެވެ.

އާންމު މަޖިލީހުގެ ޖަލްސާގައި އެ މަނިކުފާނު ތަގުރީރު ކުރައްވާނީ އަންނަ އަންގާރަ ދުވަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނިގޮތުގައި އެ ޖަލްސާގައި ތަގުރީރު ކުރެއްވުމުގެ އިތުރުން ގައުމުތަކުގެ އިސްވެރިންނާ ވެސް ރައީސް ބައްދަލު ކުރައްވާނެ އެވެ.

ރައީސްގެ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ 28 ވަނަ ދުވަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަން ރައީސް ފުރާވަޑައިގެންނެވިއިރު، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަން މިދިޔަ ހަފުތާގައި ވަނީ ލިބިފަ އެވެ. މިއީ ރާއްޖެ އިން އެ މަގާމު އަދާކުރާ ފުރަތަމަ ފަހަރެވެ.

އެހެންވެ، އދ. ގެ އާންމު ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި އަހަރު ތަގުރީރު ކުރައްވާއިރު، މިއީ ރާއްޖެ އަށް ވަރަށް ތާރީހީ ސެޝަނަކަށް ވާނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސެޕްޓެމްބަރު 2019 ގައި ބޭއްވި އދ. ގެ އާއްމު މަޖިލީހުގެ 74 ވަނަ ޖަލްސާގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ.