Roadha Mihaaru
އދ. އަކީ މީހުން އެދޭ ފަދަ ޖަމާއަތަކަށް ވަމާ:ޝާހިދު

އދ. އަކީ މީހުން އެދޭ ފަދަ ޖަމާއަތަކަށް ވާން ޝާހިދު ގޮވާލައްވައިފި

21 ސެޕްޓެމްބަރ 2021

އދ. އަކީ މެމްބަރު ގައުމުތަކުގެ ރައްޔިތުން އެދޭ ފަދަ ޖަމާއަތަކަށް ހެދުމަށް އެ ޖަމާއަތުގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ގޮވައިލައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އދ. އަކީ މެމްބަރު ގައުމުތަކުގެ ރައްޔިތުން އެދޭ ފަދަ ޖަމާއަތަކަށް ހެދުމަށް އެ ޖަމާއަތުގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ގޮވައިލައްވައިފި އެވެ.

އޭނާ ރިޔާސަތު ބަލަހައްޓަވާ އާއްމު މަޖިލީހުގެ މި ފަހަރުގެ ބަހުސް ފައްޓަވައި ދެއްވުމުގެ ގޮތުން މީގެ ކުޑަައިރުކޮޅެއް ކުރިން ކުރެއްވި ތަގުރީރުގައި ޝާހިދު ވިދާޅުވީ، ޓެކްނޮލޮޖީގެ ގޮތުން މި އަށް ވުރެ ކުރިއަރާފައިވާ ޒަމާނެއް ނާންނަ ކަމަށާއި ދުނިޔެ މިހާރަށް ވުރެ ބޮޑަށް ގުޅިލާމެހިފައިވާ ޒަމާނެއް ވެސް ނާންނަ ކަމަށެވެ. ކަންތައް ކުރާނެ ގޮތުގެ އިލްމާއި މުއްސަނދިކަން މި އަށް ވުރެ ބޮޑު ޒަމާނެެއް ނާންނަ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމިއްލަ ނަފުސުތައް ފިޔަވައި، އަޅުގަނޑުމެން ކުރިއަށް ދިއުމަށް ހުރަސް އަޅާނެ އެހެން ކަމެއް ނެތް. މީހުން އެދޭ ޔޫއެން އަށް އަޅުގަނޑުމެން ވަމާ ހިންގަވާ،" އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ އަށް ވަޑައިގެން ތިއްބެވި އެތައް ގައުމެއްގެ ލީޑަރުންނާ މުހާތަބު ކުރައްވަމުން ޝާހިދު ވިދާޅުވި އެވެ.

އދ. އުފެދުނު ގޮތް ގައުމުތަކަށް ހަނދާން ކޮށްްދެއްވަމުން ޝާހިދު ވިދާޅުވީ އެ ޖަމާއަތް އުފެދުނީ އެންމެ ބޮޑު ހަނގުރާމައިގެ [ދެވަނަ ބޮޑުހަނގުރާމައިގެ] އަޅީގެ ތެރެއިން ކަމަށާއި އިންސާނީ ތާރީހުގައި ހިންގި އެންމެ ބޮޑެތި ޖަރީމާތަކަށް ފަހު ކަމަށެވެ.

އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެ މަޖިލީހުގައި ވާހަކަދައްކަވަނީ. މީހުން އެދޭ ފަދަ ޖަމާއަތަކަށް އދ. ހަދަން އޭނާ ގޮވައިލެއްވި. ފޮޓޯ: ޔޫއެން

އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެ މަޖިލީހުގައި ވާހަކަދައްކަވަނީ. މީހުން އެދޭ ފަދަ ޖަމާއަތަކަށް އދ. ހަދަން އޭނާ ގޮވައިލެއްވި. ފޮޓޯ: ޔޫއެން

"އަޅުގަނޑުމެން [އޭރު] އެއްވެ އެއްބަސްވީ ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތް ކުރަން،" ޝާހިދު ވިދާޅުވި އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ހަތް ބިލިޔަން މީހުން ކުރާ އުއްމީދަކީ އޭނާ ވިދާޅުވާ ގޮތުގައި އެހީވުމާއި މެދުގައި ބަހުސްކުރުމުގެ ބަދަލުގައި އެހީތެރިވާނެ ގޮތްތަކާ ދޭތެރޭ ބަހުސްކުރާ ޖަމާއަތަކަށް އދ. ވުމަށެވެ. އެ އުއްމީދުގައި ތިބި ރައްޔިތުން މާޔޫސްކޮށް ނުލުމަށް ދުނިޔޭގެ ލީޑަރުންނަށް އޭނާ ގޮވައިލެއްވި އެވެ.