Roadha Mihaaru
އިޖްތިމާއީ ހިދުމަތްތައް ހަރުދަނާކުރަން މަޝްވަރާކޮށްފި

އިޖްތިމާއީ ހިދުމަތްތައް ހަރުދަނާކުރަން ނައިބު ރަައީސް އާއި އދ. ގެ ކޯޑިނޭޓަރު މަޝްވަރާކުރައްވައިފި

19 ނޮވެމްބަރ 2020

އިޖްތިމާއީ ހިދުމަތްތައް ހަރުދަނާކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމާއި އދ. އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ރެޒިޑެންޓް ކާޑިނޭޓަރު ކެތުރީން ހަސްވެލް މިއަދު މަޝްވަރާކުރައްވައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އިޖްތިމާއީ ހިދުމަތްތައް ހަރުދަނާކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމާއި އދ. އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ރެޒިޑެންޓް ކާޑިނޭޓަރު ކެތުރީން ހަސްވެލް މިއަދު މަޝްވަރާކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި، ޔުނިސެފުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ރިޕްރެޒެންޓޭޓިވް ޑރ. މުނީރު ޝަފީލްދީން އަދި ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތުފީ ވެސް ބައިވެރިވަޑެންނެވި އެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ކޮވިޑް-19 އާ ގުޅިގެން ސިއްހީ ދާއިރާއަށް ކުރިމަތިވި ގޮންޖެހުންތައް ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ. ކެތުރީން ވަނީ ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވެފައިވާ އިޖްތިމާއީ މައްސަލަތައް ހައްލު ހޯދައިދިނުމަށް ދިވެހި ސަރުކާރާ ގުޅިގެން އދ. އިން މަސައްކަތްކުރުމުގައި ދެމި ތިބޭނެ ކަމަށް ވިދާޅުވެފަ އެވެ. އިންސާނީ ވަސީލަތްތައް ތަރައްގީކޮށް މި ކަމުގައި ބައިވެރިވާ ހުރިހާ އިދާރާތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ކޮވިޑް އިން ރައްކާތެރިވާން ރާއްޖެ އަށް އދ. އިން ވަމުން އަންނަ އެހީތެރިކަމަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވި އެވެ.