Roadha Mihaaru
އާންމު މަޖިލީހުގެ ރައީސް ޝާހިދު ރާއްޖެ ވަޑައިގެންފި

އދ. ގެ އާންމު މަޖިލީހުގެ ރައީސް ޝާހިދު ރާއްޖެ ވަޑައިގެންފި

06 އޮކްޓޯބަރ 2021

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

އޭނާ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ އިތުރުން ފޮރިން މިނިސްޓްރީގެ ބައެއް އިސްވެރިންނެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގަތުން.-- ފޮޓޯ: ރައީސް އޮފީސް

އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގަތުން.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ކުރައްވާ ފަސް ދުވަހުގެ މި ދަތުރުގައި ޝާހިދު ރައީސްއާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބާއްވަވާނެ އެވެ. އަދި މިއަދު އިސްކަންދަރު ސްކޫލުގެ ދަރިވަރުންނާ ވެސް ބައްދަލުކުރައްވާއިރު، އިތުރު މުހިންމު ބައްދަލުވުންތައް ވެސް ވަނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ތަވާލުކޮށްފަ އެވެ.

ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގަންނަވަން ޝާހިދަށް ރައީސް ދައުވަތު ދެއްވީ، އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ދެ ބޭފުޅުން އެކީގައި އެމެރިކާގެ ނިއު ޔޯކްގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގަތުން.-- ފޮޓޯ: ރައީސް އޮފީސް

އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގަތުން.-- ފޮޓޯ: ރައީސް އޮފީސް

އދ. ގެ އާންމު މަޖިލީހުގެ ސަގާފަތް ހަމަޖެހިފައި އޮންނަ ގޮތުން ނަމަ އެ މަޖިލީހުގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ކޮންމެ ބޭފުޅަކު ވެސް އެންމެ ފުރަތަމަ ރަސްމީ ދަތުރެއް ކުރައްވާނީ އެ ބޭފުޅެއްގެ އަމިއްލަ ގައުމަށެވެ. ނަމަވެސް އެ ދަތުރު ކުރައްވާނީ އެ ގައުމަކުން ރަސްމީކޮށް ދައުވަތު ދިނުމުންނެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަގާމާ މިދިޔަ މަހުގެ 14 ގައި ރަސްމީކޮށް ހަވާލުވެވަޑައިގެންނެވި ޝާހިދު އެ މަގާމު އެއް އަހަރުގެ މުއްދަތަށް އަދާކުރެއްވިޔަސް ރާއްޖޭގެ ހާރިޖީ ވަޒީރުކަމުގެ މަސްއޫލިއްޔަތާއި ޒިންމާ ވެސް ނަންގަވާނެ އެވެ.