Roadha Mihaaru
ރައީސް އދ. ގެ ޕޯޑިއަމްގައި، ޝާހިދު ރިޔާސަތުގައި

ތާރީހީ ކަމެއް: ރައީސް އދ. ގެ ޕޯޑިއަމްގައި، ޝާހިދު ރިޔާސަތުގައި

21 ސެޕްޓެމްބަރ 2021

އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި ގައުމުތަކުގެ ވެރިން މިއަދު ތަގުރީރު ކުރައްވާއިރު، އެންމެ ބޮޑު ޝަރަފަކާއި އުފަލެއް ލިބިވަޑައިގަންނަވާ ބޭފުޅަކީ އެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. މީގެ 56 އަހަރު ކުރިން ރާއްޖެ އިން އދ. ގައި ބައިވެރިވި ފަހުން އެ ޝަރަފު ޝާހިދަށް ލިބިވަޑައިގަންނަވާ ސަބަބަކީ އެ މަޖިލީހުގައި ރާއްޖޭގެ ރައީސަކު ވާހަކަފުޅު ދައްކަވާއިރު، މަޖިލީހުގެ ރިޔާސަތުގައި ދިވެއްސެއްގެ ހައިސިއްޔަތުން އޭނާ އިންނަވާތީ އެވެ.

"ރާއްޖޭގެ ރައީސަކު މުޅި ދުނިޔެއާ މުހާތަބު ކުރައްވާ މަޖިލީހުގެ ރިޔާސަތުގައި ދިވެއްސަކު އިނުމަކީ ކުޑަ އުފަލެއް ނޫން. ދިވެހި ތާރީހުގައި ވެސް އެއްވެސް މީހަކަށް މިހާތަނަށް ލިބުނު ފުރުސަތެއް ނޫން. މިއީ އާދައިގެ ކަމެއް ނޫން ހަގީގަތުގައި،" އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާ މި މަހުގެ 14 ގައި ހަވާލުވެވަޑައިގެންނެވި ޝާހިދު ވިދާޅުވި އެވެ.

"193 ގައުމުގެ ތެރެއިން މިހާތަނަށް މި ފުރުސަތު ލިބުނީ 74 ގައުމަށް. އެ 74 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ މުޅި ގައުމު ވެސް އުފާކުރަންޖެހޭ ކަމެއް."

"193 ގައުމުގެ ތެރެއިން މިހާތަނަށް މި ފުރުސަތު ލިބުނީ 74 ގައުމަށް. އެ 74 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ މުޅި ގައުމު ވެސް އުފާކުރަންޖެހޭ ކަމެއް."

އދ. ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަން ފެށުމާއި އެ ސެޝަންގެ ރިޔާސަތާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަވާލުވެވަޑައިގަތުމަށް ބޭއްވި ޖަލްސާގައި 75 ވަނަ ސެޝަންގެ ރައީސް ވޮލްކަން ބޮޒްކިރް، ޝާހިދާ ސަލާމް ކުރައްވަނީ.

އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަގުރީރު ކުރައްވާނީ މިރޭގަ އެވެ. ރައީސް ވާހަކަފުޅު ދައްކަވާނީ ތިން ވަނަ އަށެވެ. އދ. ގެ އުސޫލު އޮންނަ ގޮތުން އަބަދުވެސް ތިން ވަނަ އަށް ތަގުރީރު ކުރައްވާނީ އެ ފަހަރެއްގައި އދ. ގެ މަޖިލީހުގެ ރައީސް ނުވަތަ ޖަލްސާގެ ރިޔާސަތު ބަަލަހައްޓާ ގައުމުގެ ފަރާތުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މި ފަހަރުގެ ޖަލްސާގައި ތިން ވަނަ ސްލޮޓް ލިބިވަޑައިގަންނަވަނީ އެހެންވެ އެވެ.

އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި އަމަލުކުރާ އުސޫލުގައިވާ ގޮތުން އެ ޖަލްސާގައި އެންމެ ފުރަތަމަ އަބަދުވެސް ވާހަކަ ދައްކާނީ ބްރެޒިލްގެ ފަރާތުންނެވެ. އެ ގޮތަށް ކަނޑައަޅާފައި އޮންނަނީ އދ. ގެ އާންމު މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ވާހަކަ ދެއްކީ ބްރިޒިލްގެ ފަރާތުން ކަމަށް ވާތީ އަމަލުކުރާ ސަގާފަތެއްގެ ތެރެއިންނެވެ. އދ. ގެ ޖަލްސާ އޮންނަނީ އެމެރިކާގައި ކަމަށް ވާތީ، ދެވަނަ އަށް އަބަދުވެސް ތަގުރީރު ކުރާނީ އެ ގައުމުގެ ފަރާތުންނެވެ.

"އަޅުގަނޑަކީ ކުޑަ ގައުމެއްގެ ކުޑަކުޑަ މީހެއް، މި ލިބުނީ ހާދަ މަތިވެރި ކަމެކޭ"

އދ. ގެ އާންމު މަޖިލީިހުގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތް ރޭ ޝާހިދަށް އެންމެ ފުރަތަމަ އިހުސާސް ކުރެއްވުނީ ރާއްޖެ އާއި އޭނާގެ "ކުޑަކުޑަ" ކަމެވެ. ރާއްޖެ އަކީ ކުޑަކުޑަ ޖަޒީރާ ގައުމަކަށް ވާއިރު، ދުނިޔޭގެ ގައުމުތަކުގެ ރައީސްކަމުގެ ގޮނޑިން ދިވެއްސަކަށް ފުރުސަތެއް ލިބޭނީ ހާދަ ބޮޑު އިތުބާރަކާއި ޔަގީންކަމެއް އޮތީމަ އެވެ. އޭނާގެ ހިތްޕުޅަށް އަރައިފައިބަމުން ދިޔައީ އެ އިހުސާސެވެ.

"ހިތަށް ވެރިވީ މަގާމުގެ މަސްއޫލިއްޔަތުގެ ބޮޑުކަމާއި މަތިވެރިކަމާއި ވާޖިބުގެ ބުރަކަން. ހިތަށް އެރީ އަޅުގަނޑު ކަހަލަ އާދައިގެ ނިކަމެތި މީހަކަށް މިފަދަ މަގާމެއް ލިބުމުން ﷲ ގެ ކުޅަދުންވަންތަކަން،"

"ހިތަށް ވެރިވީ މަގާމުގެ މަސްއޫލިއްޔަތުގެ ބޮޑުކަމާއި މަތިވެރިކަމާއި ވާޖިބުގެ ބުރަކަން. ހިތަށް އެރީ އަޅުގަނޑު ކަހަލަ އާދައިގެ ނިކަމެތި މީހަކަށް މިފަދަ މަގާމެއް ލިބުމުން ﷲ ގެ ކުޅަދުންވަންތަކަން،" މިހާތަނަށް އދ. ގެ އެންމެ އިސްމަގާމަށް ވަޑައިގެންނެވި ފުރަތަމަ ދިވެހި ބޭފުޅާ ވިދާޅުވި އެވެ.

އދ. ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަވާލުވެވަޑައިގަތުމަށް ފަހު، މެމްބަރު ގައުމުތަކުގެ މަންދޫބުންނާ ސަލާމް ކުރައްވަނީ.

އދ. ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަވާލުވެވަޑައިގަތުމަށް ފަހު، މެމްބަރު ގައުމުތަކުގެ މަންދޫބުންނާ ސަލާމް ކުރައްވަނީ.

"އަޅުގަނޑަކީ ކުޑަ ގައުމަކުން އައިސްފައި ހުރި ކުޑަކުޑަ މީހެއް. ދިވެހިންނަށް މި ލިބުނީ ހާދަ ބޮޑު ޝަރަފެކޭ ހިތަށް އަރާ. ގުދުރަތްތެރިކަމުގެ މަތިވެރިކަން އެއީ."

ފޮރިން މިނިސްޓްރީގެ އާދައިގެ ސެކްރެޓަރީއެއްގެ މަގާމުން ހާރިޖީ ދާއިރާ އަށް 1983 ވަނަ އަހަރު ހިދުމަތް ކުރައްވަން ފެއްޓެވި ޝާހިދު އަބަދުވެސް ގަބޫލު ކުރައްވާ ގޮތުގައި އޭނާ އަށް އެންމެ ފަހުން ލިބިވަޑައިގެންނެވި ޝަރަފު ހައްގުވަނީ ދިވެހިންނަށެވެ. އޭނާ އދ. ގެ އެންމެ އިސް މަގާމުގެ ގޮނޑީގައި އިންނަވައި، ދިވެހި ގައުމީ ދިދަ ދުނިޔޭގެ އެތައް ބަޔަކަށް ކޮންމެ ދުވަހަކު ފެނުމުން މަޝްހޫރު ވާނީ ރާއްޖެ އެވެ. އޭނާއެއް ނޫނެވެ. ރާއްޖޭގެ ވާހަކަ ކުރިން ނުދައްކާ އެތައް ބަޔަކު އދ. ގެ މިހާރުގެ ރިޔާސަތާ ގުޅުވައިގެން ދައްކާނީ ޝާހިދު ގަބޫލު ކުރައްވާ ގޮތުގައި ރާއްޖޭގެ ވާހަކަ އެވެ.

"އދ. ގައި ބައިވެރިވާން 1960 ވަނަ އަހަރު ރާއްޖެ އިން ނަން ހުށަހެޅީމާ ރާއްޖެ ފަދަ ކުދި ގައުމުތަކަށް އދ. ގައި ދައުރެއް އަދާކުރެވިދާނެތޯ ބައެއް ގައުމުތަކުން ސުވާލު އުފެއްދި. އެކަމަކު މިއަދު ދައްކުވައި މި ދިން ހަގީގަތަކީ އދ. ގެ އެންމެ މަތީ މަގާމު ފުރުމުގެ ގާބިލުކަން ވެސް ދިވެހިންގެ އެބަހުއްޓޭ،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އދ. ގެ ރައީސްކަމުގެ ގޮނޑި ދިވެއްސަކަށް ލިބުމުން އެންމެ ބޮޑަށް އުފާވާ އެއް ބަޔަކީ ކުދި ގައުމުތަކެވެ. އެ ގައުމުތަކުގެ މަންދޫބުން ދެކެވަޑައިގަންނަވަނީ އެފަދަ ގައުމުތަކަށް ލިބުނު ބޮޑު ޝަރަފެކެވެ.

އދ. ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަން ފެށުމާއި އެ ސެޝަންގެ ރިޔާސަތާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަވާލުވެވަޑައިގަތުމަށް ބޭއްވި ތާރީހީ ޖަލްސާގައި 75 ވަނަ ސެޝަންގެ ރައީސް ވޮލްކަން ބޮޒްކިރް އާއި ޝާހިދު ވާހަކަ ދައްކަވަނީ.

"40 އެތައް ކުދި ގައުމުތަކަށް ލިބުނު ޝަރަފެއް މިއީ. ކުދި ގައުމުތަކުގެ އެ ބޭފުޅުން ވަރަށް އުފާވޭ. ހުރިހާ ކުދި ގައުމުތަކަށް ލިބުނު ޝަރަފެއް. އެ ގައުމުތަކުގެ ބޭފުޅުން އަޅުގަނޑާ ބައްދަލު ކުރައްވައި އެ ވާހަކަ ދައްކަވައި، ރާއްޖެ އަށް ތައުރީފު ކުރައްވާ،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދަށް އދ. ގެ މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސަކަށް މިދިޔަ ޖޫން 7 ވަނަ ދުވަހު އިންތިހާބުކުރީ 143 ވޯޓު ހޯއްދަވައިގެންނެވެ. ޝާހިދާ ވާދަކުރެއްވީ އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ރަލްމައި ރަސޫލް އެވެ. އޭނާ އަށް ލިބިވަޑައިގަތީ 48 ވޯޓެވެ.

މަގާމުގެ މުސާރައެއް ނުހިނގާނެ، މިނިސްޓަރުގެ މަގާމަކަށް ބުރުލެއް ނާރާނެ

ޝާހިދު ވިދާޅުވީ، އދ. ގެ ރައީސްގެ މަގާމު އަދާކުރެއްވިޔަސް އެއީ މުސާރައެއް އޮންނަ މަގާމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އދ. އިން ދެނީ ދަތުރުފަތުރު ކުރެއްވުމާއި އެމެރިކާގައި ދިރިއުޅުއްވުމުގެ ހަރަދެވެ.

އދ. ގެ އެންމެ އިސްބޭފުޅާގެ މަގާމު ފުރުއްވަމުން ވެސް ޝާހިދު ނިންމަވާފައި ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރުގެ މަސްއޫލިއްޔަތާއި ޒިންމާ ނަންގަވާށެވެ.

"މީގެ ކުރިން ވެސް މި މަގާމުގައި ވަރަށް ގިނަ ހާރިޖީ ވަޒީރުން ތިއްބެވި. އެ މަސްއޫލިޔައްތު ގެންދެވީ ބަރާބަރަށް އަދާކުރައްވަމުން،"

"މީގެ ކުރިން ވެސް މި މަގާމުގައި ވަރަށް ގިނަ ހާރިޖީ ވަޒީރުން ތިއްބެވި. އެ މަސްއޫލިޔައްތު ގެންދެވީ ބަރާބަރަށް އަދާކުރައްވަމުން،" ޝާހިދު ވިދާޅުވި އެވެ.

"ފޮރިން މިނިސްޓްރީގެ މައުލޫމާތުތައް ދުވަހުން ދުވަހަށް އަޅުގަނޑު ބަލަމުން ދާނެ. ފޮރިން މިނިސްޓްރީގެ ބޭފުޅުން އަޅުގަނޑާ މިހާރު ވެސް އެކި ކަންކަމުގައި ކޮންސަލްޓެންޓް ކުރައްވާ."