Roadha Mihaaru
ޝާހިދަށް ދައުލަތުގެ އިއްޒަތް އަރުވައިފި

ޝާހިދަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު

06 އޮކްޓޯބަރ 2021

ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ 76 ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އަރުވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ 76 ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އަރުވައިފި އެވެ.

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ލަގަބަކީ ގައުމީ އަދި ބައިނަލްއަގްވާމީ ހިދުމަތްތައް ފާހަގަކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން އަރުވާ މަތީ އިއްޒަތެކެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެ އަށް ރަސްމީ ދަތުރެއްގައި މިއަދު ވަޑައިގެންނެވި ޝާހިދަށް ދައުލަތުގެ އިއްޒަތް އެރުވީ މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިހާރު ކުރިއަށް ގެންދާ ހާއްސަ ޖަލްސާގަ އެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައުލަތުގެ އިއްޒަތް މިރޭ އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް

އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައުލަތުގެ އިއްޒަތް މިރޭ އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް

ޝާހިދަށް އިއްޒަތުގެ ލަގަބު އަރުވަން ރައީސް ނިންމެވީ، ބައިނަލްއަގްވާމީ ދުނިޔޭގައި ރާއްޖެ އަށް ހޯދައި ދެއްވި ފަހުރާއި ހާރިޖީ ދާއިރާގެ ކުރިއެރުމަށްޓަކަ އެވެ. އަދި ބޭރު ދުނިޔޭގައި ރާއްޖޭގެ ނަން ރީތިކޮށް ރާއްޖެ އަށް ކުރާ އިތުބާރު ރަނގަޅު ކުރުމަށް ޝާހިދު ދެއްވާ ހާއްސަ އަހަންމިއްޔަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށް ރައީސްގެ ގަރާރުގައި ވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޝާހިދުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ޝުކުރު އަދާ ކުރައްވައިފަ އެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދައުލަތުގެ އިއްޒަތް މިރޭ އެރުވުމަށް ފަހު އޭނާއާ ސަލާމް ކުރައްވައި މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ބައިނަލްއަގްވާމީ މުޖުތަމައުއާ މުޅިން އެކަހެރިވެފައި އޮތުމަށް ފަހު މިއަދު މުޅި ދުނިޔޭގެ އިތުބާރާއި ލޯބި ލިބި އަދި އިސްވެ ބަސް ބުނުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާ ކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.