11 އޮކްޓޯބަރ 2022
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ގޮނޑި ރާއްޖެ އިން ތިން ވަނަ ފަހަރަށް ކާމިޔާބު ކުރުމުން ސާބިތުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރާއްޖެއަކީ ކުޑަފިޔަފާޅިއެއް ޖަހައިގެން ބާކީ ވެފައިވާ ގައުމެއް ނޫން ކަން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ގޮނޑި ރާއްޖެ އިން ތިން ވަނަ ފަހަރަށް ކާމިޔާބު ކުރުމުން ސާބިތުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރާއްޖެއަކީ ކުޑަފިޔަފާޅިއެއް ޖަހައިގެން ބާކީ ވެފައިވާ ގައުމެއް ނޫން ކަން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ މައިމަރުކަޒުގައި މިއަދު ބޭއްވި އެ ޖަމިއްޔާގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ އިންތިހާބުގައި ރާއްޖެ ހޯދި ބޮޑު ކާމިޔާބީއާ ގުޅޭ ގޮތުން "މިހާރު" އަށް ވަޒީރު ވިދާޅުވީ، ފެނިވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަރުދަނާ ހާރިޖީ ސިޔާސަތާއި ރާއްޖެ އިން އިންސާނީ ހައްގުތައް ހިމާޔަތް ކުރަން ކުރާ މަސައްކަތްތައް ގައުމުތަކުން ބަލައިގަތް މަންޒަރު ކަމަށެވެ.
"އެ ކަންކަން ދުނިޔެ ގަބޫލު ކޮށްފި ކަމުގެ ސާފު ދަލީލެއް، ހެއްކެއް މިއަދު މި ފެނުނީ. މިއަދު ބައިނަލްއަގްވާމީ މައިދާނުން ފެންނަނީ ދިވެހިންނަށް ގަދަރު ކުރާ ތަން. ދިވެހިރާއްޖޭގެ ރައްޔިތުންނަކީ މުޅި ދުނިޔެ ބަލައިގަންނަ ބައެއް ކަން،" އދ. ގެ 76 ވަނަ ސެޝަންގެ ރައީސްކަން ވެސް ކުރައްވައި، ދުނިޔޭގެ ފެންވަރުގައި ރާއްޖެ އަށް ޝަރަފު ހޯއްދަވައި ދެއްވި ޝާހިދު ވިދާޅުވި އެވެ.
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ އިންތިހާބުގައި 14 ގޮނޑިއަކަށް މުޅިއެކު 17 ގައުމަކުން ކުރިމަތިލި އެވެ. ރާއްޖެ އިން ކަށަވަރުކުރީ އޭޝިއާ ޕެސިފިކް ސަރަޙައްދަށް ނިސްބަތްވާ ގައުމުތައް ހިމެނޭ ގްރޫޕަށް ހާއްސަ ހަތަރު ގޮނޑީގެ ތެރެއިން އެއް ގޮނޑި އެވެ. އެ އިންތިހާބުގައި 189 ގައުމުން ވޯޓުލީއިރު ރާއްޖެ އަށް ލިބުނީ 154 ވޯޓެވެ.
ބަހުގެ އިތުބާރު އޮތް ބަޔަކު ނުކުމެ މަސައްކަތް ފެށީމާ ވަރަށް ފަސޭހަވާނެ ކާމިޔާބު ކުރަން. އިންތިހާބަކަށް މަސައްކަތް ކުރާއިރު އަޅުގަނޑު ނުފޮރުލާނެ އެންމެ ގަލެއް ވެސް ނުބާއްވާނަން."--- ޝާހިދު
މި ކާމިޔާބާއެކު، އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ގޮނޑި ރާއްޖެ އިން ފުރާނީ 2023 އިން 2025 އަށެވެ.
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މި ފަހަރުގެ އިންތިހާބު ވެސް ރާއްޖެ އަށް ކާމިޔާބު ކޮށްދިނުމުގެ ކެމްޕެއިނުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ޝާހިދު ވިދާޅުވިގޮތުގައި، "ހަރުދަނާ ސިޔާސަތުތައް ވިއްކަން ނުކުތީމާ މަސައްކަތް ލުއިވެ" އެވެ.
"ބަހުގެ އިތުބާރު އޮތް ބަޔަކު ނުކުމެ މަސައްކަތް ފެށީމާ ވަރަށް ފަސޭހަވާނެ ކާމިޔާބު ކުރަން. އިންތިހާބަކަށް މަސައްކަތް ކުރާއިރު އަޅުގަނޑު ނުފޮރުލާނެ އެންމެ ގަލެއް ވެސް ނުބާއްވާނަން. އެކަމަކު، އަޅުގަނޑުމެންނަކީ މިދިޔަ ދުވަސްތަކުގައި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގައި ނަމޫނާ ބަޔަކަށް ވީމާ އިތުބާރު އޮތީ ވަރަށް ބޮޑުވެފައި،" އދ. ގެ މައި މަރުކަޒުގައި ހުންނަވައި، ފޯނުން "މިހާރު" އާ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވި އެވެ.
ފޮރިން މިނިސްޓަރު ވިދާޅުވީ، އދ. ގެ 76 ވަނަ ސެޝަންގެ ރައީސްގެ މަގާމު އޭނާ ފުރުއްވި ދުވަސްވަރު އެންމެ ފަހުން އޮތް "ހައި ލެވެލް ވީކް" ގައި އެންމެ ހަ ދުވަހުގެ ތެރޭގައި 101 ގައުމެއްގެ މަންދޫބުންނާ ބައްދަލު ކުރައްވައި ހިޔާލު ބަދަލު ކުރެއްވި ކަމަށެވެ.
މިއަދު ބައިނަލްއަގްވާމީ މައިދާނުން ފެންނަނީ ދިވެހިންނަށް ގަދަރު ކުރާ ތަން. ދިވެހިރާއްޖޭގެ ރައްޔިތުންނަކީ މުޅި ދުނިޔެ ބަލައިގަންނަ ބައެއް ކަން،"--- ޝާހިދު
އެ ބައްދަލުވުންތަކުން ފާހަގަވި ކަމަކީ ޝާހިދު ވިދާޅުވިގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހުޅުވިފައިވާ ހާރިޖީ ސިޔާސަތު ގައުމުތަކުން "މާ ބޮޑަށް ވެސް ބަލައިގެންފި" ކަމެވެ.
"އަޅުގަނޑުމެންނަށް ގައުމުތަކުން ކުރާ އިހުތިރާމް އަޅުގަނޑަށް މިދިޔަ ދުވަސްތަކުގައި ފެނުނީ. އެއީ ހަމަ ވަރަށް ބޮޑު ކާމިޔާބީއެއް،" އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ، އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ރާއްޖެ އިން އިސްކަން ދޭނީ ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ގައުމުތަކުގެ ހައްގު ނިގުޅައި ގަންނަ މައްސަލަ އާއި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ކަމަށެވެ.
"އަދި ހިއުމަން ރައިޓްސް ކައުންސިލްގައ ކުދި ގައުމުތައް ތަމްސީލު ކުރުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމުގައި އަޅުގަނޑުމެން ރާއްޖެ އިން ގިނަ މަސައްކަތްތަކެއް ކުރާނެ،" ހާރިޖީ ވަޒީރު ވިދާޅުވި އެވެ.
މީގެ ކުރިން 2011-2016 އާ ހަމައަށް ވެސް ރާއްޖެ އިން ވަނީ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މެމްބަރުކަން ޖެހިޖެހިގެން ދެ ދައުރު ފުރިހަމަ ކޮށްފަ އެވެ.
އިސްކަންދޭނީ ހަމަހަމަ ފުރުސަތު ހޯދައިދޭން: ޝާހިދު
ޝާހިދަށް ދައުލަތުގެ އިއްޒަތް އަރުވައިފި
ދިވެހިންގެ ޝަރަފު ދަމަހައްޓަން މަސައްކަތްކުރާނަން: ޝާހިދު
ޝާހިދުގެ ވައުދުތައް ފުއްދަން އެއްބާރުލުން ދޭނަން: ރައީސް
އާންމު މަޖިލީހުގެ ރައީސް ޝާހިދު ރާއްޖެ ވަޑައިގެންފި
ރައީސްގެ ދައުވަތަށް ޝާހިދު ރާއްޖެ އަށް
ޒިޔާންގެ ސިޓީ އދ.އަށް: ދުނިޔެ ހޫނުވުން ހުއްޓުވައިދީ
މިއީ ދިވެހިން ކުޑަ ނޫން ކަމަށް ދުނިޔެ ހެކިވާ ވަގުތު
ރައީސް އދ. ގެ ޕޯޑިއަމްގައި، ޝާހިދު ރިޔާސަތުގައި
ރައީސާއި ޝާހިދު ބައްދަލުކުރައްވައިފި