01 ޖޫން 2021
ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ޓީވީ އެޑްވެންޗަ ފިލްމު "ޓާޒާން އިން މެންހަޓަން" ގެ ޓައިޓްލް ރޯލު ކުޅުނު އެކްޓަރު ޖޯ ލާރާ، މަތިންދާބޯޓް ވެއްޓުމުގެ ހާދިސާއެއްގައި މަރުވެއްޖެ އެވެ.
ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ޓީވީ އެޑްވެންޗަ ފިލްމު "ޓާޒާން އިން މެންހަޓަން" ގެ ޓައިޓްލް ރޯލު ކުޅުނު އެކްޓަރު ޖޯ ލާރާ، މަތިންދާބޯޓް ވެއްޓުމުގެ ހާދިސާއެއްގައި މަރުވެއްޖެ އެވެ.
މީޑިއާތަކުން ބުނީ ހޮނިހިރު ދުވަހު އެމެރިކާގެ ޓެނެސީގައި ޖޯ، 58، އާ އެކު އިތުރު ހަ މީހަކު މަރުވީ މަތިންދާބޯޓު ފެންގަނޑަކަށް ވެއްޓިގެން ކަމަށެވެ. ބޯޓްގެ ބައެއް ބައިތަކާއި މަރުވި މީހުންގެ ހަށިތަކުގެ ބައިތައް ވެސް ބޯޓް ވެއްޓުނު ފެންގަނޑުގެ ތެރެއިން ފެނިފައިވެ އެވެ. ބޯޓު ވެއްޓެން ދިމާވި ސަބަބު ހޯދަން އެ މިހާރު އަންނަނި އިތުރަށް ތަހުގީގުކުރަމުންނެވެ.
ޕާސީ ޕްރީސްޓް ލޭކަށް ވެއްޓުނު ބޯޓަކީ ޖޯގެ ސެސްނާ ސީ501 މަރުކާގެ ކުޑަ މަތިންދާބޯޓެކެވެ. ހަތް މީހުންނާ އެކު އޭތި ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ދަތުރުކުރީ ސްމާނާ އެއާޕޯޓުން ފްލޮރިޑާގެ ޕާމް ބީޗަށެވެ.
MIDDAY UPDATE: Percy Priest Lake Small Jet Crashhttps://t.co/G12NI69Trk
— Rutherford County Fire Rescue (@RCFireRescue) May 30, 2021
NTSB on scene as lead investigating agency, partnering with the Federal Aviation Administration and local officials. pic.twitter.com/96ywsCe2q4
ބޯޓް ވެއްޓުނު އިރު އޭގައި ތިބީ ޖޯ އާއި އަންހެނުން ގުވެން ޝޭމްބްލިން ލާރާ އާއި ދަނބިދަރި ބްރޭންޑަން ހަނާ އާއި އާއިލާގެ ގާތް އިތުރު ބައެކެވެ.
ޓާޒަން އިން މެންހަޓަން (1989) ކުޅެގެން ބޮޑު މަޝްހޫރުކަމެއް ހޯދުމަށް ފަހު ޖޯ ވަނީ "ޓާޒަން": ދި އެޕިކް އެޑްވެންޗާޒް" ކިޔާ 22 އެޕިސޯޑް ސީރީޒެއް ވެސް 1996-1997 އަށް ކުޅެފަ އެވެ. ދެހާސް ވަނަ އަހަރު އެކްޓިން ދޫކޮށްލައި ކަންޓްރީ މިއުޒިކަށް ކެރިއަރު ބަދަލުކުރި ޖޯ ކުޅެފައިވާ ފީޗާ ފިލްމުތަކުގެ ތެރޭގައި ވެރީ މީން މެން (2000)، ލީމާ: ބްރޭކިން ދަ ސައިލެންސް (1999)، ސްޓީލް ފްރޮންޓިއާ (1995) އަދި ސަންސެޓް ހީޓް (1992) ހިމެނެ އެވެ.
ވައިގެ ޝޯއެއްގައި ދެ ބޯޓު ޖެހިއްޖެ
ބޯލްޑްވިން ގަބޫލުކުރަނީ ކެރިއަރު ނިމިއްޖެ ކަމަށް
ޖައްވީ ދަތުރަށް ފަހު މަތިންދާބޯޓް ވެއްޓި މަރު
ވައިގެތެރޭ އެކްސިޑެންޓުވި ދެ ބޯޓެއް ސަލާމަތްވެއްޖެ
ފުރަން އުޅެނިކޮށް އެރީ މަތިންދާބޯޓުގެ ފިޔަގަނޑުމައްޗަށް
ޖެޓްޕެކްގައި 3،000 ފޫޓު މަތީ އުޅުނު މީހަކު ހޯދަނީ
ނުރައްކާކޮށް މަތިންދާބޯޓު ދުއްވުމުން ފޯޑް ތަހުގީގަށް
ޓްރަޕްމްގެ ބަޔޮޕިކްގައި އޭނާގެ ރޯލަށް ސެބަސްޓިއަން
"ފާސްޓް އެންޑް ފިއުރިއަސް" އަށް ބޮޑު ޖޫރިމަނާއެއް
އެކްސިޑެންޓަކާ ގުޅިގެން އާނޯލްޑަށް ދައުވާ ކުރަނީ