01 މެއި 2020
ބަލަންވާ ވަރަށް ނުބަލައި ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ ގޮތަކަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ހެރިސަން ފޯޑް މަތިންދާބޯޓެއް ދުއްވި ކަމަށް ބުނާ މައްސަލައެއް އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ތަހުގީގުކުރަން ފަށައިފި އެވެ.
ބަލަންވާ ވަރަށް ނުބަލައި ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ ގޮތަކަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ހެރިސަން ފޯޑް މަތިންދާބޯޓެއް ދުއްވި ކަމަށް ބުނާ މައްސަލައެއް އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ތަހުގީގުކުރަން ފަށައިފި އެވެ.
މިކަމާ ބެހޭ ގޮތުން އެތަނުން ނެރުނު ބަޔާނެއްގައި ބުނީ މި ހާދިސާ މެދުވެރިވީ މިދިޔަ ހުކުރު ދުވަހު ލޮސް އެންޖެލިސްގެ ހޯތޯން މުނިސިޕަލް އެއާޕޯޓްގައި ކަމަށެވެ.
"އިންޑިއާނާ ޖޯންސް" ގެ ފިލްމުތައް ކުޅުނު 77 އަހަރުގެ އެކްޓަރުގެ މައްސަލަ ތަހުގީގުކުރަން ނިންމީ އެއާޕޯޓްގެ ރަންވޭ އަށް އެހެން ފްލައިޓެއް ޖައްސަން އުޅެނިކޮށް، އެއަށް އެކަށީގެންވާ ވަރަށް ތަން ނުދީ ބޯޓާ ވަރަށް ކައިރިން ފޯޑް ދުއްވި އެވިއަޓް ހަސްކީ މޮޑެލްގެ މަތިންދާބޯޓު އުދުހުމުންނެވެ. އެގޮތުން ދެ ބޯޓްގެ ދޭތެރޭގައި އެ ވަގުތު ހުރީ އެންމެ 3،600 ފޫޓްގެ ދުރުމިނެއް ކަމަށް ބުންޏެވެ. ނަމަވެސް އެފަދަ ގޮތަކަށް އަމަލުކުރުމަކީ ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ ކަމެއް ކަމަށާއި އެ ދުވަހު އެފަދަ ކަމެއް ނުހިނގީ ނަސީބަކުން ކަމަށް އެފްއޭއޭއޭ އިން ބުންޏެވެ.
"އެހެންވެ މިކަން ހިނގައި ދިޔަ ގޮތް އިތުރަށް ބަލައި ތަހުގީގުކުރަމުން މި އަންނަނީ." ބަޔާނުގައި ބުންޏެވެ.
މިކަމާ ގުޅިގެން ފޯޑްގެ ތަރުޖަމާނު މީޑިއާތަކަށް ބުނީ އޭނާ ފްލައިޓް އޮޕަރޭޓްކުރީ އެ ވަގުތު އެއާ ޓްރެފިކް ކޮންޓްރޯލުން ދިން އިރުޝާދުގެ ދަށުން ކަމަށާއި އޭގައި ފޯޑްގެ އެއްވެސް އިހުލާމެއް އޮތް ކަމަކަށް ގަބޫލުނުކުރާ ކަމަށެވެ.
"މީގައި ފޯޑްގެ އެއްވެސް އިހުމާލެއް ނެތް. އަސްލު ދިމާވި ގޮތަކީ ކޮންޓްރޯލުން ދިން އިރުޝާދު އަޑުއިވުމުގައި މައްސަލައެއް އުޅުނީ. އަދި ގޯހެއްވާން އުޅޭކަން އެނގުމާ އެކު އޭނާ ވަނީ ވަރަށް ހުށިޔާރުކަމާ އެކު އަމަލުކޮށްފައި. ނަތީޖާ އަކީ ނުރައްކާތެރި ހާދިސާއެއް މެދުވެރިނުވުން. އަދި އެއްވެސް މީހަކަށް ގެއްލުމެއް ވެސް ނުވުން." ތަރުޖަމާނު ބުންޏެވެ.
މީގެ ކުރިން ވެސް މިފަދަ ހާދިސާތަކަކާ ފޯޑަށް ކުރިމަތިލާން ޖެހިފައިވެ އެވެ. އެގޮތުން 2017 ވަނަ އަހަރު އޭނާ ކެލިފޯނިއާގެ ސަންޓާ އަނާގެ ޖޯން ވޭން އެއާޕޯޓްގައި ދުއްވި އެވިއަޓް ހަސްކީއެއް ބޮއެން 737 ގެ ބޯޓަކާ މުޑިއަރާފައިވެ އެވެ. އެ ފަހަރު ވެސް މައްސަލަ އެފްއޭއޭއިން ތަހުގީގުކުރި އެވެ. އެކަމަކު ފަހުން ވަނީ އެއްވެސް ރެސްޓްރިކްޝަނަކާ ނުލައި އޭނާ އަށް އުނދުހުމުގެ ހުއްދަ ދީފަ އެވެ.
އަދި ހަމަ 2015 ގައި ފޯޑް ދުއްވި ބޯޓަކަށް ދިމާވި ޓެކްނިކަލް މައްސަލަތަކެއްގައި އިމަޖެންސީގައި ސަންޓާ މޮނިކާގެ ޕެންމާ ގޮލްފް ކޯހަށް ޖައްސާފައިވެ އެވެ. އެ ފަހަރުގެ އޭނާގެ އުނަގަނޑާއި ތަނބިކަށި ބިންދައިގެން ދިޔަ އެވެ.
މަތިންދާބޯޓް ވެއްޓި "ޓާޒަން" މަރުވެއްޖެ
ޓީއެމްއޭގެ ބޯޓަކަށް އިއްޔެ ދިމާވި ހާދިސާ ތަހުގީގުކުރަނީ
މަތިންދާބޯޓުތަކުގެ މައްސަލަ ރިޕޯޓްކުރެވޭނެ ޕްލެޓްފޯމެއް
މޯލްޑިވިއަން އިން އޭޓީއާރުގެ އިތުރު ދެ ބޯޓު ގެންނަނީ
"ފާސްޓް އެންޑް ފިއުރިއަސް" އަށް ބޮޑު ޖޫރިމަނާއެއް
އެކްސިޑެންޓަކާ ގުޅިގެން އާނޯލްޑަށް ދައުވާ ކުރަނީ
އެއާބަސް އާއި ބޮއިންއާ ވާދައަށް ޗައިނާގެ ކޮމެކް
މޯލްޑިވިއަންގެ ތިން ވަނަ އޭޓީއާރު ރާއްޖެ ގެނެސްފި
ސްރީލަންކަންގެ ބޯޓެއް ވައިގެތެރޭ އެކްސިޑެންޓުނުވީ ކިރިޔާ
ދުނިޔެ ވަށާ ބުރެއްޖަހައިގެން ޕައިލެޓަކަށް ރިކޯޑެއް