ކްރިސްމަސް ފާހަގަކުރުމުގެ ގޮތުން، އެމެރިކާގެ ވިސްކޮންސިން ސިޓީގައި އިއްޔެ ހަވީރު ބޭއްވި ހިނގާލުމެއް ކުރިއަށް ދަނިކޮށް، ބާރު ދުވެލީގައި އައި ކާރެއް، އެމީހުންގެ ގައިގައި ޖައްސައި ބަޔަކު މަރާލައިފި އެވެ.
ކްރިސްމަސް ފާހަގަކުރުމުގެ ގޮތުން، އެމެރިކާގެ ވިސްކޮންސިން ސިޓީގައި އިއްޔެ ހަވީރު ބޭއްވި ހިނގާލުމެއް ކުރިއަށް ދަނިކޮށް، ބާރު ދުވެލީގައި އައި ކާރެއް، އެމީހުންގެ ގައިގައި ޖައްސައި ބަޔަކު މަރާލައިފި އެވެ.
ހިނގާލުމުގެ ބައިވެރިން މަގުގެ އެއް ފަރާތުން ހިނގާފައި ދަނިކޮށް، މަގުގެ އަނެއް ފަރާތުން ދުއްވާފައި ދިޔަ ރަތް ކުލައިގެ ކާރު، މީހުންތަކުގެ ތެރެއަށް ވައްދައިލީ ވަރަށް ބާރު ދުވެއްޔެއްގައި ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ. މި ހާދިސާގައި މަދުވެގެން 22 މީހަކު ޒަހަމްވި އެވެ.
ފުލުހުން ބުނި ގޮތުގައި ޒަހަމްވި މީހުންގެ ތެރޭގައި ހިމެނެނީ 12 ކުޑަކުދިންނާއި 11 ބޮޑެތި މީހުންނެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ވިސްކޮންސިން ސިޓީގެ ވައުކޭޝާ އަވަށުގެ ފުލުހުންގެ ވެރިޔާ ޑޭން ތޮމްސަން ވިދާޅުވި ގޮތުގައި މީހުންގެ ގައިގައި ޖެއްސި ކާރު މިހާރު ވަނީ ހޯދައިފަ އެވެ. ކާރު ދުއްވަން އިން މީހާ މިހާރު ފުލުހުންގެ ބެލުމުގައި ދަށުގައި ހުރި ނަމަވެސް، މިއީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނި ގޮތުގައި، ހިނގާލުމުގެ ބައިވެރިންގެ ތެރެއަށް ކާރު ވައްދައިލީ، އެހެން ހިސާބެއްގައި ހިނގި ޓްރެފިކް ހާދިސާއަކުން ފިލަންވެގެން ދުއްވުމުގެ ތެރޭގައި ކަމަށް ބެލެވެ އެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި ރަތް ކުލައިގެ ކާރު ބާރު ދުވެލީގައި ދުއްވާފައި އައި އިރު، އެ ކާރުގެ ފަހަތުން ފުލުހުންގެ އުޅަނދުތަކެއް ވެސް ސައިރެން އަޅަމުން އައެވެ.
މީހުންގެ ގައިގައި ޖެއްސުމަށް ފަހު ވެސް، ބާރު ދުވެލީގައި ކާރު ދުއްވަމުން ދިއުމުން، އެ ކާރު ހުއްޓުވީ ފުލުހުން ބަޑިޖަހައިގެންނެވެ. ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށް މިހާރު އަންނަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.
ބައެއް މީހުން ބުނި ގޮތުގައި ބާރު ދުވެލީގައި އައި ކާރު އެންމެ ފުރަތަމަ ޖެހުނީ، ހިނގާލުމުގެ މެދުތެރޭގައި ބަރިއަކަށް އެތުރިގެން ތިބެ މިޔުޒިކް ކުޅެމުން ދިޔަ ބޭންޑު މެމްބަރުންގެ ގައިގަ އެވެ. ކާރުން ޖެހުމާއެކު އޭގެ ތެރެއިން އެކަކު މާ ދުރަށް ވިއްސައިގެން ދިޔަ އެވެ. އެއަށް ފަހު ކާރު ގޮސް ޖެހުނީ ސަފުގެ ކުރީކޮޅުގައި ނަށަން ތިބި ބައެއްގެ ގައިގަ އެވެ.
އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސް އިން ބުނި ގޮތުގައި ވިސްކޮންސިންގައި ހިނގައި ދިޔަ ހިތާމަވެރި ހާދިސާގެ ކަންތައް ރައީސް ޖޯ ބައިޑެން އަންނަނީ ގާތުން ބައްލަވަމުންނެވެ. އަދި އެކަމުގައި ވެދެވެން އޮތް ހުރިހާ އެހީއެއް ސަރުކާރުން ފޯރުކޮށްދޭނެ ކަމަށް ވެސް ވައިޓް ހައުސް އިން ބުންޏެވެ.
ވައިގެ ޝޯއެއްގައި ދެ ބޯޓު ޖެހިއްޖެ
އެންމެންގެ ލޯބި ހޯދި ފަނޑިޔާރު ކެޕްރިއޯ އަވަހާރަވެއްޖެ
އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ މަރުވެއްޖެ
ދަރިފުޅު ވަކިވުމުން އަޝްފާގެ އަސަރުގަދަ މެސެޖެއް
އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
އެކްސިޑެންޓުގައި ނިޔާވި އަލްސަންގެ ޖަނާޒާ ބާއްވައިފި
ސިހުން ގެނުވި މަރުތަކުގެ 24 ގަޑިއިރު
އަލްސަންގެ ޖަނާޒާ މިއަދު އަސްރު ނަމާދަށްފަހު
އެކްސިޑެންޓުވީ ދުވަން އުޅުނު މީހަކު މަގު ހުރަސްކުރިތަނާ
ފީނަން ފައިބާ އުޅުނު އެމެރިކާގެ ޓޫރިސްޓަކު މަރުވެއްޖެ