މިރޭ 17 އަހަރުގެ ކުއްޖަކު ނިޔާވި އެކްސިޑެންޓު ހިނގީ ކަސްރަތަށް ދުވަން އުޅުނު މީހަކު މަގު ހުރަސްކުރަން އުޅެނިކޮށް، ބާރަށް ދުއްވާފައި ދިޔަ ސައިކަލުން ޖެހިގެންކަން ވީޑިއޯއިން ހާމަވެއްޖެ އެވެ.
މިރޭ 17 އަހަރުގެ ކުއްޖަކު ނިޔާވި އެކްސިޑެންޓު ހިނގީ ކަސްރަތަށް ދުވަން އުޅުނު މީހަކު މަގު ހުރަސްކުރަން އުޅެނިކޮށް، ބާރަށް ދުއްވާފައި ދިޔަ ސައިކަލުން ޖެހިގެންކަން ވީޑިއޯއިން ހާމަވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި މާފަންނު ބަސް ޓާމިނަލާ ދިމާލުން ސްޓޭޑިއަމް ފަޅިން މަގުގެ އެއްފަރާތުން ދުވެފައި ދިޔަ މީހާ ޒިބްރާކްރޮސްއާ ދިމާލުން، ދުވެފައި ކުއްލިއަކަށް މަގުގެ އަނެއް ފަޅިއަށް ދާން އުޅެ އެވެ.
ފުލުހުން ދިން މައުލޫމާތުން ނަމަ ޒިބްރާކްރޮސް އިން، ދުވެފައި މަގު ހުރަސް ކުރަނީ އެކްސިޑެންޓުގައި ޒަހަމްވި 40 އަހުގެ މީހާ އެވެ. ސައިކަލް ދުއްވީ އުމުރުން 18 ނުވާ ދެ ކުދިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި، ދުވަން އުޅުނު މީހާ ބަސް ޓާމިނަލާ ދިމާލަށް މަގު ހުރަސްކުރަން ޒިބްރާކްރޮސްގެ ވަކި ހިސާބަށް ދިޔަ ފަހުން، ދެކުނު ހާބަރާ ދިމާލުން ބާރު ސްޕީޑުގައި ސައިކަލް އަންނަތަން ފެނުމުން އެ އިން ނެއްޓެން ދުވެލި ބާރުކޮށްލަ އެވެ. އެކަމަކު ނިޔާވި 17 އަހަރުގެ ކުއްޖާ އާއި ޒަހަމްވި 16 އަހަރުގެ ކުއްޖާ ދުއްވަމުން ދިޔަ ސައިކަލަށް ވެސް މިސްރާބު އަނބުރާލެވެނީ ދުވެފައި ދިޔަ މީހާއާ ދިމާލަށެވެ. އެއާ އެކު އެ ބާރުމިނުގައި ގޮސް އެކްސިޑެންޓުވެ އެވެ.
އެކްސިޑެންޓުވި މަންޒަރުގެ ވީޑިއޯ ފުޓޭޖް
ކެމެރާގެ ގަޑިން ފެންނަ ގޮތުގައި އޭރު 8:11 އެވެ.
އެކްސިޑެންޓުވެ، ސައިކަލުގައި އިން އެއް ކުއްޖަކު ގޮސް ޖެހެނީ ސިނަމާލެ ބްރިޖާވީ ކޮޅުން އަންނަ ޕިކަޕުގަ އެވެ. އަނެއް ކުއްޖާ ސައިކަލާ އެކު ވިއްސައިގެންދެ އެވެ.
އެކްސިޑެންޓުގައި ހިމެނޭ އެއް ކުއްޖަކު ނަގަންޖެހުނީ ވެސް އެ ޕިކަޕުގެ ދަށުންނެވެ.
މި އެކްސިޑެންޓުގައި ނިޔާވި 17 އަހަރުގެ ކުއްޖާ އަކީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) ގެ ހަމައެކަނި ދަރިފުޅު އަލްސަން މުހައްމަދެވެ. އަލްސަން އޯ ލެވެލް އިމްތިހާން ނިންމީ މި އަހަރު އެވެ.
އެކްސިޑެންޓުވެ ނިޔާވި ކުއްޖާ އާއި ޒަހަމްވި ކުއްޖާގެ ގައިން ވެސް ގިނަ އަދަދަކަށް ލޭތައް މަގުމައްޗަށް އެޅިފައި ހުއްޓެވެ. ބޮޑެތި އަނިޔާތަކާ އެކު، 16 އަހަރުގެ ކުއްޖާ އާއި 40 އަހަރުގެ މީހާގެ ހާލު ވެސް ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފަ އެވެ.
އެކްސިޑެންޓުގައި ނިޔާވި އަލްސަންގެ ޖަނާޒާ ބާއްވައިފި
ތިނަދޫ އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ
މާބަނޑުމީހަކު މަރުވި އެކްސިޑެންޓް:10އަހަރުފަހުންހުކުމް
އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
ލާމު ލިންކު އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
އައްޑޫގައި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ
އެކްސިޑެންޓުވެގެން ހާލު ސީރިޔަސްވި ޒުވާނަކު މަރުވެއްޖެ
ވިސާމް އަތުގައި ލައިސަންސެއް ނެތް: ޕޮލިސް
ސައިކަލަކުން ޖައްސައި ދިން އަނިޔާގެ ވޭނުގައި އަހަރެއް
ސްޕޯޓްސް ކާރު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދަށް