Roadha Mihaaru
ހުޅުމާލޭ ސްކޫލު އެންމެ ފަހުން ކޮލިޓޭޓާ ހަވާލުކޮށްފި

މައްސަލަ ޖެހުނު ހުޅުމާލޭ ސްކޫލު އެންމެ ފަހުން ކޮލިޓޭޓާ ހަވާލުކޮށްފި

17 ނޮވެމްބަރ 2016

ހުޅުމާލޭގައި ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލު ހިންގަމުން އައި އިމާރާތުގެ މުއްދަތު ހަމަވެ، ސްކޫލު އަލުން ހިންގުމަށް ހުޅުވާލި ބިޑު ކާމިޔާބު ކުރި، ކޮލިޓޭޓް އެޑިއުކޭޝަނާ މިއަދު ސްކޫލު ރަސްމީކޮށް ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހުޅުމާލޭގައި ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލު ހިންގަމުން އައި އިމާރާތުގެ މުއްދަތު ހަމަވެ، ސްކޫލު އަލުން ހިންގުމަށް ހުޅުވާލި ބިޑު ކާމިޔާބު ކުރި، ކޮލިޓޭޓް އެޑިއުކޭޝަނާ މިއަދު ސްކޫލު ރަސްމީކޮށް ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެތަނުގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. އަބްދުލްމުހުސިން ސޮއިކުރެއްވި އިރު، ކޮލިޓޭޓް އިން ސޮއިި ކުރެއްވީ މެނޭޖިން ޑިރެކްޓަރު މޫސާ ރަޝީދެވެ.

އެއްބަސްވުމުގެ ދަށުން 15 އަހަރުގެ މުއްދަތަށް އާ ސްކޫލު ކޮލިޓޭޓަށް ހިންގޭނެ އެވެ.

ލާލޭ ހިންގަމުން އައި ފަރީދިއްޔާ ސްކޫލުގެ ބިޑު ކޮލިޓޭޓުން ކާމިޔާބު ކުރުމާ ހަމައިން ގިނަ މައްސަލަތަކެއް ވަނީ އުފެދިފަ އެވެ.

އެގޮތުން ސްކޫލު އަލުން ހިންގުމަށް ބިޑަށް ހުޅުވާލުމުން ފައިނޭންޝަލް ބިޑުގައި އެންމެ ކުޑަ ފީއެއް ހުށަހެޅި ބިޒް އެޓޯލްއަށް ސްކޫލު ނުލިބި، ދެވަނަ އަށް ކުޑަފީއެއް ހުށަހެޅި ކޮލިޓޭޓަށް ބިޑު ކާމިޔާބުވުމާއި ކޮލިޓޭޓްގެ ހިއްސާދާރުންގެ ތެރޭގައި ބޭރު މީހުންނާ އެކު ވިޔަފާރިކުރުން ގާނޫނުގައި މަނާކޮށްފައިވާ ހައި ކޯޓުގެ ފަނޑިޔާރުންގެ އަނބިން ހިމެނުމާއި ބިޑަށް ހުޅުވާލިތާ ކުޑަ ދުވަސްކޮޅެއް ކުރިން އެ ކުންފުނި އުފައްދާފައި ވުމުން އޭގައި ކޮރަޕްޝަން ހިމެނޭ ކަމަށް ވަނީ ޝައްކު ކުރެވިފަ އެވެ.

ހުޅުމާލޭ ސްކޫލު ކޮލިޓޭޓާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އެތަނުގެ އެމްޑީ މޫސަ ވާހަކަ ދައްކަވަނީ: އާ ސްކޫލު ހިންގާނީ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލުގެ ނަމުގައި-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ހުޅުމާލޭ ސްކޫލު ކޮލިޓޭޓާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އެތަނުގެ އެމްޑީ މޫސަ ވާހަކަ ދައްކަވަނީ: އާ ސްކޫލު ހިންގާނީ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލުގެ ނަމުގައި-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އަދި މި ޝަކުވާތައް އެންޓި ކޮރަޕްޝަން އަށް ހުށަހެޅުމުން އެ މައްސަލަތައް އެތަނުން ވަނީ ބަލައިފަ އެވެ.

ސޮއި ކުރުމުގެ ރަސްމިއްޔާތުގައި މުހުސިން ވިދާޅުވީ، ހުޅުމާލޭ ސްކޫލުގެ ހިންގުުން ކޮލިޓޭޓާ ހަވާލުކުރީ އޭސީސީން އެ މައްސަލަ ބަލައި، ދީފައިވާ ލަފަޔާ ގުޅިގެން މަޝްވަރާކުރަންޖެހޭ ފަރާތްތަކާ މަޝްވަރާކޮށްފައި ކަމަށެވެ. އަދި އަންނަ އަހަރުގެ ދިރާސީ އާ އަހަރާއެކު އެތަނުގައި ވެސް ކިިޔެވުން ފެށޭނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު އޭސީސީން ދީފައި ވަނީ ކޮން ލަފައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ

"އަޅުގަނޑުމެން އުއްމީދު ކުރަނީ މި މުއާމަލާތަކީ ދަރިވަރުންނަށް އޭގެ މަންފާ ކުރާނެ މުއާމަލާތެއް ކަމަށް،" މުހުސިން ވިދާޅުވި އެވެ.

ސްކޫލު ހިންގާނެ ގޮތާ މެދު މި ބައްދަލުވުމުގައި ކޮލިޓޭޓުން މާ ބޮޑު މައުލޫމާތެއް ނުދެ އެވެ. އެކަމަކު އެ ސްކޫލުގެ ހިންގާނީ ސްރީ ލަންކާގެ ގޭޓްވޭ ކޮލެޖާ ގުޅިގެން، ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލުގެ ނަމުގައި ކަމަށާއި ސްކޫލާ ބެހޭ ހުރިހާ މައުލޫމާތެއް ވަރަށް އަވަހަށް ދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މެނޭޖިން ޑިރެކްޓަރު މޫސަ ވިދާޅުވި ގޮތުގައި އާ ސްކޫލު ހިންގާނީ ޓިއުޝަން ފީ ދައްކަން ނުޖެހޭ، ހޯމްވޯކް ނުދޭ ޕޮލިސީގެ ދަށުންނެވެ.

"(ސްކޫލު ފެށުމަށް) މިހާ ކުރު މުއްދަތެއް ލިބުމުން އިންފްރާސްޓްރަކްޗާ އަށް މާބޮޑު ބަދަލެއް ނައިސްދާނެ. އެކަމަކު ގިނަ ބަދަލުތަކެއް ކުރިއަށް އޮތްތަނުގައި ފެނިގެން ދާނެ،" މޫސަ ވިދާޅުވި އެވެ.