ހުޅުމާލެ 1 ގައި ހުންނަ ޣާޒީ ސްކޫލަށް 18 ކްލާސްރޫމް އިތުރު ކުރަން ނިންމައި އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލަފި އެވެ.
08 މެއި 2025
ހުޅުމާލެ 1 ގައި ހުންނަ ޣާޒީ ސްކޫލަށް 18 ކްލާސްރޫމް އިތުރު ކުރަން ނިންމައި އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލަފި އެވެ.
ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭ ޣާޒީ ސްކޫލަށް އިތުރު ކުރާ ކްލާސްރޫމްތައް ހަދައި ދިނުމުގެ ބީލަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ބީލަމުގައި ރަޖިސްޓަރީ ވެވޭނެ ކަމަށެވެ.
ރަޖިސްޓްރޭޝަނަށް 500ރ. ދައްކަން ޖެހޭއިރު، ބިޑް ސިކިއުރިޓީގެ ގޮތުގައި 121،000ރ. ވެސް ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.
ސްކޫލެ ފޭސް ދޭއްގައި ހުންނަ ސަލާހުއްދީން ސްކޫލުގެ ދަރިވަރުންތަކެއް.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ހުޅުމާލެ 2 ގައި އަލަށް އާބާދުވާ މީހުންގެ އަދަދު އިރުވެފައިވާއިރު، ހުޅުމާލެ 1 އަދި 2 ގައި ހުރި ސްކޫލްތަކަށް ވެސް ވަނީ އިންތިހާ އަށް ލޯޑު ބޮޑުވެފަ އެވެ.
ހުޅުމާލެ ސްކޫލުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތާ ގުޅޭގޮތުން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެފައި ވަނީ ހުޅުމާލެ 2 ގައި މިހާރު އަޅަމުން އަންނަ ސްކޫލުގައި އަންނަ އަހަރުގެ ޖެހުއަރީގައި ކިޔަވައިދޭން ފަށާނެ ކަމަށެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: މިހާރު
ހުޅުމާލެއަށް އިތުރު ހަތް ސްކޫލު ބޭނުންވާއިރު އެ ސްކޫލުގައި ގްރޭޑް 1 އިން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައި ދޭނެ އެވެ.
މުޅިން އާ ދެ ސްކޫލެއް ހުޅުމާލޭގައި އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށް މިނިސްޓަރު ކުރިން ވަނީ ވިދާޅުވެފައި އެވެ. އެކަމަކު އެ ސްކޫލު އިމާރާތް ކުރާނެ ވަކި ތަނެއް އަދި ނުނިންމާ ކަމަށް ވެސް އޭރު ވިދާޅުވި އެވެ.
ހުޅުމާލެއަށް 3 ސްކޫލް، މި އަހަރު މަސައްކަތް ފަށަނީ
ސަލާހުއްދީންގެ ކިޔެވުން ދެ ދަންފަޅި އަށް ބަދަލުކުރަނީ
ދެވަނަ ފޭހުގެ ސްކޫލް އިމާރާތްކުރަން ބަޔަކާ ހަވާލުކޮށްފި
ހުޅުމާލޭގައި ސްކޫލެއްއަޅަން 118 މިލިއަނަށް އަމިންއަށް
ގެއްލިގެން ހޯދި ކުއްޖާ ފެނިއްޖެ
ރޯދަމަހު ސްކޫލް ބަންދުކުރަން ވަޒީރުގެ ވިސްނުންތަކެއް
ހުޅުމާލެ 2ގެ އާ ސްކޫލުގައި އަންނަ އަހަރު ކިޔަވައިދެނީ
"އެކްޓިވިޓީ ކަލަންޑަރު" ހެދުމުގެ ކުރިން ހިޔާލު ހޯދަނީ
އޯވަލޯޑު ނުވާނެ ގޮތަކަށް ހަރަކާތްތައް ބާއްވަން އެދިއްޖެ
ހުޅުމާލެއަށް މަދުވެގެން ހަ ސްކޫލު ބޭނުން: މިނިސްޓަރު