05 ޖެނުއަރީ 2017
އިސްލާމީ ދީނާއި އާދަކާދައާ ފުށުއަރާ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެ ކަމަށް ހުޅުމާލޭގައި މި އަހަރު އަލަށް ކިޔަވައިދޭން ފަށާ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލުން މިއަދު ބުނެފި އެވެ.
އިސްލާމީ ދީނާއި އާދަކާދައާ ފުށުއަރާ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެ ކަމަށް ހުޅުމާލޭގައި މި އަހަރު އަލަށް ކިޔަވައިދޭން ފަށާ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލުން މިއަދު ބުނެފި އެވެ.
ގޭޓްވޭ ސްކޫލުގެ ގްރޭޑް ތިނެއްގެ ދަރިވަރުންނަށް ބެހި ސޯޝަލް ސްޓަޑީޒް ފޮތުގެ ގަނޑެއްގައި ކްރިސްޓިއަން ޗާޗުތަކެއްގެ ފޮޓޯ ހުރި މައްސަލައެއް ފެންމަތިވުމާ އެކު، އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ފޮތްތައް ނަގަން އަންގައިފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު އިއްޔެ ވިދާޅުވީ ފޮތްތައް ނަގަން އެންގީ، އެ ފޮތްތައް ފާސް ނުކޮށް ދަރިވަރުންނަށް ބަހާފައިވާތީ ކަަމަށެވެ.
އެކަމާ ގުޅިގެން "މިހާރު"އާ ވާހަކަ ދައްކަވަމުން އެ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ ދަރިވަރުންނަށް ފޮތްތައް ބަހަން ވާނީ ނެޝަނަލް އިންސްޓިޓުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ފާސްކޮށްގެން ކަމަށް މިނިސްޓްރީން އަންގާފައި ނުވާ ކަމަށެވެ. ނަމަވެސް، ސްކޫލުގެ ކަރިކިއުލަމް ހުށަހެޅުމަށް މިދިޔަ ނޮވެމްބަރު މަހު އަންގާފައިވާ ކަމަށާއި މިނިސްޓްރީން ސްކޫލުގެ ރަޖިސްޓްރީ ހައްދައި ދިނީ ވެސް ކަރިކިއުލަމް ހުށަހެޅުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
މުހައްމަދު ވިދާޅުވީ ގޭޓްވޭ ސްކޫލުގެ ކަރިކިއުލަމް މިނިސްޓްރީ އަށް ހުށަހެޅުމުން ފޮތްތަކާ ގުޅޭ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށެވެ.
"އެގްރިމެންޓުގައި ވެސް މި އައީ ކަރިކިއުލަމްގެ ވާހަކަ. ނޮވެމްބަރު މަހުގެ ތެރޭގައި އެ އެއްޗެހި ވާނީ ހުށަހަޅާފައި. ނަމަވެސް އިއްޔެ އެންއައިއީ އަށް ވާނީ ހުރިހާ ގްރޭޑެއްގެ ފޮތްބައި ފޮނުވާފައި. އޭރުން ކަށަވަރު ކުރެވޭނެ ނޫންތޯ އިތުރު ދިމާލެއްގައި މައްސަލައެއް ނޫޅޭކަން،" މުހައްމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފަށަން ހަމަޖައްސާފައިވާތީ، ސޯޝަލް ސްޓަޑީޒް މާއްދާގެ ފޮތްތައް ވަކިން ޗާޕުކޮށްގެން ރާއްޖެ ގެންނާނެ ވަގުތު ދެން ނެތް ކަމަށެވެ. އެހެންވެ، މައްސަލަ ޖެހުނު ގަނޑުތައް ފޮތުން އުނިކޮށް، އެ ފޮތަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށާއި ދަރިވަރުންނަށް އެ ފޮތް އަނބުރާ ދޭނީ އިސްލާހުކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
"ބެލެނިވެރިންނަށާއި ދަރިވަރުންނަށް ވެސް އަޅުގަނޑު ޔަގީންކޮށް ދޭ ކަމަކީ، ދަރިވަރުންނާ ހިސާބަކަށް އެ އެއްޗިއްސެއް ނުފޯރާނޭ އެއްވެސް ކަހަލަ ނުރަނގަޅު އަަސަރުތަކެއް ހުރި އެއްވެސް ގޮތަކަށް،" މުހައްމަދު ވިދާޅުވި އެވެ.
ގޭޓްވޭ ސްކޫލުން ދަރިވަރުންނަށް ފޮތްތައް ބަހަން ފަށާފައި ވަނީ މިދިޔަ އަންގާރަދުވަހުގެ ހަވީރުގަ އެވެ. މުހައްމަދު ވިދާޅުވީ ސޯޝަލް ސްޓަޑީޒް ފޮތުގައި މައްސަލައެއް އުޅޭ ކަމުގެ މައުލޫމާތު އެ ރޭ 7:00 ހާއިރު ލިބުމާ އެކު، އެ ފޮތް ބެހުން ހުއްޓައިލި ކަމަށެވެ.
"އޭރު 28 ދަރިވަރަކަށް ފޮތް ބެހިފައި ހުންނާނީ. އެހެންވެ، ބެލެނިވެރިންނަށް އެންގިން ރަނގަޅު ފޮތް އަޅުގަނޑުމެން ހަވާލު ކުރާނަމޭ. ދެން އިއްޔެގެ ހަވީރުގެ ނިޔަލަށް ދަރިވަރުންގެ އަތުން ފޮތްތައް ނަގައިފިން،" މުހައްމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި އިންޓަނޭޝަނަލް ކަރިކިއުލަމްގެ ގޮތުގައި ބަލަނީ އިނގިރޭސި ވިލާތުގެ ކަރިކިއުލަމް ކަމަށާއި ނަމަވެސް ރާއްޖެ އަށް އެ ފޮތްތައް ގެންނައިރު، ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. ސޯޝަލް ސްޓަޑީޒް ފޮތުގައި މައްސަލަ ދިމާވީ އެ ސްކޫލުން ވެސް ބަލަންޖެހޭ ވަރަށް ކަންތައްތައް ބެލިފައި ނެތުމުން ކަމަށާއި އެ ގޮތަށް ދިމާވީ އެކަށީގެންވާ ވަގުތު ނުލިބުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ކަމަށް ބެލެނިވެރިންނާއި ރައްޔިތުންގެ ކިބައިން މާފަށް އެދެން. އިސްލާމީ ތާރީހާއި އާދަކާދައާ ފުށުއަރާ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެން އަރުވަން،" މުހައްމަދު ވިދާޅުވި އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އާދިއްތަދުވަހު ފަށާއިރު، ޓީޗަރުންނާއި ވަސީލަތްތައް ވެސް ހަމަވެފައިވާ ކަމަށް ގޭޓްވޭ ސްކޫލުން ބުންޏެވެ.
ހުޅުމާލޭ އިންޓަނޭޝަނަލް ސްކޫލު ބަޔަކަށް ދީފި
ލާލޭ އަށް އެންމެ ކުޑަ އަގެއް ހުށަހެޅީ ބިޒް އެޓޯލްސުން
ލާލޭ ހިންގަން ފަސް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފި
ލާލޭ ސްކޫލު ހިންގައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި
ހުޅުމާލެއަށް 3 ސްކޫލް، މި އަހަރު މަސައްކަތް ފަށަނީ
ސަލާހުއްދީންގެ ކިޔެވުން ދެ ދަންފަޅި އަށް ބަދަލުކުރަނީ
ޣާޒީސްކޫލުގެ އިހުތިޖާޖު: މުވައްޒަފުންގެ މައްސަލަ ބަލަނީ
ދެވަނަ ފޭހުގެ ސްކޫލް އިމާރާތްކުރަން ބަޔަކާ ހަވާލުކޮށްފި
ހުޅުމާލޭގައި ސްކޫލެއްއަޅަން 118 މިލިއަނަށް އަމިންއަށް
މާލޭގެ ސްކޫލްތައް އަންނަ މަހުގެ 3 އާ ހަމައަށް ބަންދު