03 ނޮވެމްބަރ 2016
ހުޅުމާލޭގައި ހުންނަ ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލް ހިންގާނެ ފަރާތެއް ހޯދަން އިއުލާން ކުރުމުން އެންމެ ކުޑަ އަގެއް ހުށަހެޅީ މިހާރު ވެސް އެ ސްކޫލް ހިންގަމުންދާ ބިޒް އެޓޯލްސުން ކަން އެނގިއްޖެ އެވެ.
ހުޅުމާލޭގައި ހުންނަ ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލް ހިންގާނެ ފަރާތެއް ހޯދަން އިއުލާން ކުރުމުން އެންމެ ކުޑަ އަގެއް ހުށަހެޅީ މިހާރު ވެސް އެ ސްކޫލް ހިންގަމުންދާ ބިޒް އެޓޯލްސުން ކަން އެނގިއްޖެ އެވެ.
ލާލޭ ސްކޫލް 2008 އިން ފެށިގެން ހިންގަމުންދާ ތުރުކީގެ ބިޒް އެޓޯލްސް އަށް އެންމެ ފަހުން އެ ސްކޫލް ހިންގަން ދިން މުއްދަތު ހަމަވުމުން، އެ ސްކޫލް ހިންގާނެ ބަޔަކު ހޯދަން ސަރުކާރުން ހުޅުވާލުމުން ހަ ފަރާތަކުން ޝައުގުވެރިކަން ފާޅު ކުރިޔަސް ބިޑް ހުށަހަޅާފައިވަނީ ހަތަރު ފަރާތަކުންނެވެ.
އެ ފަރާތްތަކުގެ ތެރެއިން ވެސް އެންމެ ކުޑަ އަގެއް ހުށަހެޅީ ބިޒް އެޓޯލްސުން ކަން "މިހާރު" އަށް ލިބިފައިވާ ލިޔުންތަކުން ދައްކަ އެވެ. އެކި ގްރޭޑްތަކަށް ތަފާތު އަގުތައް ހިމަނައިގެން ބިޒް އެޓޯލްސް އިން ހުށަހަޅާފައިވަނީ 2،025ރ. އިން ފެށިގެން 2،850ރ. އާ ދެމެދުގެ އަގުތަކެކެވެ.
އަގު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ވެސް ގްރޭޑްތަކުގެ މެދުގައި އަގުގެ ފަރަގު އެންމެ ކުޑައީ ބިޒް އެޓޯލްސުން ހުށަހެޅި އަގުތަކުގަ އެވެ. އެލްކޭޖީ އާއި ޔޫކޭޖީގެ ކޮންމެ ދަރިވަރެއްގެ އަތުން މަހަކު 2،025ރ. ނަގާ ގޮތަށް އެ ކުންފުނިން ހުށަހެޅިއިރު ގްރޭޑް އެކަކުން ފެށިގެން ގްރޭޑް އަށަކާ ދެމެދުގެ ކްލާސްތަކުގައި ކިޔަވާ ކުދިންގެ އަތުން ނަގަން އެ ކުންފުނިން ހުށަހެޅީ މަހަކު 2،625ރ. އެވެ. އަދި ގްރޭޑް ނުވަޔަކުން ފެށިގެން ގްރޭޑް 12 ނިމެންދެން ނަގާ ގޮތަށް ހުށަހެޅީ މަހަކު 2،850ރ އެވެ.
ދެވަނަ އަށް އެންމެ ކުޑަ އަގެއް ހުށަހަޅާފައިވަނީ ކޮލިޓިއޭޓް އެޑިއުކޭޝަނުންނެވެ. އެ ކުންފުނިން ހުށަހަޅާފައިވަނީ އެކި ގްރޭޑްތަކަށް އެކި އަގު ހިމަނައިގެން 2،185ރ. އިން ފެށިގެން 4،047ރ. އާ ދެމެދުގެ އަގުތަކެކެވެ. ދެން އެންމެ ކުޑަ އަގެއް ހުށަހަޅާފައިވަނީ އެޑިއު ގިފްޓް ކެމްޕެކާ އިންޓަނޭޝަނަލް ސްކޫލުންނެވެ. އެންމެ ބޮޑު އަގެއް ހުށަހަޅާފައިވަނީ އަބްދުއްރަޝީދު ނަމަކަށް ކިޔާ މީހެކެވެ.
ލާލޭ ސްކޫލަށް ހަތަރު ފަރާތަކުން ބިޑު ހުށަހަޅާފައި ވާއިރު، އަދި އެއްވެސް ފަރާތަކާ ހަވާލެއް ނުކުރެ އެވެ. އެކަމަކު، އަމިއްލަ މީހަކު ވަނީ އަންނަ ޖެނުއަރީ މަހު ހުޅުމާލޭގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގަން ފަށާނެ ކަމަށް ފޭސްބުކުގައި އިއުލާންކޮށްފަ އެވެ. މޫސާ ރަޝީދު ނަމަކަށް ކިޔާ އެ މީހާ ޖަހާފައިވަނީ އެ ސްކޫލް ހިންގާނީ ދުނިޔޭގެ މަޝްހޫރު ގޭޓްވޭ ސްކޫލްގެ ދަށުން ކަމަށެވެ.
ހުޅުމާލޭގައި އިންޓަނޭޝަނަލް ސްކޫލެއް ހުޅުވާނެ ކަމަށް ބުނެ އަމިއްލަ މީހަކު ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓު.
ލާލޭ ފިޔަވައި އެހެން އިންޓަނޭޝަނަލް ސްކޫލެއް ހުޅުމާލޭގައި ނުހުރެ އެވެ. އަދި އިތުރު އިންޓަނޭޝަނަލް ސްކޫލެއް ތަރައްގީ ކުރަން ސަރުކާރުން އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ވެސް މިހާތަނަށް ހުޅުވާލާފައެއް ނުވެ އެވެ.
އެކަމަކު، މޫސަ "މިހާރު" އަށް ބުނީ ލާލޭ ސްކޫލްގެ ބިޑާ ގުޅޭ ގޮތުން ވާހަކަދައްކާނީ އެޑިއުކޭޝަން މިނިސްޓްރީން ކަމަށެވެ. ބިޑު ކާމިޔާބު ކުރެވުނު ކަމަށް އޭނާ ފޭސްބުކުގައި ލިޔެފައި ނޯންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
އެންމެ ކުޑަ އަގެއް ހުށަހެޅީ ބިޒް އެޓޯލްސުން ކަން ހާމަވިއިރު، ގާތްގަނޑަކަށް 500 ދަރިވަރުން ކިޔަވާ ލާލޭ ސްކޫލުގެ ބެލެނިވެރިންތަކެއް ވެސް ކުރިން ވަނީ އެ ކުންފުންޏާ އެ ސްކޫލް އަލުން ހަވާލުކޮށްދޭން އެދި ޕެޓިޝަނެއް ތައްޔާރުކޮށްފަ އެވެ.
އިސްލާމް ދީނާ ފުށުއަރާ ކަމަކަށް ޖާގަ ނުދޭނަން: ގޭޓްވޭ
ހުޅުމާލޭ އިންޓަނޭޝަނަލް ސްކޫލު ބަޔަކަށް ދީފި
ލާލޭ ހިންގަން ފަސް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފި
ލާލޭ ސްކޫލު ހިންގައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި
ހުޅުމާލެއަށް 3 ސްކޫލް، މި އަހަރު މަސައްކަތް ފަށަނީ
ސަލާހުއްދީންގެ ކިޔެވުން ދެ ދަންފަޅި އަށް ބަދަލުކުރަނީ
ޣާޒީސްކޫލުގެ އިހުތިޖާޖު: މުވައްޒަފުންގެ މައްސަލަ ބަލަނީ
ދެވަނަ ފޭހުގެ ސްކޫލް އިމާރާތްކުރަން ބަޔަކާ ހަވާލުކޮށްފި
ހުޅުމާލޭގައި ސްކޫލެއްއަޅަން 118 މިލިއަނަށް އަމިންއަށް
މާލޭގެ ސްކޫލްތައް އަންނަ މަހުގެ 3 އާ ހަމައަށް ބަންދު