Roadha Mihaaru
ލާލޭ ހިންގަން ފަސް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފި

ލާލޭ ހިންގަން މިހާރުވެސް ފަސް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފި

20 ސެޕްޓެމްބަރ 2016

ހުޅުމާލޭގައިި ހުންނަ ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލު ހިންގުމުގެ މުއްދަތު ހަމަވާތީ، އަލުން ބިޑަށް ލުމުން އެތަން ހިންގުމަށް މިހާތަނަށް ފަސް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހުޅުމާލޭގައިި ހުންނަ ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލު ހިންގުމުގެ މުއްދަތު ހަމަވާތީ، އަލުން ބިޑަށް ލުމުން އެތަން ހިންގުމަށް މިހާތަނަށް ފަސް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ސްކޫލް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް އަންނަ މަހުގެ 20 އާ ހަމައަށް ފުރުސަތު ދީފައި ވާއިރު މިހާރުވެސް ފަސް ބަޔަކު ކުރިމަތިލުމުން މި އަދަދު އަދިވެސް އިތުރުވެ ވާދަވެރިކަން ބޮޑުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި އިންޓަނޭޝަނަލް ސްކޫލް، ތުރުކީގެ ބަޔަކު ހިންގަމުން އަންނަތާ މިހާރު އަށް އަހަރު ވެއްޖެ އެވެ. އެކަމަކު މިހާތަނަށް އައި އިރު ވެސް ލާލޭ ސްކޫލު ހިންގަމުން އައީ، ހުޅުމާލޭގައި ސަރުކާރުން އިމާރާތްކުރި ފަރީދިއްޔާ ސްކޫލުގެ އިމާރާތުގަ އެވެ.

މިހާރު ލާލޭ ހިންގަމުން އަންނަ ބިޒް އެޓޯލް އަށް އެތަން ދިން މުއްދަތު އަންނަ މަހު ހަމަވާތީ، އެތަން ހިންގާނެ ބަޔަކު ހޯދުމަށް އިއުލާނުކުރީ މި މަހު ކުރީކޮޅު އެވެ. އަލުން ހުޅުވާލި ފުރުސަތުގައި ވެސް، އެތަން މިހާރު ވެސް ހިންގަމުން އަންނަ ބިޒް އެޓޯލް އިން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ހުޅުމާލޭގައި އެންމެ ފުރަތަމަ އިމާރާތްކުރި ސްކޫލް އިމާރާތް، ބިޒް އެޓޯލްއާ 2008 ގައި ހަވާލު ކުރީ އެ ކުންފުނިން އެ އަވަށުގައި ސްކޫލެއް ހެދެން ދެން ފަސް އަހަރުގެ މުއްދަތަކަށެވެ. އެކަމަކު އެންމެ ފުރަތަމަ އެއްބަސްވުމުގެ މުއްދަތު 2013 ގައި ހަމަވުމުން އަނެއްކާ ވެސް އެޑިއުކޭޝަނުން ވަނީ ޖެހިގެން އައި އަހަރު އެއްބަސްވުން އާކޮށް، އެ ކުންފުންޏާ ސްކޫލުގެ ހިންގުން ހަވާލުކޮށްފަ އެވެ.