Roadha Mihaaru
1،500 ދަނޑުވެރިން އެގްރޯނެޓްގައި ރަޖިސްޓަރީވެއްޖެ

1،500 ދަނޑުވެރިން އެގްރޯނެޓްގައި ރަޖިސްޓަރީ ވެއްޖެ

23 އެޕްރީލް 2021

ދަނޑުވެރިކަން ތަރައްގީކޮށް، ފުޅާކުރުމަށް ސަރުކާރުން އުފައްދާފައިވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑް (އެގްރޯނެޓް) ގައި މިހާތަނަށް 1،500 ދަނޑުވެރިން ރަޖިސްޓަރީ ވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދަނޑުވެރިކަން ތަރައްގީކޮށް، ފުޅާކުރުމަށް ސަރުކާރުން އުފައްދާފައިވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑް (އެގްރޯނެޓް) ގައި މިހާތަނަށް 1،500 ދަނޑުވެރިން ރަޖިސްޓަރީ ވެއްޖެ އެވެ.

އެގްރޯނެޓަށް އެއް އަހަރުވުން ފާހަގަކުރުމަށް، އާންމު ކޮށްފައިވާ ބަޔާނެއްގައިވާ ގޮތުން މިހާތަނަށް 400 ދަނޑުވެރިއަކާއެކު އެއްބަސްވުމުގައި ސޮއިކޮށް، އިތުރު 684 ދަނޑުވެރިއަކާއެކު އެއްބަސްވުން ހެދުމާ ގުޅޭ ކަންކަން އަންނަނީ ކުރަމުންނެވެ. ކޮންޓްރެކްޓް ފާމިން އުސޫލުން ދަނޑުވެރިން އުފައްދާ ތަކެތި އެ ކުންފުނިން މިހާރު ވަނީ ބާޒާރަށް ނެރެފަ އެވެ.

އެގްރޯނެޓުން ކުރިއަށްގެންދާ ކޮންޓްރެކްޓް ފާމިން ޕްރޮޖެކްޓްގެ ތެރެއިން ދަނޑުވެރިއަކު އުފައްދާފައިވާ ބާވަތްތައް

އެގްރޯނެޓުން ކުރިއަށްގެންދާ ކޮންޓްރެކްޓް ފާމިން ޕްރޮޖެކްޓްގެ ތެރެއިން ދަނޑުވެރިއަކު އުފައްދާފައިވާ ބާވަތްތައް

އެގްރޯނެޓުން ކުރިއަށް ގެންދާ ފުރަތަމަ ޕްރޮޖެކްޓުގެ ދަށުން 45 ރަށެއްގައި ކޮންޓްރެކްޓް ފާމިންގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

މި ޕްރޮޖެކްޓްގެ ދަށުން މުޑުވަށްކުރާ ހިސާބުން ފެށިގެން ތަކެތި ކެނޑުމާ ހަމައަށް މަސައްކަތްތައް ކުރިއަށް ގެންދާނެ އެވެ. މި މަޝްރޫއުގެ ދަށުން ދަނޑުވެރިކަމުގެ 17 ބާވަތެއް ކަނޑައެޅުމަށް ފަހު، ކޮންމެ ދަނޑުވެރިއަކު ވެސް ހައްދާނެ ދެ ބާވަތެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ވަނީ ދީފަ އެވެ. އެ އަށް ފަހު ދިވެހި ދަނޑުވެރިން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް އެ ކުންފުނިން ގަނެ، ބާޒާރުގައި ވިއްކުމުގެ އިންތިޒާމުތައް ކުރިއަށް ގެންދާނެ އެވެ.

ކޮންޓްރެކްޓް ފާމިން މަސައްކަތް ފަށަން އެގްރޯ ކުންފުނިން ނިންމީ ކޮވިޑް-19 އާ ގުޅިގެން، ރާއްޖެއަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، ރާއްޖޭގައި އުފައްދާ ކާބޯތަކެތި އިތުރު ކުރުމުގެ ބޭނުމުގަ އެވެ.