ރ. އިނގުރައިދޫގައި ގޭސް ފުޅިއެއް ގޮވައި، ދެ އަންހެނަކު މިއަދު ފިހިއްޖެ އެވެ.
08 އެޕްރީލް 2021
ރ. އިނގުރައިދޫގައި ގޭސް ފުޅިއެއް ގޮވައި، ދެ އަންހެނަކު މިއަދު ފިހިއްޖެ އެވެ.
އެ ރަށު ކައުންސިލްގެ ރައީސް އިސްމާއިލް އަބްދުއްރަޝީދު "މިހާރު" އަށް ވިދާޅުވީ، މެންދުރު 2:00 ހާއިރު ހިނގި އެ ހާދިސާގައި އުމުރުން 23 އަހަރުގެ އަންހެނަކާއި 71 އަހަރުގެ އަންހެނަކު ފިހިފައިވާ ކަމަށެވެ. އެ މީހުންނަށް މިހާރު ފަރުވާ ދެމުންދަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގަ އެވެ.
އިސްމާއިލް ވިދާޅުވީ، ބޮޑުވަރުވެފައި ވަނީ ދުވަސްވީ އަންހެން މީހާ އަށް ކަމަށެވެ. އޭނާ ހުރީ ގޭސް ފުޅި ގޮވި ވަގުތު އުނދުން ކައިރީ ކަމަަށާއި ވަަރަށް ބޮޑަށް ފިހިފައިވާ ކަމަށް ވިދާޅުވި އެވެ.
އެ ދެ މީހުންނަށް ވެސް އިތުރު ފަރުވާ ދިނުމަށް މާލެ ގެންނަން ވަނީ ނިންމައިފަ އެވެ. އެމްްއެންޑީއެފްގެ އެހީގައި އެމީހުން މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު އެކަން ކުރެވޭނެ ސީދާ އިރެއް ނޭނގެ އެވެ.
އިނގުރައިދޫގައި އެ މީހުން ދިރިއުޅެމުން އައި ގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. އާންމުވެފައިވާ ފޮޓޯތަކަށް ބަލާއިރު ގޭގެ ބަދިގޭގެ ފާރު ވަނީ އެއްކޮށް ވެއްޓިފަ އެވެ. ބަދިގޭގައި ހިފައި ގެންގުޅޭ ސާމަނަށް ވެސް ވަނީ ގެއްލުންވެފަ އެވެ.
ހާދިސާ ހިނގި ވަގުތު ގޭގައި ދިރިއުޅެމުން އައީ ވެސް އެ ދެ އަންހެނުން އެކަނި ކަމަށް ކައުންސިލް ރައީސް ވިދާޅުވެ އެވެ.
ގެއްލުނީ ދީނަށް ލޯބިކުރާ ހެޔޮލަފާ ދަރިއެއް
ރޯވި ބޯޓު ފެތިއްޖެ، ގެއްލުނު މީހާ އަދިވެސް ނުފެނޭ
ބޯޓު އަނދައި ހުލިވެއްޖެ، އެކަކު ގެއްލިގެން ހޯދަނީ
މީދޫ އިކޯގާޑެންގައި ރޯވި އަލިފާން އަދިވެސް ނުނިވޭ!
ހުޅުމާލޭ ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
އަލިފާނުގައި ދެ ގެއެއްގެ ފެން ހޮޅިއަށް ގެއްލުންވެއްޖެ
އައްޑޫ މަތިކިޅި ޗަސްބިމުގައި އަލިފާން ރޯވެއްޖެ
ފުރުޓް ފިހާރާގައި ރޯވެ 10 މިލިއަން ރުފިޔާގެ ގެއްލުން
ރޭގައި ރޯވި ގޭގެ އެއް ކޮޓަރި އަނދައި ހުލިވި
ގަލޮޅުގެ ގެއެއްގައި ރޯވެއްޖެ