Roadha Mihaaru

ގެއްލުނީ ދީނަށް ލޯބިކުރާ ހެޔޮލަފާ ދަރިއެއް

ލ. އަތޮޅާއި ތ. އަތޮޅުގެ ރަށްތަކަށް މުދާ ހިފައިގެން ދަތުރު ކުރަމުން ދަނިކޮށް ރޭ ރޯވި ހޮޅުދޫ ބޯޓުގައި އެވަގުތު ދަތުރު ކުރަމުންދިޔަ 18 މީހުންގެ ތެރެއިން 17 މީހުން ރޭ ވަނީ ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފަ އެވެ. އެ ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ ލ. މާވަށު، އަލީ މުޝްފިގް، 25 އެވެ.

ޕޮލިޓެކްނިކްގައި އާކިޓެކްޗާގެ ދާއިރާއިން ކިޔަވަމުންދާ މުޝްފިގް ރަށަށް ދިޔައީ ރޯދައިގެ ފަހު 10 ގައި ލިބުނު ބަންދުގައި މައިންބަފައިންނާއެކު ޗުއްޓީ ހޭދަކޮށްލުމަށެވެ.

މަންމައާ ބައްޕަގެ އެންމެ ދޮށީ ދަރިފުޅު، މުޝްފިގް ގެއްލުމުން އެ ރަށު ގިނަ ބަޔަކު އަންނަނީ ސޯޝަލް މީިޑިއާގައި ވެސް ވާހަކަ ދައްކަމުންނެވެ.

މުޝްފިގަކީ ކޮންމެ މަންމައަކާއި ބައްޕައަކު އަބަދުމެ އެދޭ ފަދަ އަހުލާގު ރަނގަޅު ދީނީ ކަންކަމަށް ފަރުވާރި ދަރިއެކެވެ.

ރޯވި ބޯޓުން ގެއްލިގެން ހޯދަމުންދާ އަލީ މުޝްފިގު (25އ) ލ. މާވަށް-- ފޮޓޯ: ސޯޝަލް މިޑިއާ

ރޯވި ބޯޓުން ގެއްލިގެން ހޯދަމުންދާ އަލީ މުޝްފިގު (25އ) ލ. މާވަށް-- ފޮޓޯ: ސޯޝަލް މިޑިއާ

"ގެއްލިގެން އެ ދިޔައީ ކޮންފަދަ ހެޔޮލަފާ ސޯލިހް ދަރިޔެއް. މައިންބަފައިންގެ ހިތްތަކައް ފިނިކަން ގެނެސްދިން މަޑުމައިތިރި އަދި ހަމަ އެހާމެ ބަސްއަހާ ދަރިޔެއް. ދަރިން ކައިރީގައި ނަމޫނާއެއް ގޮތުގައި މުޝްފިގު ބޭބެ ކަހަލަ ކުއްޖަކަށް ވައްޗޭ ބުނާ ކަހަލަ ނަމޫނާ ދަރިޔެއް،" އެ ރަށު މީހަކު ސޯޝަލް މީޑިއާގައި ލިޔެފައިވެ އެވެ.

"[މުޝްފިގަކީ] ދީނަށް ލޯބިކުރާ ދީނީ އަޅުކަންތަކަށް ފަރުވާތެރި ދަރިއެއް. އިމާމެއް. އެ ކިޔެވުމެއް އަޑު އަހާލުމަށްޓަކައި، ވަރަށް ގިނަ މީހުން ބޭނުންވާ މަޑުމައިތިރި ހިތްގައިމު ކިޔެވުމެއް. ދުއާއަކީ އަދި އުންމީދު ކުރަނީ މި އަޑު އަދިވެސް މިސްކިތްތަކުން އިވިގެން ދިޔުން."

މުޝްފިގަކީ އެންމެ ކުޑައިރުން ފެށިގެން ވެސް ވަރަށް މޮޅަށް ގުރުއާން ކިޔަވާ މީހެކެވެ. އަދި ލ. އަތޮޅުގެ މުބާރާތްތަކާއި ގައުމީ ގުރުއާން މުބާރާތުގައި ވެސް ގިނަ ވަނަތަކެއް އޭނާ ހާސިލް ކޮށްފައިވެ އެވެ.

ހޮޅުދޫ ބޯޓުގައި ރޯވެފައި.

ހޮޅުދޫ ބޯޓުގައި ރޯވެފައި.

ރޯވި ބޯޓު ރޭ ދަންވަރު 2:07 ހާއިރު ވަނީ އަޑިއަށް ގޮސްފަ އެވެ. އެހެންވެ، ބޯޓުގެ ބައިތައް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

އެމްއެންޑީއެފުން މިއަދު ހެނދުނު ބުނީ ކޯސްޓްގާޑްގެ އުޅަނދުތަކާއި ސިފައިންގެ އެއާކޯގެ ޑްރޯން އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ގުޅިގެން ކަނޑުމަތިންނާއި ޑައިވްކޮށްގެން އަދި ވައިގެ މަގުން މުޝްފިގް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކަނޑޫދޫ ކައިރިން ބޯޓުގައި އަލިފާން ރޯވެ އަނދައި ހުލިވީ މާލެ ދަތުރު ކުރަމުން ދަނިކޮކޮށެވެ. ނަމަވެސް ރޯވި ސަބަބެއް މިހާތަނަށް ސާފެއް އެވެ.

އެމްއެންޑީއެފްގެ ޑްރޯން ބޭނުން ކޮށްގެން ބަލާފައިވާ ސަރަހައްދު ފާހަގަ ކޮށްފައި-- ފޮޓޯ: އޭވިއޭޓާ މޯލްޑިވްސް

އެމްއެންޑީއެފްގެ ޑްރޯން ބޭނުން ކޮށްގެން ބަލާފައިވާ ސަރަހައްދު ފާހަގަ ކޮށްފައި-- ފޮޓޯ: އޭވިއޭޓާ މޯލްޑިވްސް

ހޮޅުދޫ ބޯޓަކީ 2008 ވަނަ އަހަރު މާލެ ދަތުރުކުރަން ފެށި ބޯޓެކެވެ. އެނގިފައިވާ ގޮތުގައި މި ބޯޓު އޮންނަނީ ދަތުރުކުރަން ކުއްޔަށް ދޫކޮށްފަ އެވެ. ބޯޓުން ދަތުރުކުރި ބިދޭސީއަކާއި ދިވެއްސަކު ފިހިގެން ތ. ކަނޑޫދޫ ހެލްތު ސެންޓަރުގައި ރޭ ވަނީ ފަރުވާދީފަ އެވެ. ބޭރުފުށުން ސީރިއަސް އަނިޔާއެއް ފެންނަން ނެތް ނަމަވެސް ދެ މީހުން ތިބީ ޝޮކެއްގައި ކަމަށް އެ ރަށު ހެލްތު ސެންޓަރުން ރޭ ބުންޏެވެ.