Roadha Mihaaru

ސްޓެލްކޯގެ މައި އިންޖީނެއްގެ ދުންހޮޅީގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި

ސްޓެލްކޯގެ މައި އިންޖީނެއްގެ ދުންހޮޅީގައި ރޯވެ އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފި އެވެ.

ސްޓެލްކޯގެ މައި އިންޖީނެއްގައި އަލިފާނުގެ ހާދިސާއެއް
އިފްރާޒް އަލީ
އިފްރާޒް އަލީ

28 އެޕްރީލް 2025

ސްޓެލްކޯގެ މައި އިންޖީނެއްގެ ދުންހޮޅީގައި ރޯވެ އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފި އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

އެމްއެންއެންޑީއެފުން ބުނީ އެ ހާދިސާ ހިނގިކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 6:19 ހާއިރު ކަމަށެވެ.

ރޯވީ ސްޓެލްކޯގެ އިންޖީން ރޫމު ތެރޭގައި ހުރި މައި އިންޖީނެއްގެ ދުން ހޮޅީގައި ކަމަށާއި ސިފައިންގެ ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާ ފައިޓަރުން ކުރި މަސައްކަތުން އެ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް އެމްއެންއެންޑީއެފުން ބުންޏެވެ.

ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާން އެއްކޮށް ނިއްވާލެވުނީ 6:30 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މުޅި މާލެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް ދޭ ސްޓެލްކޯގައި ހިނގި މި ހާދިސާގެ ސަބަބުން، ކަރަންޓު ދިނުމުގައި އެއްވެސް މައްސަލައެއް ދިމާވި ކަމުގެ ރިޕޯޓެއް އަދި ނެތެވެ.