15 ފެބުރުއަރީ 2018
މާލޭގައި ބަހައްޓާފައި ހުރި ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޭ ފަތިހު ރޯކޮށްލި މައްސަލާގައި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މާލޭގައި ބަހައްޓާފައި ހުރި ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޭ ފަތިހު ރޯކޮށްލި މައްސަލާގައި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލައިގެ ތުހުމަތަށް ދެ މީހަކު ހައްޔަރުކޮށް، އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ބާ އިންޖީނުގެ ކައިރީގައި ހުންނަ މި ޑިސްޓްރިބިއުޝަން ފޮށީގައި ރޭ ފަތިހު 4:30 ހާއިރު ރޯކޮށްލުމުން ހަތް އިމާރާތަކުން ކަރަންޓު ކެނޑިފައިވާ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ. އަދި އެ ގެ ތަކަށް އަލުން ކަރަންޓު ދިނުމަށް ހަތަރު ގަޑިއެއްހާއިރު ނަގާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
"...މި ސަބްސްޓޭޝަން މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާ ވަގުތު ސްވިޗިން ކުރުމަށް ހަމަޖެހިފައި ވާތީ، އެކި ސަރަހައްދުތަކުން ކުޑަ ވަގުތު ކޮޅަކަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ވާހަކަ ކަސްޓަމަރުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" ސްޓެލްކޯގެ ދަންނަވާލުމުގައި ވެ އެވެ.
އެމްއެންޑީއެފުން ބުނީ، ފާށަނާކިލެގެފާނު މަގުގައި ހުންނަ ސްޓެލްކޯގެ އިލެކްޓްރިކް ސަބް ސްޓޭޝަންގެ ޑިސްޓްރިބިއުޝަން ފޮށީގައި ބަޔަކު ގަސްދުގައި ރޯކޮށްލާފައިކަން މިހާތަނަށް ބެލިބެލުމުން އެނގޭ ކަމަށެވެ.
ޑިސްޓްރިބިއުޝަން ބޮކްސްގައި ރޯވި އަލިފާންގަނޑު ފަތިހު 4:40 ހާއިރު އެމްއެންޑީއެފް ފަޔާ ސާވިސް އިން ނިއްވާލާފައިވާއިރު، އެ ބޮކްސް ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
"މި ހާދިސާގައި އަނދާފައި ވަނީ މާލޭގެ ހަތް ޒޯނަކަށް ކަރަންޓް ދޭ ޑިސްޓްރިބިއުޝަން ފޮއްޓެއް ކަމަށް ސްޓެލްކޯ އިން މައުލޫމާތު ދީފައި ވެ އެވެ،" އެމްއެންޑީއެފުން ބުންޏެވެ.
ކަރަންޓު ފޮށީގައި ރޯކުރި މީހުންގެ ބަންދަށް 15 ދުވަސް
ކުއްލި ހާލަތުގައި ދެން ގުޅަން ޖެހޭނީ 911 އަށް
ދަތުރު ކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
މާލޭގައި އަނެއްކާވެސް ސައިކަލްތަކެއްގައި ރޯކޮށްލައިފި
އައްޑޫގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި
ފޭދޫގައި ގެއެއްގެ ބައެއްގައި ރޯވެ އަނދައި ހުލިވެއްޖެ
އިވްނިންގް ކެފޭގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި
އަލިފާނުގެ ހާދިސާގައި އެފްކޮންސްގެ 74 މީހަކަށް އަނިޔާ
އަލިފާނުގެ ހާދިސާގައި މިހާތަނަށް 10 މަރު
ކެފޭއެއްގައި ރޯވެ މީހަކު ފިހިއްޖެ