Roadha Mihaaru
ފޭދޫގައި ގެއެއްގެ ބައެއްގައި ރޯވެ އަނދައި ހުލިވެއްޖެ

ފޭދޫގައި ގެއެއްގެ ބައެއްގައި ރޯވެ އަނދައި ހުލިވެއްޖެ

02 އެޕްރީލް 2023

ސ. ފޭދޫގައި މީހުން ދިރިއުޅޭ ގެއެއްގައި މިރޭ ވަރަށް ބޮޑަށް ރޯވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސ. ފޭދޫގައި މީހުން ދިރިއުޅޭ ގެއެއްގައި މިރޭ ވަރަށް ބޮޑަށް ރޯވެއްޖެ އެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

އައްޑޫ ފޭދޫ ދާއިރާގެ ކައުންސިލް މެމްބަރު މުހައްމަދު ފައިސަލް "މިހާރު" އަށް ވިދާޅުވީ ރޯވީ އެ ރަށުގެ ގެއެއްގައި ވަކިން ހަދާފައި ހުރި އެޕާޓްމަންޓެއްގައި ކަމަށެވެ. ފުލުހުންނާއި ސިފައިން އަދި އާންމުން ކުރި މަސައްކަތުން އަލިފާންގަނޑު މިހާރު ނިއްވާލާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަމަ އެޕާޓްމަންޓް އެއްކޮށް އަނދައި އަޅިޔައްވެފައި އޮތީ" އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނީ މިރޭ 7:30 ހާއިރު އެ ހާދިސާގެ ރިޕޯޓް ލިބުނު ކަމަށާއި މިހާރު އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ.

އެ ރަށުން ވާހަކަދެއްކި މީހަކު "މިހާރު" އަށް ބުނި ގޮތުގައި އަލިފާން ރޯވި ކަމަށް ބެލެވެނީ ކަރަންޓް ޝޯޓް ވެގެންނެވެ. އަދި ރޯވި ވަގުތު އެތަނުގައި އެކަކު ވެސް ނޫޅޭ ކަމަށް އޭނާ ބުންޏެވެ.