Roadha Mihaaru
ބާ ކާރުތަކެއްގައި ރޯވެ،ހިތަދޫގައި އަލިފާނުގެ ހާދިސާއެއް

ހިތަދޫގެ މަގެއްގައި ހުރި ކާރުތަކެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް!

09 ޖޫން 2024

އައްޑޫ ހިތަދޫގެ މަގެއްގައި ޕާކުކޮށްފައި ހުރި ބާ ކާރުތަކެއްގައި މިއަދު ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އައްޑޫ ހިތަދޫގެ މަގެއްގައި ޕާކުކޮށްފައި ހުރި ބާ ކާރުތަކެއްގައި މިއަދު ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގީ ހިތަދޫ އުސްގަނޑު ސަރަހައްދުގައި އޮތް ބާ ކާރުތަކެއްގައި ރޯވެގެން ކަމަށެވެ.

އައްޑޫ މަގެއްގައި ހުރި ކާރުތަކެއްގައި ރޯވި އަލިފާންގަނޑު ނިއްވާލާފައި.--

އައްޑޫ މަގެއްގައި ހުރި ކާރުތަކެއްގައި ރޯވި އަލިފާންގަނޑު ނިއްވާލާފައި.--

އެ ހާދިސާ ހިނގި ކަމުގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 7:30 ހާއިރު ކަމަށާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން ހަރަކާތްތެރިވެ، 8:00 ހާއިރު ނިއްވާލާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ރޯވި އެއް ކާރު އަލިފާން ނިއްވާލާފައި.--

ރޯވި އެއް ކާރު އަލިފާން ނިއްވާލާފައި.--

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުނި ނަމަވެސް އެއީ ކިހިނެތް ހިނގި ހާދިސާއެއް ކަމެއް ނުބުނެ އެވެ.

ދައުރުވަމުންދާ ފޮތޯތަކުން ފެންނަނީ އަލިފާން ނިއްވައިލެވުނުއިރު، އެ ކާރުތައް ވަރަށް ބޮޑަށް އަނދާފައިވާ ތަނެވެ. އެ ސަރަހައްދުގައި އޮތް ތިން ކާރެއްގެ އިތުރުން އެ ސަރަހައްދުގައި ހުރި ގަސްތަކަށް ވެސް ވަނީ އަލިފާނުގެ އަސަރުކުރި އެވެ.