Roadha Mihaaru
ހިތަދޫގައި ރޯވި އަލިފާން ނިއްވާލެވުނީ 12 ގަޑިއިރުން

ހިތަދޫ މާކިޅީގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ 12 ގަޑިއިރު ފަހުން

08 ފެބުރުއަރީ 2022

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ހުންނަ ސަރަހައްދާ ކައިރީގައި އޮންނަ ހިތަދޫގެ މާކިޅީގައި އިއްޔެ ހަވީރު ރޯވި އަލިފާނޑު ވަރަށް ބޮޑަށް ފެތުރު ފަހުން، ރޭ ފަތިހު ނިއްވާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ހުންނަ ސަރަހައްދާ ކައިރީގައި އޮންނަ ހިތަދޫގެ މާކިޅީގައި އިއްޔެ ހަވީރު ރޯވި އަލިފާނޑު ވަރަށް ބޮޑަށް ފެތުރު ފަހުން، ރޭ ފަތިހު ނިއްވާލައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، އެ އަލިފާންގަނޑު ކޯންޓްރޯލް ކުރެވުނީ ރޭ ފަތިހު ހަތަރެއް ޖަހާކަން ހާއިރު ކަމަށާއި އަލުން ރޯވެދާނެ ކަމަށް ބަލައި، އެ ސަރަހައްދު މޮނިޓާ ކުރަމުން މިހާރު އަންނަ ކަމަށެވެ.

އައްޑޫގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު "މިހާރު" އަށް މިއަދު ވިދާޅުވީ، ރޯވިތާ 12 ގަޑިއިރު ފަހުން އަލިފާންގަނޑު ނިއްވާލެވުނު އިރު، ރޯވާ ދިމާވި ސަބަބެއް އަދި ނޭނގޭ ކަމަށެވެ.

އައްޑޫ ހިތަދޫ މާކިޅީގައި އަލިފާން ރޯވެފައި: މި އަލިފާންގަނޑު ނިއްވާލެވުނީ 12 ގަޑިއިރުން.

އައްޑޫ ހިތަދޫ މާކިޅީގައި އަލިފާން ރޯވެފައި: މި އަލިފާންގަނޑު ނިއްވާލެވުނީ 12 ގަޑިއިރުން.

"ވަރަށް ބޮޑު ހިސާބެއްގައި ރޯވި ފަހުން ކޮންޓްރޯލް ކުރެވުނީ،" އޭނާ ވިދާޅުވި އެވެ.

"އަލިފާނުގެ ސަބަބުން އެ ސަރަހައްދަށް ލިބިފައި ގެއްލުންތައް ކައުންސިލުން ބަލާފައި ބުނަން އެނގޭނީ ކިހާ ބޮޑު ގެއްލުމެއްތޯ ވެފައި ވަނީ."

ޝުއާއު ވިދާޅުވިގޮތުގައި، އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް އެމްއެންޑީއެފުން އިއްޔެ ހަވީރުން ފެށިގެން ކުރަމުން ދިޔަ ނަމަވެސް، އަލިފާންގަނޑު ނިއްވައިލީ، ގަން އެއާޕޯޓުގެ ފަޔާ އެންޑް ރެސްކިއު ޓީމުގެ އެހީތެރިކަމާ އެކު އެވެ.

އައްޑޫ ހިތަދޫ މާކިޅީގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް ހަރަކާތްތެރިވި ފަޔަ އެންޑް ރެސްކިއު ޓީމް.

އައްޑޫ ހިތަދޫ މާކިޅީގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް ހަރަކާތްތެރިވި ފަޔަ އެންޑް ރެސްކިއު ޓީމް.

މާކިޅީގައި ރޯވި އިރު، ރޭ ވަނީ އައްޑޫގެ ގުޅިފައިވާ ރަށްތަކުން ވަރަށް ގިނައިރު ވަންދެން ކަރަންޓު ވެސް ކެނޑިފަ އެވެ.

ކައުންސިލުން ބުނި ގޮތުގައި، ކަރަންޓު ކެނޑެން މެދުވެރިވީ، ކަރަންޓު ދިނުމަށް ބޭނުންކުރާ ޖަނަރޭޓަރަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ.

އެ މައްސަލަ ހައްލުކޮށް، އަލުން ކަރަންޓް ދިނީ ދެ ގަޑިއިރު ފަހުންނެވެ.