ތ. އަތޮޅާއި ލ. އަތޮޅަށް މުދާ އުފުލާ "ހޮޅުދޫ ބޯޓުގައި" މިރޭ ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި، ބޯޓުން ދަތުރުކުރި އެކަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
02 އެޕްރީލް 2025
ތ. އަތޮޅާއި ލ. އަތޮޅަށް މުދާ އުފުލާ "ހޮޅުދޫ ބޯޓުގައި" މިރޭ ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި، ބޯޓުން ދަތުރުކުރި އެކަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި އެ ބޯޓުން ދަތުރުކުރި 18 ވަރަކަށް މީހުންގެ ތެރެއިން ގެއްލިގެން ހޯދަނީ ލ. މާވަށު، އަލީ މުޝްފިގް، 25 އެވެ. ކޯސްޓްގާޑާއި އާއްމުން ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
"ހޮޅުދޫ ބޯޓް" އިން ދަތުރުކުރަމުންދިޔަ 18 މީހުންގެ ތެރެއިން 17 މީހުން ވަނީ ސަލާމަތްކޮށްފަ. ލ.މާވަށު، އުމުރުން 25 އަހަރުގެ ޢަލީ މުޝްފިޤް ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްްޓްގާޑާއި އެ ސަރަހައްދުގެ ގިނަ އުޅަނދުތަކެއް ދަނީ ހަރަކާތްތެރިވަމުން. pic.twitter.com/blue6YFAKE
— Maldives National Defence Force (@MNDF_Official) April 2, 2025
ކަނޑޫދޫ ކައިރިން ބޯޓުގައި އަލިފާން ރޯވެ އަނދައި ހުލިވީ މާލެ ދަތުރުކުރަނިކޮށް ކަމަށް ވެ އެވެ. އެނގިފައިވާ ގޮތުގައި މި ބޯޓު އޮންނަނީ ދަތުރުކުރަން ކުއްޔަށް ދޫކޮށްފަ އެވެ.
ބޯޓުގައި ތިބި ބިދޭސީންނާއި ދިވެހިންގެ ތެރެއިން ދެ މީހަކު ފިހިގެން ތ. ކަނޑޫދޫ ހެލްތު ސެންޓަރުގައި ވަނީ ފަރުވާދީފަ އެވެ. އިތުރު ފަރުވާ އަށް މިހާރު ދ. ކުޑަހުވަދުއަށް ފޮނުވާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެއީ ދިވެއްސަކާއި ބިދޭސީއެކެވެ.
ބޭރުފުށުން ސީރިއަސް އަނިޔާއެއް ފެންނަން ނެތް ނަމަވެސް ދެ މީހުން ތިބީ ޝޮކެއްގައި ކަމަށް ހެލްތު ސެންޓަރުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.
"ހޮޅުދޫ ބޯޓް" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ދަނީ ހަރަކާތްތެރިވަމުން. pic.twitter.com/KYewc9a5zh
— Maldives National Defence Force (@MNDF_Official) April 2, 2025
އަލިފާނުގެ ހާދިސާއާ ގުޅިގެން، "މިހާރު"އަށް ވާހަކަ ދެއްކި ކަނޑޫދޫ ކައުންސިލްގެ ބޭފުޅަކު ވިދާޅުވީ ބޯޓުގައި ރޯވުމާ އެކު އޭގައި ތިބި އެންމެން ލައިފް ޖެކެޓް އަޅައި މޫދަށް ފުންމާލީ ކަމަށެވެ. ކަނޑުމަތީގައި ތިއްބައި އެ މީހުން ސަލާމަތްކުރީ އެ ސަރަހައްދަށް އައި ލޯންޗަކުންނެވެ. އެ ލޯންޗަށް އެންމެންނަށް ނޭރިގެން އިތުރު ލޯންޗެއް ގެންނަން ޖެހުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްއެންޑީއެފުން ހިއްސާކުރި މި ހާދިސާގެ ވީޑިއޯގައި ފެންނަ ގޮތުގައި ރޯވި އަލިފާންގަނޑު ވަނީ މުޅި ބޯޓަށް ފެތުރިފަ އެވެ. އަލިފާން ރޯވެފައި ވަނީ ބޯޓު ސަލާމަތްކުރެވޭ ވަރަށް ވުރެ ބޮޑަށެވެ.
ރޯވި ބޯޓު ފެތިއްޖެ، ގެއްލުނު މީހާ އަދިވެސް ނުފެނޭ
ގެއްލުނީ ދީނަށް ލޯބިކުރާ ހެޔޮލަފާ ދަރިއެއް
މީދޫ އިކޯގާޑެންގައި ރޯވި އަލިފާން އަދިވެސް ނުނިވޭ!
ހުޅުމާލޭ ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
އަލިފާނުގައި ދެ ގެއެއްގެ ފެން ހޮޅިއަށް ގެއްލުންވެއްޖެ
އައްޑޫ މަތިކިޅި ޗަސްބިމުގައި އަލިފާން ރޯވެއްޖެ
ފުރުޓް ފިހާރާގައި ރޯވެ 10 މިލިއަން ރުފިޔާގެ ގެއްލުން
ރޭގައި ރޯވި ގޭގެ އެއް ކޮޓަރި އަނދައި ހުލިވި
ގަލޮޅުގެ ގެއެއްގައި ރޯވެއްޖެ
ރީތި ރަށުގެ ވޯޓާ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް