Roadha Mihaaru
ތުރުކީ ބަޣާވާތުގެ އިސް އޮފިސަރުން އުމުރަށް ޖަލަށް

ތުރުކީ ބަޣާވާތުގެ އިސް އޮފިސަރުން އުމުރަށް ޖަލަށް

08 އެޕްރީލް 2021

އަންކަރާ (އެޕްރީލް 8) - ތުރުކީ އަށް 2016 ވަނަ އަހަރު ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތުގައި ބައިވެރިވި ސިފައިންގެ އިސް އޮފިސަރުންނަށް އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަންކަރާ (އެޕްރީލް 8) - ތުރުކީ އަށް 2016 ވަނަ އަހަރު ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތުގައި ބައިވެރިވި ސިފައިންގެ އިސް އޮފިސަރުންނަށް އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވައިފި އެވެ.

އުމުރަށް ހުކުމްކުރި މީހުންގެ ތެރޭގައި ރަސްމީ ޓީވީ އަށް ވަދެ ބަޣާވާތް އިއުލާންކުރި ދެ މީހުން ހިމެނެ އެވެ.

ޖުލައި 2016 ގައި ތުރުކީ އަށް ގެންނަން އުޅުނު ބަޣާވާތުގައި 251 މީހުން މަރުވި އެވެ. ބަޣާވާތަށް ފަހު އެތައް ހާސް ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. ބަޣާވާތުގައި ބައިވެރި ކަމަށް ބޮޑަށް ތުހުމަތުކޮށްފައި ވަނީ ރިޔާސީ ގާޑުންނަށެވެ. ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވާ ގޮތުގައި އެ ބަޣާވާތުގެ ފަހަތުގައި ހުންނެވީ އެމެރިކާގައި ދިރިއުޅުއްވާ ފަތުހުﷲ ގުލާން އެވެ. އެއް ދުވަސްވަރެއްގައި އުރުދުޣާންއާ ވަރަށް ގާތް ގުޅުމެއް ބޭއްވި ގުލާން ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ. ނަމަވެސް ބަޣާވާތަށް ފަހު އުރުދުޣާން ވަނީ ގުލަންގެ ސަޕޯޓަރުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ.

ބަޣާވާތަށް ފަހު މިހާތަނަށް ވަނީ 289 ޝަރީއަތް ބާއްވައިފަ އެވެ. އޮކްޓޯބަރު 2017 ގައި ފެށި ޝަރީއަތްތަކަށް މިހާރު ވަނީ ނިމުން އައިސްފަ އެވެ. މީގެ ކުރިން ވަނީ 2،500 މީހުންނަށް އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވައިފަ އެވެ.