Roadha Mihaaru
ބަޣާވާތާ ގުޅިގެން ތުރުކީގެ 29 ފުލުހަކަށް ދައުވާކޮށްފި

ބަޣާވާތާ ގުޅިގެން ތުރުކީގެ 29 ފުލުހަކަށް ދައުވާކޮށްފި

27 ޑިސެމްބަރ 2016

އިސްތަންބޫލް (ޑިސެމްބަރު 27) - ތުރުކީ އަށް ޖުލައި މަހު ގެންނަން އުޅުނު ބަޣާވާތާ ގުޅިގެން ޖަލުތަކުގައި ބަންދުކޮށްފައި ތިބި މީހުންގެ ތެރޭން 29 ފުލުހެއްގެ މައްޗަށް މިއަދު ދައުވާކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްތަންބޫލް (ޑިސެމްބަރު 27) - ތުރުކީ އަށް ޖުލައި މަހު ގެންނަން އުޅުނު ބަޣާވާތާ ގުޅިގެން ޖަލުތަކުގައި ބަންދުކޮށްފައި ތިބި މީހުންގެ ތެރޭން 29 ފުލުހެއްގެ މައްޗަށް މިއަދު ދައުވާކޮށްފި އެވެ.

މިއީ ބަޣާވާތުގައި ބައިވެރިވެގެން ހައްޔަރުކުރި މީހުންގެ މައްޗަށް ދައުވާކުރި ފުރަތަމަ ފަހަރެވެ. ފުލުހުންނާއި ސިފައިންގެ ތެރޭން ބަޔަކު ނުކުމެ ރަޖަބު ތައްޔިބު އުރުދުޣާން ވެރިކަމުން ބާލަން ކުރި މަސައްކަތް ނާކާމިޔާބުކޮށްލި ފަހުން 40،000 އަށް ވުރެ ގިނަ މީހުން ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ.

ތުރުކީން ބުނެފައި ވަނީ ބަޣާވާތުގެ ފަހަތުގައި ހުންނެވީ އެމެރިކާގައި ދިރިއުޅޭ ފަތުހުﷲ ގުލެން ކަމަށެވެ. އެކަމަކު އޭނާ ވަނީ އެކަން ދޮގުކޮށްފަ އެވެ. އަންކަރާގައި ބަޑިޖަހާ ރަޝިޔާ ސަފީރު ދާދި ފަހުން އަވަހާރަކޮށްލުމުގެ ފަހަތުގައި ވެސް ހުންނެވީ ގުލަން ކަމަށް ތުރުކީ ސަރުކާރުން ތުހުމަތުކޮށްފައިވެ އެވެ.

އިސްތަންބޫލްގެ ކޯޓެއްގައި ފެށި ޝަރީއަތުގައި 29 ފުލުހުންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ އެ މީހުންގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ މީހުންގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ގުލަންއާ ގުޅުން ބޭއްވުމާއި ރައީސް އުރުދުޣާން ހިމާޔަތް ކުރަން މަސައްކަތްކޮށްފައި ނުވާތީ އެވެ.