Roadha Mihaaru
ބަޣާވާތް ނާކާމިބުކޮށްލުމުގެ ހަނދާން ތުރުކީން އާކުރަނީ

ބަޣާވާތް ނާކާމިބުކޮށްލުމުގެ ހަނދާން ތުރުކީން އާކުރަނީ

15 ޖުލައި 2021

ތުރުކީގައި ގެންނަން އުޅުނު ބަޣާވާތް ނާކާމިޔާބުކޮށްލިތާ ފަސް އަހަރު ފުރުން އެ ގައުމުގެ ރައްޔިތުން ފާހަގަކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ތުރުކީގައި ގެންނަން އުޅުނު ބަޣާވާތް ނާކާމިޔާބުކޮށްލިތާ ފަސް އަހަރު ފުރުން އެ ގައުމުގެ ރައްޔިތުން ފާހަގަކޮށްފި އެވެ.

ތުރުކީގެ ސަރުކާރާ އިދިކޮޅު ފަތުހުﷲ ގްލެން އިސްވެ ހުރެ ތުރުކީ ސިފައިންގެ ބަޔަކާ ބަޔަކާ އެކު ހިންގަން މަސައްކަތް ކުރި ބަޣާވާތް ނާކާމިޔާބުކޮށްލައި އެކަމުގައި އުޅުނު މީހުންނަށް ސަރުކާރުން ވަނީ ފިޔަވަޅު އަޅައިފަ އެވެ.

ތުރުކީގެ ބަޣާވާތާ ދެކޮޅަށް ރައްޔިތުން ނުކުމެ ދެކޮޅުވެރިކަން ދައްކަނީ

ތުރުކީގެ ބަޣާވާތާ ދެކޮޅަށް ރައްޔިތުން ނުކުމެ ދެކޮޅުވެރިކަން ދައްކަނީ

މި ބަޣާވާތާ ދެކޮޅަށް ރައްޔިތުންގެ ގިނަ ބަޔަކު މަގުތަކަށް ނުކުމެ އަޑު އުފުލި އެވެ.

އެމެރިކާގެ ހިމާޔަތުގައި ދިރިއުޅޭ ފަތުހުﷲ ގްލެންގެ އެންގުމަށް ސިފައިންގެ ތެރެއިން ބަޔަކު ވަނީ ތުރުކީގެ އަންކާރާގެ ގާނޫނު އަދާ މަޖިލީހާއި ރިއާސީ ގަނޑުވަރަށް ހަމަލާ ދީފަ އެވެ. އަދި ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އަވަހާރަކޮށްލަން މަސައްކަތްކުރި އެވެ. އޭރު އުރުދުޣާން ހުންނެވީ އާއިލާއާ އެކު ޗުއްޓީއެއްގަ އެވެ.

ތުރުކީގެ ބަޣާވާތާ ދެކޮޅަށް ރައްޔިތުން ނުކުމެ ދެކޮޅުވެރިކަން ދައްކަނީ

ތުރުކީގެ ބަޣާވާތާ ދެކޮޅަށް ރައްޔިތުން ނުކުމެ ދެކޮޅުވެރިކަން ދައްކަނީ

ބަޣާވާތް ކުރަން އުޅުނު ސިފައިން ވަނީ ހަނގުރާމަ މަތީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްފަ އެވެ. އޭގެ ތެރޭގައި ފައިޓާ ޖެޓާއި ހެލިކޮޕްޓަރާއި ޓޭންކް ވެސް ހިމެނެ އެވެ. މިކަމާ ދެކޮޅަށް އެތައް ބަޔަކު ތުރުކީގެ މަގުތަކަށް ނުކުމެ އަޑު އުފުލި އެވެ.

ބަޣާވާތާ ގުޅިގެން ހިނގި ކުރިމަތިލުންތަކުގައި އާންމު ރައްޔިތުންގެ 250 މީހަކު މަރުވެ 2،200 މީހުން ޒަހަމްވި އެވެ.

ތުރުކީ ރައްޔިތުން މަގު މައްޗަށް ނުކުމެ އުފާފާޅު ކުރަނީ

ތުރުކީ ރައްޔިތުން މަގު މައްޗަށް ނުކުމެ އުފާފާޅު ކުރަނީ

ބަޣާވާތް ކުރުމުގައި އުޅުނު މީހުން ވަނީ އަންކާރާގެ ސްޓޭޓް ޓީވީ އާއި ސީއެންއެންގެ ތުރުކީ އޮފީސް ހިސޯރުކޮށްފަ އެވެ. އަދި އެ މީޑިއާތަކުގައި މަސައްކަތް ކުރާ މީހުންނަށް ބިރު ދައްކައި ބަޣާވާތްކުރި މީހުން ބޭނުންވި ބަޔާންތައް ކިޔުއްވި އެވެ.

ތުރުކީ ރައްޔިތަކު މަގު މައްޗަށް ނުކުމެ އުފާފާޅު ކުރަނީ

ތުރުކީ ރައްޔިތަކު މަގު މައްޗަށް ނުކުމެ އުފާފާޅު ކުރަނީ

ތުރުކީގެ މި ބަޣާވާތް ނާކާމިޔާބުވީ، އެގައުމުގެ ގިނަ ބަޔަކު މަގުތަކަށް ނުކުތުމުންނެވެ.

ބަޣާވާތް ނާކާމިޔާބުކޮށްލެވުނުކަން އިއުލާނުކުރެއްވީ އިސްތަންބޫލްގެ މަގުތަކަށް ނުކުތް އެތައް މިލިއަން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް އުރުދުޣާން އެވެ. ވެރިކަމުގައި ހުންނެވީ އޭނާ ކަމަށާއި ރައްޔިތުން އިންތިހާބު ކުރި ސަރުކާރުން ގައުމުގެ ކަންކަން ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އެ އެއްވުމުގައި އުރުދުޣާން ވިދާޅުވި އެވެ.