Roadha Mihaaru
ރާއްޖެ-ތުރުކީގެ އެފްޓީއޭ އެކުލަވާލައިފި

ރާއްޖެ-ތުރުކީގެ މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލައިފި

01 ސެޕްޓެމްބަރ 2024

ރާއްޖެ އާއި ތުރުކީގެ ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) ގެ އެއްބަސްވުން ދިވެހި ސަރުކާރުން މިހާރު އެކުލަވާލާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި ތުރުކީގެ ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) ގެ އެއްބަސްވުން ދިވެހި ސަރުކާރުން މިހާރު އެކުލަވާލާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގެ "ރާއްޖެ މިއަދު" ގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެފްޓީއޭ އަށް އެއްބަސްވުމުގެ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް (ޕީޓީއޭ) އެކުލަވާލުމުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ނިންމާލާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ދެން އޮންނާނީ ތުރުކީގެ ގާނޫނު ހަދާ މަޖިލީހަށް އެ އެއްބަސްވުން ހުށަހަޅައި ފާސްކުރުމެވެ.

"އެ އަށް ފަހު ދެ ގައުމުން ސޮއިކުރުމާ ހަމައަށް ދާނެ. އަޅުގަނޑުމެން ލަފާކުރަނީ ޑިސެމްބަރު ނުވަތަ ޖެނުއަރީ 1 ހިސާބުގައި އަޅުގަނޑުމެންނަށް އިފެކްޓިވް ވާނެ ކަމަށް،" ސައީދު ވިދާޅުވި އެވެ.

ތުރުކީއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރާއްޖެ އިން ހާއްސަ ގުޅުމެއް ބާއްވާ ގައުމެކެވެ. ދެ ގައުމުގެ ދެމުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމުގެ މަޝްވަރާތައް މިދިޔަ މާޗު މަހު ފެށީ އެ ގުޅުމުގެ ތެރެއިންނެވެ.

ދިވެހި ސަރުކާރުން ކުރިން ބުނެފައި ވަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން 214 ބާވަތަކުން ސުން ޕަސެންޓުގައި ތުރުކީ އަށް އެކްސްޕޯޓު ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ.

ސައީދު ރޭ ވިދާޅުވީ، 38 ބާވަތަކުން ޑިއުޓީ އެއްކޮށް ކަނޑާލަން ދިވެހި ސަރުކާރުން ތުރުކީ ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ.

މިނިސްޓަރު ސައީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ޗައިނާގެ އެފްޓީއޭ އަަށް މިހާރު ކޮންމެ އިރަކު ވެސް އަމަލު ކުރެވިދާނެ ކަމަށް ވިދާޅުވި.

މިނިސްޓަރު ސައީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ޗައިނާގެ އެފްޓީއޭ އަަށް މިހާރު ކޮންމެ އިރަކު ވެސް އަމަލު ކުރެވިދާނެ ކަމަށް ވިދާޅުވި.

"ދެން ހުރި އައިޓަމްތަކުން ތުރުކީ އިން މިހާރު ނަގާ ޑިއުޓީ އަށް ވުރެ ވަރަށް ބޮޑު ތަން ކުޑަކޮށްދިނީ. އެހެން ނަމަވެސް ޒީރޯ ޓެރިފްގައި ނުވަތަ ރާއްޖެ އިން ތުރުކީ އަށް އެކްސްޕޯޓްކުރާ އައިޓަމްތަކުގެ ތެރެއިން އެއްގޮތަކަށް ވެސް ޑިއުޓީ ދައްކަން ނުޖެހޭ 38 އައިޓަމެއް އަޅުގަނޑުމެންނަށް އެބައޮތް ލިބިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ ތެރެއިން އެންމެ އިސްކަން ދިނީ ސައީދު ވިދާޅުވި ގޮތުގައި ޔެލޯފިން ޓޫނާ އާއި ސްކިޕްޖެކް ޓޫނާ އާއި ހިކިމަހާއި މަހުގެ އެކި ބާވަތްތަކުން ތައްޔާރުކުރާ ކާނާތައް ވެސް ހިމެނެ އެވެ.

ސައީދު ވިދާޅުވީ، ޔޫރަޕްގެ ގައުތަކުގައި ބާނާ މަސް ޕްރޮސެސް ކުރުން އެންމެ ގަދަ އަށް ކުރިއަށް ގެންދަނީ ވެސް ތުރުކީގައި ކަމަށާއި އެހެންވެ ތުރުކީގެ "ލޮބީ" ކުރުން ވަރުގަދަ ކަމަށެވެ.

ރާއްޖެ އިން މިހާރު ނިންމާފައި ވަނީ ޗައިނާއާ އެކު 2018 ގައި އެއްބަސްވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ވެސް އަމަލު ކުރުމަށެވެ. މިހާރު ދެ ގައުމުން އެއްބަސްވެފައި ވަނީ ކަސްޓަމްސް ނުވަތަ ބޯޑަރުގައި މަސައްކަތްކުރާ މީހުން ހޭލުންތެރި ކުރުމުގެ މަސައްކަތް މި ދެ މަސް ދުވަހު ކުރިއަށް ގެންދާށެވެ.

"ޗައިނާ އާއި ރާއްޖެއާ ދެމެދު މިހާރު މިނިވަން ވިޔަފާރީގެ އެއްބަސްވުން ދެ ގައުމުން ބޭނުންވާ ކޮންމެ ދުވަހަކު ވެސް [އިފެކްޓިވް] ކުރެވޭނެ. ގާނޫނީ އަދި ޓެކްނިކަލް އެއްވެސް ހުރަހެއް ނެތް،" ސައީދު ވިދާޅުވި އެވެ.