އިނގިރޭސިވިލާތުގެ ހެންލީ އެންޑް ޕާޓްނާސްއާ އެކު ދިވެހި ސަރުކާރުން "ރެޒިޑެންސް ބައި އިންވެސްޓްމެންޓް ޕްރޮގްރާމް" އެއް ފަށައިފި އެވެ.
02 ޖުލައި 2025
އިނގިރޭސިވިލާތުގެ ހެންލީ އެންޑް ޕާޓްނާސްއާ އެކު ދިވެހި ސަރުކާރުން "ރެޒިޑެންސް ބައި އިންވެސްޓްމެންޓް ޕްރޮގްރާމް" އެއް ފަށައިފި އެވެ.
ދުނިޔޭގައި ވެސް އެންމެ ފުޅާ ދާއިރާއެއްގައި ފާހަގަކޮށްލެވޭ، އިންވެސްޓްމެންޓް މައިގްރޭޝަން އެޑްވައިޒަރީ ކުންފުނި ހެންލީ އެންޑް ޕާޓްނާސްއާ އެކު ހެދި އެ އެއްބަސްވުމުގެ ދަށުން، 2040 ވަނަ އަހަރަށް އެ މަޝްރޫއު ނިންމާލެވި އިންވެސްޓަރުންނަށް ރާއްޖޭގައި ދިރިއުޅެވޭނެ ގޮތްތައް ފަހިވާނެ އެވެ.
އިއްޔެ ސިންގަފޫރުގައި ރަސްމީ ބައްދަލުވުންތަކުގެ ހަވާސާގައި ބޭއްވި އެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ރާއްޖެއަކީ މިހާރު ވެސް ދަތުރުކުރާ މީހުންނަށް ލަގްޒަރީ މަންޒިލެއްގެ ގޮތުގައި މަގްބޫލު ގައުމަކަށްވާ އިރު މި ހެދި އެއްބަސްވުމުގެ ދަށުން، ރާއްޖޭގައި އިންވެސްޓްކުރާ މީހުންނަށް ދިރިއުޅެން ލުއިގޮތްތަކެއް ހަމަޖައްސައިދެވޭނެ ކަމަށެވެ. އަދި އެފަދަ ޕްރޮގްރާމެއްގެ ތެރެއިން ރާއްޖޭގެ އިގްތިސާދު އިތުރަށް ޑައިވާސިފައި ކުރުމަށް އެހީއަކަށްވާނެ ކަމަށް ވިދާޅުވި އެވެ.
އެ ޕްރޮގްރާމުގެ ތެރެއިން ދުނިޔޭގެ އެންމެ މަގްބޫލު އިންވެސްޓަރުންނަށް ރާއްޖޭގައި ދިގު މުއްދަތަށް ދިރުއުޅުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އެ ފަރާތްތަކާ އެކު ހަދާ ދިގު މުއްދަތުގެ އެއްބަސްވުމުގެ ތެރެއިން އެހެން ލުއިތައް ވެސް ދެވޭނެ އެވެ.
ހެންލީ އެންޑް ޕާޓްނާސްގެ މެނޭޖިން ޕާޓްނާ އެންޑް ހެޑް އޮފް ގަވަންމެންޓް އެޑްވައިޒާ، ފިލިފް އެމަރެންޓީ ވިދާޅުވީ، އެ ކުންފުނިން މިހާރު ވެސް މިފަދަ ފުރުސަތުތައް ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ފޯރުކޮށްދޭ ކަމަށެވެ. ރާއްޖޭގައި ހިންގާ ރެޒިޑެންސް ބައި އިންވެސްޓްމެންޓް ޕްރޮގްރާމްގައި، ރާއްޖޭގައި ދިރިއުޅެން ބޭނުންވާ މީހުންނަށް އިމާރާތްކޮށްދޭނީ ބޭނުންވާ ޕްރައިވެސީ ލިބޭ "ސްޓޭޓް އޮފް ދަ އާޓް" ޕްރޮޕަޓީތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގެ އަމާންކަމާއި ސުލްހަވެރިކަމުގެ ސަބަބުން، މިއީ މަހުޖަނުން ދިރިއުޅެން އެންމެ ރަނގަޅު އެއް މަންޒިލް ކަމަށެވެ.
އެ ޕްރޮގްރާމުގެ ތެރެއިން ރާއްޖޭގައި ދިިއުޅެން އަންނަ އިންވެސްޓަރުންނަށް ރިއަލް އެސްޓޭޓާއި ހޮސްޕިޓާލިޓީ އަދި އުމްރާނީ ތަރައްގީގެ އެހެން ދާއިރާތަކުގައި އިންވެސްޓްކުރުމަށް ފުރުސަތުތައް ލިބޭނެ އެވެ.
އެ ޕްރޮޖެކްޓްގެ ދަށުން ހެންލީ އެންޑް ޕާޓްނާސް އިން އިންވެސްޓަރުންނަށް ދޭ ހާއްސަ ވިސާއާ ގުޅޭ ފްރޭމްވޯކް އެކުލަވައިލުމުގައި ރާއްޖޭގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ އެވެ. އެ ކުންފުނިން މިހާރު ވެސް ވަނީ 15 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގައިފަ އެވެ.
އަލީބާބާގައި ދިވެހިންނަށް އެކައުންޓް ހުޅުވޭ ގޮތްހަދަނީ
ކުޅުދުއްފުށީ ފްރީޒޯނާއެކު ރީއެސްޕޯޓް ފުރުސަތު އުތުރަށް
ބިލިއަންޑޮލަރުގެ އިންވެސްޓްމަންޓުން ބޮޑު ބައެއް ކާމިޔާބު
ތަކެތީގެ އަގު ބޮޑުކުރާނަމަ ފިޔަވަޅު އަޅާނެ: ސައީދު
ރާއްޖެ އެމްއޯޔޫ ސައުދީ ކައުންސިލުން ފާސްކޮށްފި
"ޑީބީއެމްގެ ތިން މަރުހަލާއެއްގެ މަސައްކަތް އެބަކުރޭ"
މީހުން ދިރިއުޅޭ 19 ރަށެއްގައި އެމްއައިބީގެ އޭޓީއެމް
ޑިވެލޮޕްމަންޓް ބޭންކު ހިންގުމުގެ ލައިސަންސް ދީފި
ރާއްޖެ-ސައުދީން ވިޔަފާރި އާއި އިގްތިސާދު ކުރިއަރުވަނީ
އެފްޓީއޭ ފެށިޔަސް ދިވެހި ވިޔަފާރިތަކަށް ހިމާޔަތް ލިބޭނެ