މ. މުލީގައި ތަރައްގީކުރާ "މީމު އެއާޕޯޓު"ގެ އަމަލީ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފި އެވެ.
06 އެޕްރީލް 2021
މ. މުލީގައި ތަރައްގީކުރާ "މީމު އެއާޕޯޓު"ގެ އަމަލީ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފި އެވެ.
އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއާޕޯޓުގެ މަސައްކަތް ފައްޓަވައި ދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަނެވެ.
މިއަދުގެ ރަސްމިއްޔާތުގައި މުލީ ކައުންސިލް ރައީސް އަހުމަދު ޝާތިރާއި މުލަކު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ނަސީރުގެ އިތުރުން އެމްޓީސީސީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
މީމު އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ މި ދިޔަ ފެބްރުއަރީ މަހުގެ 28ގަ އެވެ. އެއީ 221 މިލިއަން ރުފިޔާ އަށެވެ.
މި މަޝްރޫއުގެ ދަށުން އެއާޕޯޓު ހެދުމަށް 14 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. މި އެއާޕޯޓުގައި 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއްގެ އިތުރުން ޓެކްސީވޭއަކާއި އޭޕްރަނެއް ހަދާ ގޮތަށް ވަނީ ނިންމައިފަ އެވެ.
މި މަޝްރޫއުގެ ދަށުން 1،812 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެ އެވެ.
މި އެއާޕޯޓުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އެމްޓީސީސީން ލަފާ ކުރެ އެވެ.
މުލި އެއާޕޯޓު އާންމު ދަތުރުތަކަށް ހުޅުވާލައިފި
މުލީ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސައިފި
މުލީ އެއާޕޯޓް ޖުލައި 26ގައި ހުޅުވަން އަމާޒު ހިފައިފި
މުލީ އެއާޕޯޓުގެ ޑިޒައިން ބަދަލުކުރުމުން ނުރުހުން
މުލީ އެއާޕޯޓް ހަދަން 212 މިލިއަނަށް އެމްޓީސީސީއަށް
ގޯސްކޮށް ހަވާލުކުރިޔަސް މަގޫދޫ އެއާޕޯޓު މި ދައުރުގައި ހުޅުވަނީ
މުލި އެއާޕޯޓުގެ ފުރަތަމަ ދަތުރު މި މަހުގެ 17 ގައި
ގެންދަން އުޅުނީ މުލީއެއާޕޯޓު ނިންމަން ބޭނުންވާ މެޝިނެއް
މޯލްޑިވިއަންގެ ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކޮށްފި
ކޫއްޑޫ އެއާޕޯޓް މަރާމާތުކޮށް ދަތުރުތައް އަވަހަށް ފަށާނެ