Roadha Mihaaru
ވިކެންޑްގެ މިލިއަން ޑޮލަރު އިތިއޯޕިިއާ އަށް

މިއުޒިޝަން ދަ ވިކެންޑްގެ މިލިއަން ޑޮލަރުގެ އެހީއެއް އިތިއޯޕިިއާ އަށް

06 އެޕްރީލް 2021

މީގެ ކުރިން ވެސް އެކި ކަންކަމާ ގުޅިގެން ބޮޑެތި އަދަދުތަކުން ފައިސާގެ އެހީ ދީފައިވާ ކެނެޑާގެ މިއުޒިޝަން ދަ ވީކެންޑް އިތިއޯޕިއާ އަށް މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ކުރިން ވެސް އެކި ކަންކަމާ ގުޅިގެން ބޮޑެތި އަދަދުތަކުން ފައިސާގެ އެހީ ދީފައިވާ ކެނެޑާގެ މިއުޒިޝަން ދަ ވީކެންޑް އިތިއޯޕިއާ އަށް މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފި އެވެ.

މިކަން ހިއްސާކޮށް އޭނާ ބުނީ ހަނގުރާމައިގެ ސަބަބުން ދަތިގައި ހާލުގައި އުޅެން ޖެހިފައިވާ ރައްޔިތުންގެ ހާލަތު ރަނގަޅުކުރަން ދޭ އެއް މިލިއަން ޑޮލަރު އިތިއޯޕިއާ އަށް ހަދިޔާކުރާނީ އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމާ ގުޅިގެން ކަމަށެވެ.

ގްރެމީ އެވޯޑް ވެސް ހާސުލުކޮށްފައިވާ ފަންނާނު ވަނީ ވީހާ ވެސް ގިނަ ބަޔަކު އިތިއޯޕިއާ އަށް އެހީވުމަށް ވެސް އެދިފަ އެވެ.

"އަހަރެން ވަރަށް ހިތާމަކޮށް ދެރަވަން އިތިއޯޕިއާގެ މައުސޫމު ރައްޔިތުންނަށް ޖެހިފައިވާ ނިކަމެތި އަދި ބިރުވެރި ހާލާ މެދު. ހާއްސަކޮށް ކުދަކުދިންނާއި އުމުރުން ދުވަސްވީ މީހުން މަރަމުން ގެންދިއުމަކީ ވަރަށް އަނިޔާވެރި އިންސާނިއްޔަތު ކަމެއް ނެތް އަމަލުތަކެއް." ސޯޝަލް މީޑިއާގައި ވީކެންޑް ބުންޏެވެ.

ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ އިތިއޯޕިއާގެ މަސްރަހު މި ފަހުން ހޫނުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އެތައް ބަޔަކު މަރުވެފައިވާ އިރު، ރައްޔިތުން ތިބީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ އެވެ.

މި ހަމަނުޖެހުމުގެ އަޑީގައި ތިބީ ޓައިގްރޭ ޕީޕަލްސް ލިބަރޭޝަން ފްރޮންޓް (ޓީޕީއެލްއެފް) އެވެ.