Roadha Mihaaru
ޗެރިޓީއަކަށް ބީބާ 100،000 ޑޮލަރު ހަދިޔާކޮށްފި

މެންޓަލް ހެލްތު ޗެރިޓީއަކަށް ޖަސްޓިން ބީބާ 100،000 ޑޮލަރު ހަދިޔާކޮށްފި

12 ފެބުރުއަރީ 2020

އެކި ފަހަރުމަތިން ނަފުސާނީ އެކި މައްސަލަތަށް ފަރުވާ ހޯދާފައިވާ ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ މެންޓަލް ހެލްތު ޗެރިޓީއަކަށް 100،000 ޑޮލަރު ހަދިޔާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކި ފަހަރުމަތިން ނަފުސާނީ އެކި މައްސަލަތަށް ފަރުވާ ހޯދާފައިވާ ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ މެންޓަލް ހެލްތު ޗެރިޓީއަކަށް 100،000 ޑޮލަރު ހަދިޔާކޮށްފި އެވެ.

ނިއު ޔޯކް ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި މޮޑެލް ހެއިލީ ބޯލްޑްވިންއާ ކައިވެނިކޮށްގެން އުޅޭ 25 އަހަރުގެ ބީބާ މާލީ ގޮތުން އެހީވީ ޖޫލީ ކޯކާ ކިޔާ ޒުވާނަކު ހިންގާ މެންޓަލް ހެލްތު ޗެރިޓީއަކަށެވެ.

ބީބާގެ ފަރާތުން ލިބުނު އެހީއާ ބެހޭ ގޮތުން ޖޫލީ ބުނީ އޭނާ އަކީ ވެސް ބީބާއެކޭ އެއްގޮތަށް ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދާފައިވާ މީހެއް ކަމަށެވެ. އެހެންވެ ދެ މީހުންގެ ދޭތެރޭގައި އަބަދު ވެސް އެކަމާ ބެހޭ ގޮތުން ވާހަކަ ދެކެވޭ ކަމަށް ބުންޏެވެ.

"އަދި އަހަރެންގެ މަސައްކަތްތައް ވަރަށް ގާތުން ފޮލޯކުރާ މީހެއް ބީބާ އަކީ. އޭނާގެ ފަރާތުން މި ލިބުނު އެހީގެ ބޭނުން ވަރަށް ރަނގަޅަށް އަހަރެންގެ ޗެރިޓީން ހިފާނެ،" ޖޫލީ ބުންޏެވެ.

ބީބާ މިހާރު އަންނަނީ އޭނާގެ ފަސް ވަނަ އަލްބަމް ވެސް ރިލީޒްކުރަން ތައްޔާރުވަމުންނެވެ. "ޗޭންޖެސް" ގެ ނަން ދީފައިވާ އަލްބަމް މި މަހުގެ 14 ގައި ނެރެން ތައްޔާރުވަމުން އަންނަ އިރު، މީގައި ޖުމްލަ 17 ލަވަ ހިމެނޭނެ އެވެ.

މީގެ ދެ ލަވައެއް މިހާރު ވަނީ އާންމު ވެސް ކޮށްފަ އެވެ. އެއީ "ޔަމީ" އާއި "އިންޓެންޝަންސް" އެވެ.