Roadha Mihaaru
ޖަސްޓިން ބީބާ ފަސް ވަނަ އަލްބަމް އަންނަނީ

ޖަސްޓިން ބީބާ ފަސް ވަނަ އަލްބަމް އަންނަނީ

07 ޖެނުއަރީ 2019

ދާދި ފަހުން ކައިވެނިކުރި ޒުވާން ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އައު އަލްބަމެއް ނެރެން ތައްޔާރުވާން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދާދި ފަހުން ކައިވެނިކުރި ޒުވާން ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އައު އަލްބަމެއް ނެރެން ތައްޔާރުވާން ފަށައިފި އެވެ.

އޭނާގެ މެނޭޖަރު ސްކޫޓާ ބްރައުން ކުރި ޓްވީޓްތަކެއްގައި އެކަމަށް އިޝާރާތްކޮށްފައިވާ އިރު ބުނެފައި ވަނީ "މި އަހަރަކީ ވަރަށް "ވައިލްޑް އަހަރަކަށް ވާނެ" ކަމަށާއި "ޖޭބީ ފަހެއް" ކުރިއަށްދާ ކަމަށެވެ. ސްކޫޓާ ފަހެއް ނިސްބަތްކޮށްފައި ވަނީ 24 އަހަރުގެ ލަވަކިޔުންތެރިޔާގެ 5 ވަނަ އަލްބަމަށެވެ.

ސްކޫޓާގެ މި ޓްވީޓްތަކާ އެކު ފޭނުން މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ބީބާގެ އަލްބަމާ ބެހޭ ގޮތުން އެކި ކަހަލަ ހިޔާލުތައް ފާޅުކުރަމުންނެވެ. އަދި އަލްބަމަށް ވަރަށް ބޮޑަށް އިންތިޒާރު ކުރެވޭ ކަމަށާއި އެ އަޑު އަހައިލަން ކެތްމަދުވެފައިވާ ކަމަށް ގިނަ ފޭނުން ބުނެފައިވެ އެވެ.

މަގުބޫލު އެތައް ލަވައެއް އެހުންތެރިންނަށް ދޫކޮށްލާފައިވާ ކެނެޑާ އަށް ނިސްބަތްވާ ބީބާ އެންމެ ފަހުން އަލްބަމެއް ނެރުނީ 2015 ގަ އެވެ. އެއީ "ޕާޕަސް" އެވެ. އެ އަލްބަމް ޕްރޮމޯޓް ކުރަން އޭރު އޭނާ ވަނީ "ޕާޕަސް" ގެ ނަމުގައި 2016-2017 އަށް ވޯލްޑް ޓުއާއެއް ވެސް ކުރިއަށް ގެންގޮސްގަ އެވެ.

ގްރެމީ އެވޯޑް ވެސް ހާސިލުކޮށްފައިވާ ބީބާ ނެރެފައިވާ އިތުރު އަލްބަމްތަކަކީ ބިލީވް (2012)، އަންޑާ ދަ މިސްލްޓޫ (2011) އަދި މައި ވޯލްޑް 2.0 (2010) އެވެ.