އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާ އޭނާގެ އަންހެނުން ޖިނީ ޗަތުރަތު ކެނެޑާގައި ކެފޭއެއް ހުޅުވައިފި އެވެ.
އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާ އޭނާގެ އަންހެނުން ޖިނީ ޗަތުރަތު ކެނެޑާގައި ކެފޭއެއް ހުޅުވައިފި އެވެ.
ކަޕިލްގެ ދެމަފިރިންގެ ކެފޭއެއް ކެނެޑާގައި ހުޅުވިކަން ހާމަކުރީ ގިނީގެ އިންސްޓަގްރާމް ސްޓޯރީގައި އިއްޔެ ހިއްސާކުރި ޕޯސްޓުތަކެއްގަ އެވެ. އިންސްޓަ ސްޓޯރީގައި ހުރީ އެ ކެފޭ ހުޅުވުމުން ކަޕިލް އާއި ގިނީގެ ރަށްޓެހިން އެމީހުންނަށް މަރުހަބާ ކިޔާފައި ކޮށްފައި ހުރި ޕޯސްޓުތައް ރީ-ޕޯސްޓުކޮށްފަ އެވެ.
"ކެޕްސް ކެފޭ"ގެ ނަން ދީފައިވާ އެ ކެފޭ މިދިޔަ ހުކުރު ދުވަހު ހުޅުވީ ކެނެޑާގެ ސިޓީއެއް ކަމަށްވާ ސުއްރީގަ އެވެ.
ޕެސްޓަލް ފެއްސާއި ރަން ކުލައިން ޖަރީކޮށްފައިވާ އެ ކެފޭގެ ފަރުނީޗަރު ހުރީ ފިޔާތޮއްޓާއި ރަން ކުލައިންނެވެ.
"ކެޕްސް ކެފޭ"ގެ އިންސްޓަގްރާމް ޕޭޖުގެ ކެޕްޝަންގައި ލިޔެފައި ވަނީ "އަ ގާޑެން އޮފް ބޭކްސް އެންޑް ބްރޫ" އެވެ.
ކަޕިލް މިހާރު ބިޒީކޮށް އުޅެނީ ނެޓްފްލިކްސް އިން ގެނެސްދޭ އޭނާގެ ކޮމެޑީ ޝޯ "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގެ ތިންވަނަ ސީޒަނުގެ މަސައްކަތުގަ އެވެ. މިދިޔަ މަހު 21 އިން ފެށިގެން ކޮންމެ ހަފުތާއަކު މި ސީޒަންގެ އެޕިސޯޑުތައް އަންނަނީ ގެނެސްދެމުންނެވެ.
ކަޕިލް އާއި ޖިނީ ކައިވެނިކުރީ ޑިސެމްބަރު 12، 2018 ގަ އެވެ. އެ ދެމަފިރިންގެ ދެ ކުދިން ތިބެ އެވެ.
ކަޕިލްގެ ނެޓްފްލިކްސް ޝޯގެ ޕްރީމިއާ މި މަހު
ކަޕިލް އިންޑިއަން އައިޑޮލްގައި ބައިވެރިވާން އުޅުނު
"ކަޕިލް ޝަރުމާ ޝޯ" 21 އަށް ކަށަވަރު
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ކަޕިލް ޝަރުމާ ޝޯ" އޮގަސްޓް 21 ގައި ފަށަނީ؟
ކަޕިލް ޝަރުމާ ޝޯ އަލުން ފަށާނީ ޖުލައިގައި؟
"ކަޕިލް ޝަރުމާ ޝޯ" އަށް އެކްޓަރުންނާއި ލިޔުންތެރިން ހޯދަނީ
ކަޕިލްގެ ނެޓްފްލިކްސްގެ ޝޯގެ ޝޫޓިން ދުބާއީގައި
ކަޕިލް އަށް މި ފަހަރު ލިބުނީ ފިރިހެން ކުއްޖެއް
"ދަ ކަޕިލް ޝަރުމާ ޝޯ" މެދުކަނޑާލަނީ