ސެޕްޓެމްބަރު މަހު އދ.ގެ އާންމު މަޖިލީހުގައި ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމުގެ ވިސްނުން ގެންގުޅޭ ކަމަށް ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވިދާޅުވެއްޖެ އެވެ.
ސެޕްޓެމްބަރު މަހު އދ.ގެ އާންމު މަޖިލީހުގައި ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމުގެ ވިސްނުން ގެންގުޅޭ ކަމަށް ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވިދާޅުވެއްޖެ އެވެ.
ކާނީ ވިދާޅުވީ މިއީ ފަލަސްތީނާއި އިޒްރޭލުގެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ ދެ ދައުލަތް އުފެއްދުން ކަމަށް ކެނެޑާއިން ޒަމާނުންސުރެ ގަބޫލުކުރާއިރު އެކަން ކުރުމަށް އޮތް އުންމީދު "ލޯ ކުރިމަތީގައި ފަނޑުވަމުންދާތީ" ކޮންމެހެން އަޅަންޖެހުނު ފިޔަވަޅެއް ކަމަށެވެ.
"ސެޕްޓެމްބަރު 2025 ގައި ބާއްވާ އދ.ގެ 80 ވަނަ އާންމު މަޖިލީހުގައި ކެނެޑާއިން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ގަސްތުކުރަން،" ބޮޑުވަޒީރު ވިދާޅުވި އެވެ.
ކެނެޑާގެ މި ނިންމުމަކީ ސިޔާސަތަށް ގެނައި ކުއްލި ބަދަލެއްގެ ގޮތުގައި ބެލެވިފައި ވާއިރު މި ނިންމުމަށް އިޒްރޭލުން ވަނީ ވަގުތުން ދެކޮޅުހަދައި ފާޑު ކިޔައިފަ އެވެ.
ކެނެޑާ އަކީ ސެޕްޓެމްބަރު މަހު ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް އިއުލާނުކުރި ތިން ވަނަ ގައުމެވެ. ބައިނަލްއަގުވާމީ މައިދާނުގައި ނުފޫޒު ގަދަ ގައުމުތަކުގެ ތެރެއިން ފްރާންސާއި އިނގިރޭސި ވިލާތުން މީގެ ކުރިން ވަނީ މިކަން އިއުލާނުކޮށްފަ އެވެ.
ކެނެޑާގެ ނިންމުމަށް ފާޑު ކިޔަމުން އިޒްރޭލުން ބުނީ މިއީ "ނުބައި ނިޔަތެއްގައި" ކުރިއަށް ގެންދާ ބައިނަލްއަގުވާމީ ކެމްޕެއިންގެ ޕްރެޝަރު ކަމަށެވެ.
ނޫސްވެރިން ވަނީ އދ.ގެ އާންމު މަޖިލީހުގެ ކުރިން ކެނެޑާގެ މި ނިންމުން އެހެން ގޮތަކަށް ބަދަލުކުރުމުގެ ފުރުސަތެއް އެބަ އޮތްތޯ ސުވާލުކޮށްފަ އެވެ. ބޮޑުވަޒީރު ވިދާޅުވީ "އެފަދަ ހާލަތެއް ވެސް އޮވެދާނެ" ކަމަށާއި އެކަމަކު "އެފަދަ ހާލަތެއް ހިޔާލަށް ވެސް ނުގެނެވޭ" ކަމަށެވެ.
ކާނީ ވިދާޅުވީ ކެނެޑާއިން ބޭނުންވަނީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ފަލަސްތީނުގެ ދައުލަތާ މެދު ގެންގުޅުއްވާ ވިސްނުން ހަގީގަތަކަށް ހެދުމުގައި ބައިވެރިވުން ކަމަށެވެ. އެއީ 2026 ވަނަ އަހަރު، ހަމާސްގެ ބައިވެރިވުމެއް ނެތް ގޮތަށް ފަލަސްތީނުގައި އާންމު އިންތިހާބެއް ބާއްވައި، ހަތިޔާރު އެޅި ޖަމާއަތްތައް ނެތް ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް އައްބާސް ގެންގުޅުއްވާ ސިޔާސަތެވެ.
އޮޓާވާގައި ހުންނަ އިޒްރޭލު އެމްބަސީން ބުނީ ޒިންމާދާރު ސަރުކާރަކާއި، ރަނގަޅަށް ހިނގާ އިދާރާތަކެއް ނުވަތަ ރަނގަޅު ލީޑަޝިޕެއް ނެތި ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމަކީ ހަމާސް ޖަމާއަތުން ދިން "ބިރުވެރި ހަމަލާތަކަށް އިނާމު ދީ، އެކަން ބަލައިގަތުން" ކަމުގައި މާނަކުރެވޭނެ ކަމަށެވެ. -- އޭއެފްޕީ
އިޒްރޭލަށް ޔޫކޭ، ކެނެޑާ އަދި ފްރާންސުން އިންޒާރު ދީފި
ޣައްޒާގައި ޝަހީދުކުރި އަދަދު 65،000 އިން މައްޗަށް
"ޣައްޒާގައި އޮތީ ނަސްލު ނައްތާލުމުގެ ހަނގުރާމަ"
ޣައްޒާ ސިޓީ މިހާރު އަނދަނީ ކަމަށް އިޒްރޭލުން ބުނެފި
އިޒްރޭލުގެ ބޭނުމަކީ މަޝްވަރާތައް ފެއިލްކޮށްލުން: ގަތަރު
ތަފާތުކުރުން ހުއްޓާލައި އިޒްރޭލަށް އަދަބުދޭން ގޮވާލައިފި
ޣައްޒާ ސިޓީން 250000 މީހުން ނުކުމެއްޖެ: އިޒްރޭލް
ފަލަސްތީނުގެ ދައުލަތެއް އުފެދުނަކަ ނުދޭނަން: ނަތަންޔާހޫ
ޣައްޒާގައި އިޒްރޭލު ސިފައިންގެ 4 މީހަކު މަރާލައިފި
ގުދުސްގައި ބަޑިޖަހައި ފަސް މީހަކު މަރާލައިފި