ކެނެޑާގެ ޓޮރޮންޓޯ އެއާޕޯޓަށް ޖެއްސި ވަގުތު ފުށުން ޖެހުނު ޑެލްޓާ އެއާލައިންގެ މަތިންދާބޯޓުގައި ތިބި ކޮންމެ ފަސިންޖަރަކަށް 30،000 ޑޮލަރު ދޭން ނިންމާފައިވާ ކަމަށް އެމެރިކާގެ އެ އެއާލައިނުން ބުނެފި އެވެ.
ކެނެޑާގެ ޓޮރޮންޓޯ އެއާޕޯޓަށް ޖެއްސި ވަގުތު ފުށުން ޖެހުނު ޑެލްޓާ އެއާލައިންގެ މަތިންދާބޯޓުގައި ތިބި ކޮންމެ ފަސިންޖަރަކަށް 30،000 ޑޮލަރު ދޭން ނިންމާފައިވާ ކަމަށް އެމެރިކާގެ އެ އެއާލައިނުން ބުނެފި އެވެ.
މި ހާދިސާގައި މީހުންނަށް ބޮޑު އަނިޔާތަކެއް ނުލިބި އެންމެން ވެސް ވަނީ ސަލާމަތްވެފަ އެވެ.
"މިއީ އިތުރު އެއްވެސް ޝަރުތެއް ނެތި ދޭ ފައިސާއެއް. އަދި މި ފައިސާ ގަބޫލުކުރުމަކުން ފަސިންޖަރުންގެ އެއްވެސް ހައްގަކަށް އުނިކަމެއް ވެސް ނާންނާނެ،" ކުންފުނީގެ ތަރުޖަމާނަކު ވިދާޅުވި އެވެ.
މިދިޔަ ހޯމަ ދުވަހު އެމެރިކާގެ މިނިއާޕޮލިސް ސިޓީ، މިނެސޯޓާއިން ދަތުރު ފެށި ޑެލްޓާގެ މަތިންދާބޯޓު ފުރޮޅާލައި ފުށުންޖެހުނީ ޓޮރޮންޓޯގެ މައި އެއާޕޯޓުގެ ރަންވޭގައި ވަރަށް ބާރަށް ޖެހުމަށް ފަހުގަ އެވެ. އެއާ އެކު ބޯޓުގައި ހުޅު ހިފައި އޮލަ ދުން އަރަން ފެށި އެވެ. އެކަމަކު އަލިފާން ފެތުރުމުގެ ކުރިން ނިއްވާލައި ހުރިހާ ފަސިންޖަރުން ވަނީ ސަލާމަތްކޮށްފަ އެވެ.
ޑެލްޓާ އިން ބުނީ މި އެކްސިޑެންޓުގައި 21 ފަސިންޖަރުންނަށް އަނިޔާވި ނަމަވެސް ބުދަ ދުވަހުގެ ހެނދުނާ ހަމައަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތީ އެންމެ މީހެއް ކަމަށާއި އެހެން މީހުން ފަރުވާއަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.
ކެނެޑާގެ ޓްރާންސްޕޯޓް ސޭފްޓީ ބޯޑުން އެކްސިޑެންޓުގެ ތަހުގީގެއް ފަށާފައިވާއިރު، އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން، ޑެލްޓާ އަދި އެކްސިޑެންޓުވި ސީއާރްޖޭ މަރުކާގެ ބޯޓު އުފެއްދުމުގެ ވިޔަފާރި ބޮމްބާޑިއާ ކުންފުނިން 2019 ވަނަ އަހަރު ގަނެފައިވާ މިޓްސުބިޝީން ވެސް އަންނަނީ ތަހުގީގަށް އެހީވަމުންނެވެ. -- އޭއެފްޕީ
އީރާނުން ވައްޓައިލި ބޯޓުގެ މީހުންނަށް 84 މިލިއަން
ބޯޓުން މަރުވި ކެނެޑާ މީހުންގެ އާއިލާތަކަށް ބަދަލުދެނީ
ކެނެޑާއިން ވެސް ފަލަސްތީނު ބަލައިގަންނަނީ
ބަންގްލާދޭޝްގައި ޖެޓް ވެއްޓި މަރުވި އަދަދު 27 އަށް
ބަންގްލާދޭޝްގެ ސްކޫލަކަށް ޖެޓެއް ވެއްޓި 16 މަރު
އެއާ އިންޑިއާގެ ވެއްޓުނު ބޯޓުން ތެޔޮ ކަނޑާލީ ކެޕްޓަން
ބޯއިންގެ ބޯޓުތަކުގެ ފިއުލް ކޮންޓްރޯލް ސްވިޗް ޗެކްކުރަނީ
އެއާއިންޑިއާގެ ވެއްޓުނު ބޯޓުގެ އިންޖީނުން ތެޔޮ ކަނޑާލި
ކަޕިލްގެ ކެފޭއެއް ކެނެޑާގައި ހުޅުވައިފި
އެއާ އިންޑިއާގެ ބޯޓު ވައްޓާލީތޯ ތަހުގީގުގައި ބަލަނީ