Roadha Mihaaru
ނިލަންދޫން މީހަކު ޕޮޒިޓިވްވެ، ރަށް މޮނިޓަރިން އަށް

ކޮވިޑް-19: ނިލަންދޫގައި ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވްވެ، ރަށަށް އަރައިފޭބުން މަނާކޮށްފި

21 މާޗް 2021

ފ. ނިލަންދޫގައި ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އޭނާއާ ބައްދަލުވި ބައެއް މީހުންގެ ފަރާތުން ބަލީގެ އަލާމަތްތައް ފެންނާތީ އެ ރަށަށް މި ވަގުތަށް އަރައިފޭބުން އެޗުޕީއޭ އިން މިއަދު މަނާކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ފ. ނިލަންދޫގައި ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އޭނާއާ ބައްދަލުވި ބައެއް މީހުންގެ ފަރާތުން ބަލީގެ އަލާމަތްތައް ފެންނާތީ އެ ރަށަށް މި ވަގުތަށް އަރައިފޭބުން އެޗުޕީއޭ އިން މިއަދު މަނާކޮށްފި އެވެ.

އެ އިދާރާ އިން ބުނީ\، އެ ރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހެއްގެ ފަރާތުން ކޮވިޑް-19ގެ އަލާމަތްތަކެއް ފެނުމުން ޓެސްޓު ކުރިއިރު އެ މީހާ އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެހެންވެ، އެ މުއްދަތުގައި އޭނާއާ ބައްދަލުވެފައިވާ ބަޔަކު ތިބި ކަމަށާއި އެ މީހުންގެ ފަރާތުން ކޮވިޑްގެ އަލާމަތްތައް ފެންނަ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. ނިލަންދު އަށް މިވަގުތަށް އަރައިފޭބުން އެޗްޕީއޭ އިން މަނާކުރީ، އެކަން އިތުރަށް ބެލުމަށާއި ކޮންޓެކްޓް ޓްރޭސިން އަށެވެ.

ނިލަންދޫ ކައުންސިލް މެމްބަރު އަބްދުލްލަތީފު މުހައްމަދު "މިހާރު" އަށް ވިދާޅުވީ، ހޯމް ކަރަންޓީނުގައި ހުރި މީހާ އެ ރަށަށް ދިޔައީ މި މަހުގެ 10 ގައި ކަމަށެވެ. މިދިޔަ މުއްދަތުގައި އޭނާ ބައްދަލުވެފައި ވަނީ އެންމެ މީހަކާ ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ.

"އެހެންވެ މުޅި ރަށް މޮނިޓަރިންނަށް އެ ލީ،" އޭނާ ވިދާޅުވި އެވެ.

ކަރަންޓީނުކޮށްފައި ތިބޭ މީހުން، އާންމުންނާ ބައްދަލުކުރުމަކީ މަނާ ކަމަކެވެ. މި މައްސަލަ ބަލާނެ ކަމަށް އެޗްޕީއޭ އިން ބުނެފައި ވެ އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 22،373 މީހުންނެވެ. މި ބަލި ޖެހިގެން 66 މީހަކު މަރުވެފައި ވެ އެވެ.