Roadha Mihaaru
ނިލަންދޫން އިތުރު ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ނިލަންދޫން އިތުރު ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

14 އޯގަސްޓް 2020

ފ. ނިލަންދޫން އިތުރު ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ކަމަށް އެޗްއީއޯސީން ދެންމެ ބުނެފި އެވެ.

ފ. ނިލަންދޫން އިތުރު ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ކަމަށް އެޗްއީއޯސީން ދެންމެ ބުނެފި އެވެ.

އެ އިދާރާ އިން ބުނީ، އެންމެ ފަހުން ޕޮޒިޓިވްވީ، އުމުރުން 36 އަހަރާއި 56 އަހަރުގެ ދެ އަންހެނަކު ކަމަށެވެ. އެއީ ވެސް މާލެ އިން ނިލަންދު އަށް ގޮސް ހޯމް ކަރަންޓީން ނިންމުމަށް ފަހު ކޮވިޑަށް ޓެސްޓު ކުރި ބައެއް ކަމަށް އެޗްއީއޯސީން ބުންޏެވެ.

އެ އިދާރާ އިން މިރޭ ކުރިން ބުނެފައިވާ ގޮތުގައި، ނިލަންދޫގައި ހޯމް ކަރަންޓީން ފުރިހަމަކުރި، އުމުރުން 30 އަހަރާއި 43 އަހަރުގެ ފިރިހެނަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެހެންވެ، މިހާތަނަށް އެ ރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު ހަތަރަކަށް އެރީ އެވެ.

ނިލަންދޫން ފުރަތަމަ ދެ މީހުން ކޮވިޑަށް ޕޮޒިޓިވްވުމާ އެކު، އެ ރަށް ވަނީ ބަންދުކޮށް ކޮންޓެކްޓް ޓްރޭސިން ހަދަން ފަށައިފަ އެވެ.

ނިލަންދޫގެ އިތުރުން ކޮވިޑް ބަލީގެ މީހުން ދެން ފެނިފައި ވަނީ މާލެ ސަރަހައްދު ފިޔަވައި، ހއ. ކެލާ އާއި ހއ. އިހަވަންދު އާއި ހއ. ފިއްލަދު އާއި ހދ. ނާވައިދު އާއި ރ. ހުޅުދުއްފާރާއި ބ. ކަމަދު އާއި ބ. ކުޑަރިކިއްޔާއި ޅ. ހިންނަވަރާއި ނައިފަރާއި ކ. މާފުއްޓާއި ތުލުސްދު އާއި ވ. ފުލިދު އާއި ފުވައްމުލަކާއި އައްޑޫ ހިތަދޫ އަދި ފޭދޫ އެވެ.