ރާއްޖޭގައި ބޮޑަށް ފެތުރިފައި ވަނީ އިންޑިއާގައި ފެތުރުނު ކޮވިޑް-19 ވޭރިއަންޓް "ޑެލްޓާ" ކަމަށް އެޗްއީއޯސީން ބުނެފި އެވެ.
15 ޖޫން 2021
ރާއްޖޭގައި ބޮޑަށް ފެތުރިފައި ވަނީ އިންޑިއާގައި ފެތުރުނު ކޮވިޑް-19 ވޭރިއަންޓް "ޑެލްޓާ" ކަމަށް އެޗްއީއޯސީން ބުނެފި އެވެ.
ރާއްޖޭގައި ފެތުރޭ ކޮވިޑް ވޭރިއަންޓްތައް ބަލަން ރާއްޖެއިން ސީކުއެންސިން ހަދަން ބޭރަށް ފޮނުވި ސާމްޕަލްތަކުގެ ނަތީޖާ މިހާރު ލިބފިައިވާއިރު އެ ނަތީޖާތައް އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހާމަކޮށްފަ އެވެ. ރާއްޖެއިން ބޭރަށް 30 ސާމްޕަލްގެ ތިން ބެޗު ފޮނުވާފައިވެ އެވެ.
އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ރާއްޖެއިން ފޮނުވި ސާމްޕަލްތަކުގެ ތެރެއިން 20 ޕަސެންޓަކީ ޔޫކޭއިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފެނުނު އަލްފާ ވޭރިއަންޓް ކަމަށެވެ. އަދި 27 ޕަސެންޓު ސާމްޕަލުން އިންޑިއާ އިން ފެނުނު ޑެލްޓާ ވޭރިއަންޓު ފެނިފައިވެ އެވެ.
ރާއްޖެއިން ބޭރަށް ފޮނުވި ސާމްޕަލްތަކުން ފެނުނު ކޮވިޑް ވޭރިއަންޓުތަކުގެ ޕަސެންޓޭޖު --
"(ޑެލްޓާ ވޭރިއަންޓް) އެއީ އިންޑިއާގައި މި ފެތުރުނު ވޭރިއަންޓް އެންމެ ހަލުވި ކަމާއެކު ފެތުރޭ ކަމަށް ފާހަގަ ކުރެވުނު ވޭރިއެންޓް،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
މީގެ ކުރިން އެންމެ ގިނައިން ރާއްޖެއިން ފެނުނު ޖީ ވޭރިއަންޓް މިހާރު ހުރީ ނެގި ސާމްޕަލްތަކުގެ 20 ޕަސެންޓުގަ އެވެ.
ކުރިއަށް އޮތްތަނުގައި ވެސް ސީކުއެންސިން ހެދުމަށް ސާމްޕަލްތައް ރާއްޖެއިން ބޭރަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. އަދި ދެން ފޮނުވާއިރު ކުރިއަށް ވުރެ ގިނައިން ސާމްޕަލް ފޮނުވަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ވަގުތު ރާއްޖޭގައި 8،000 އަށް ވުރެ ގިނަ މީހުން ކޮވިޑް ޖެހިފައި އެބަ ތިއްބެވެ. ނަމަވެސް، މި ދުވަސްވަރު ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ދަށަށް ދާން ފަށައިފަ އެވެ. އިއްޔެ މާލެއިން ޕޮޒިޓިވްވެފައި ވަނީ 125 މީހުންނެވެ.
ރާއްޖޭގެ ކޮވިޑް ކޭސްތަކުގެ އަދަދު 70،000 އިން މައްޗަށް ގޮސްފައިވާއިރު، މިހާތަނަށް ބަލީގައި މަރުވެފައި ވަނީ 198 މީހުންނެވެ.
އިންޑިއާއަށް ދިޔަ 8 ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވް
ވެކްސިންޖެހި މީހުންގެ ކަރަންޓީން މުއްދަތު 10 ދުވަހަށް
އޮމިކްރޯންގެ ރާޅު އެތައް ގުނައެއް ހަލުއިވެދާނެ
12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ޖަހަނީ
ކޮވިޑް ވެކްސިން ޖެހުން އީދު ބަންދަށް މެދުކަނޑާލަނީ
މާލޭގައި ރެންޑަމް ސާމްޕަލް ނަގަން އަލުން ފަށައިފި
ކޮވިޑް ރޭޓް 5 ޕަސެންޓަށްވުރެ މަތި ރަށްތައް ހާމަކުރަނީ
ރަށްރަށުގައި ކޮވިޑް ކޭސްތައް އަދިވެސް ވަނީ އިތުރު
ރަށްރަށުގައި ކޮވިޑްގެ 900 އަށް ވުރެ ގިނަ ކޭސް!
"ހޭލަންވީ ހިސާބަށް ހިނގައްޖެ، އިތުރަށް ސަމާލުކަންދީ"